ތެލުގެ ސަބްސިޑީ އަށް 590 މިލިއަން ރުފިޔާ އިތުރު ކުރުމުން މި އަހަރު ނިމޭއިރު ތެލަށް ކުރާ ހަރަދު 1.3 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ސަޕްލިމެންޓްރީ ބަޖެޓުގެ ހިސާބުތަކުން ދައްކައިފި އެވެ.
27 އޮކްޓޯބަރ 2024
ތެލުގެ ސަބްސިޑީ އަށް 590 މިލިއަން ރުފިޔާ އިތުރު ކުރުމުން މި އަހަރު ނިމޭއިރު ތެލަށް ކުރާ ހަރަދު 1.3 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ސަޕްލިމެންޓްރީ ބަޖެޓުގެ ހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ސަޕްލިމެންޓްރީ ބަޖެޓުގެ ތަފްސީލުގައިވާ ގޮތުން ތެލުގެ ސަބްސިޑީ އަށް މިއަހަރުގެ ބަޖެޓަށް އެންމެ ފުރަތަމަ ކަނޑައަޅާފައި އޮތީ 775 މިލިއަން ރުފިޔާ އެވެ. ނަމަވެސް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވި 5.1 ބިލިއަން ރުފިޔާގެ ބަޖެޓުން ވަނީ ތެލުގެ ސަބްސިޑީ އަށް 590 މިލިއަން އިތުރުކޮށްފަ އެވެ.
މިދިޔަ އަހަރު ވެސް ތެލުގެ ސަބްސިޑީއަށް ވަނީ 1.9 ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ.
ކައުންސިލްތަކަށް ދޭ އެހީ އާއި އާސަންދައަށް ފަހު ދައުލަތުން އެންމެ ބޮޑު ސަބްސިޑީއެއް ހޭދަކުރަނީ ތެލަށެވެ.
- ކަރަންޓު އަގު ހެޔޮކުރަން: 223 މިލިއަން ރުފިޔާ
- ކާބޯތަކެތި އަގުހެޔޮ ކުރަން: 181 މިލިއަން ރުފިޔާ
- ރާއްޖެއިން ބޭރުން ކުރާ ބޭސްފަރުވާ: 166 މިލިއަން ރުފިޔާ
- ރާއްޖެއިން ކުރާ ބޭސްފަރުވާ: 96 މިލިއަން ރުފިޔާ
- ކުނި މެނޭޖްކުރުމަށް: 26 މިލިއަން ރުފިޔާ
- ތެލުގެ ސަބްސިޑީ: 590 މިލިއަން
ސަޕްލިމެންޓްރީ ބަޖެޓަށް ސަބްސިޑީގެ ގޮތުގައި އިތުރު ކުރި 1.3 ބިލިއަން ރުފިޔާއާ އެކު މި އަހަރު ސަބްސިިޑީ އަށް ކުރާ ހޭދަ 11 ބިލިއަން ރުފިޔާއަށް އަރާނެ އެވެ. މިއީ މިދިޔަ އަހަރަށް ވުރެ 1.3 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މިދިޔަ އަހަރު ސަބްސިޑީ އަށް ހޭދަކުރީ 9.7 ބިލިއަން ރުފިޔާ އެވެ.
ސަބްސިޑީގެ ހަރަދުތައް ކުޑަ ނުކުރެވުނު އެއް ސަބަބަކީ މިއަހަރު ގެންނަން ކަނޑައަޅާފައިވާ ރިފޯމުގެ މަސައްކަތްތައް ނުކުރެވުމެވެެ.
ހިލޭ އެހީގެ ގޮތުގައި ލިބުނީ 23 މިލިއަން: ޒަމީރު
ސަޕްލިމެންޓްރީ ބަޖެޓް ކޮމިޓީން ފާސްކޮށްފި
ދައުލަތުގެ ދަރަންޏަށް މިއަހަރު 22 ބިލިއަން އިތުރުވާނެ
ބޮޑުކުރާ މުސާރައާ އެކު އިންފްލޭޝަނަށް ތައްޔާރުވާންޖެހޭ
ކުޑަ އިންޓްރެސްޓް ރޭޓުގައި ރީފައިނޭންސް ހޯދަން ދަތިވާނެ
"ހަރަދު ކުޑަކުރުން އިބިލީހުގެ ކައިވެންޏަށް ވެއްޖެ"
އަންނަ އަހަރަށް 64.2 ބިިލިއަންގެ ބަޖެޓެއް
ދައުލަތުގެ އާމްދަނީ އިތުރުވެ، 30 ބިލިއަނަށް
އާމްދަނީ އިތުރު، ބަޖެޓު ސާޕްލަސް 4 މަހާ ގާތަށް
ބަޖެޓް 2025: ގޮންޖެހުން ބޮޑު އަހަރަކަށް ވެދާނެ!