ވައިގެ މަގުން އިޒްރޭލުން އީރާނަށް ރޭ ދިން ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި އެވެ.
26 އޮކްޓޯބަރ 2024
ވައިގެ މަގުން އިޒްރޭލުން އީރާނަށް ރޭ ދިން ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އިޒްރޭލުން އީރާނަށް ދިން ހަމަލާއަކީ ބައިނަލްއަގްވާމީ ގާނޫނުތަކާއި އުސޫލުތަކާ ހިލާފަށް ދިން ހަމަލާއެއް ކަމަށެވެ.
ބައިނަލްއަގުވާމީ ގާނޫނުތަކަށް އިހުތިރާމް ކުރުމަށް ރާއްޖެއިން ގޮވާލާފައި ވާއިރު، ސަރަހައްދުގެ ހަމަޖެހުމާއި އިސްތިގުލާލަށް ނުރައްކާވާ ފަދަ ގޮތަކަށް ހިނގަމުންދާ އަމަލުތައް ހުއްޓާލުމަށް ވެސް ވަނީ ގޮވާލައިފަ އެވެ.
އިޒްރޭލުން ހަމަލާ ދިނީ މި މަހުގެ ފުރަތަމަ ދުވަހު އީރާނުން އިޒްރޭލަށް ދިން މިސައިލް ހަމަލާތަކުގެ ބަދަލު ހިފާނެ ކަމަށް ބުނެ ކުރިން އިންޒާރު ދިނުމަށް ފަހު އެވެ. އަލުން އީރާނުން ހަމަލާ ދީފި ނަމަ އަދާކުރަންޖެހޭ އަގު އަދި މާ ބޮޑުވާނެ ކަމަށް ބުނެ އިޒްރޭލުން ވަނީ އިންޒާރު ދިނެވެ.
އީރާނުން އިޒްރޭލަށް ސީދާ ގޮތުގައި ފުރަތަމަ ފަހަރަށް ހަމަލާ ދިނީ ސީރިއާގެ ވެރިރަށް ދިމިޝްގުގައި ހުންނަ އީރާނުގެ ކޮންސިއުލާ އެނެކްސްއަށް އިޒްރޭލުން ދިން ނުރައްކާތެރި ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން މިދިޔަ އޭޕްރީލް މަހުގެ ތެރޭގަ އެވެ. އިޒްރޭލުގެ ތާރީހުގައި ދިން އެންމެ ނުރައްކާތެރި ހަމަލާ ކަމަށްވާ އޮކްޓޯބަރު 7، 2023 ގެ ހަމަލާއަށް ފަހު އިޒްރޭލުން ޣައްޒާގައި ހަމާސް ޖަމާއަތާ ދެކޮޅަށް ކަމަށް ބުނެ ހަމަލާތައް ދެމުން ދާއިރު މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ލުބުނާނުގެ ހިޒްބުﷲ ޖަމާއަތާ ދެކޮޅަށް ވެސް އިޒްރޭލުން މިހާރު ދަނީ ވަރުގަދަ އަށް ހަމަލާ ދެމުންނެވެ.
އެ ހަމަލާތަކުގައި ލުބްނާނުން މިހާތަނަށް 1،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، އެ ގައުމުގެ 100،000 އަށް ވުރެ ގިނަ މީހުން ވަނީ އެގައުމު ދޫކޮށް ސީރިޔާ އަށް ގޮސްފަ އެވެ. އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި ހިންގަމުން އަންނަ ގަތުލްއާންމުގައި މިހާތަނަށް ގާޒާ އިން ވަނީ 42،000 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.
އީރާންގެ ކަންތައް ނިންމާލާނަން ކަމަށް ނަތަންޔާހޫ ބުނެފި
ނަތަންޔާހޫ ދެއްކި ވާހަކަތައް ރާއްޖެއިން ކުށްވެރިކޮށްފި
ޣައްޒާއިން މީހުން ބާލަން ރާއްޖޭން ތާއީދެއް ނުކުރާނެ
ޣައްޒާގެ ހައްގުގަ އަރަބިން ތެދުވުމުން ރާއްޖޭން މަރުުހަބާ
"ޣައްޒާއިން އިޒްރޭލު ކުޑަކަކޫމައްޗަށް ތިރިކޮށްފި"
ރާއްޖޭން ޔޫކްރެއިން ކޮޅަށް ބުރަވި ވާހަކަ ދޮގުކޮށްފި
ފަލަސްތީނަށް ލިބުނު ގެއްލުމުގެ ބަދަލު ދޭންޖެހޭ: ރައީސް
ޑިޖިޓަލް ކުރިއެރުންތައް ރައީސް ބައްލަވާލައްވައިފި
ރައީސް އެސްޓޯނިއާއަށް ފުރާވަޑައިގެންފި
"އިންޑިއާ އައުޓް ކެމްޕެއިނާ ސަރުކާރާ ގުޅުމެއް ނެތް"