މެދުއިރުމަތި އަދި އުތުރު އެފްރިކާގެ ބަޖެޓު އެއާލައިން، އެއާ އަރަބިއާގެ ޝެޑިއުލް ދަތުރުތައް ރާއްޖެ އަށް މިއަދު ފަށައިފި އެވެ.
27 އޮކްޓޯބަރ 2024
މެދުއިރުމަތި އަދި އުތުރު އެފްރިކާގެ ބަޖެޓު އެއާލައިން، އެއާ އަރަބިއާގެ ޝެޑިއުލް ދަތުރުތައް ރާއްޖެ އަށް މިއަދު ފަށައިފި އެވެ.
އެ އެއާލައިންގެ ފުރަތަމަ ބޯޓު ޔޫއޭއީގެ ޝަރްޖާހު އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސީ މިއަދު ހެނދުނެވެ. އެ އެއާލައިނަށް މަރުހަބާ ކިޔުމުގެ ގޮތުން ވޯޓާ ސެލިއުޓެއް އަރުވާފައިވެ އެވެ.
އެއާ އަރަބިއާ އިން ނިންމާފައި ވަނީ ކޮންމެ ދުވަހަކު ވެސް ރާއްޖެ އަށް ފްލައިޓެއް ބާއްވާށެވެ. ޔޫއޭއީ އިން ފުރާ އެއާބަސް އޭ320 މަރުކާގެ ބޯޓު ކޮންމެ ދުވަހަކު ވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާނީ ހެނދުނު 8:00 ގަ އެވެ. ރާއްޖެ އިން ދަތުރު ފަށާނީ މެންދުރު 2:20 ގަ އެވެ.
އެއާ އަރަބިއާ ބޯޓަށް ދިން ވޯޓާ ސެލިއުޓް. އެ ބޯޓުން ދަތުރުތައް ކުރާނީ ޔޫއޭއީއަށް -- ފޮޓޯ: ނިޝާން އަލީ / މިހާރު
އެއާ އަރަބިއާގެ ސީއީއޯ އާދިލް އަލް އަލީ ވިދާޅުވީ، ރާއްޖެ އަށް ދަތުރުތައް ފެށުމަކީ އެ އެއާލައިންގެ ދަތުރުތައް އިތުރަށް ފުޅާކުރަން ލިބުނު ފުރުސަތެއް ކަމަށެވެ. ހެޔޮއަގުގައި އެ ސަރަހައްދުން ރާއްޖެ އަށް ދަތުރުތައް ކުރެވޭނެ ގޮތްތައް ފަހިވެފައިވާ ކަމަަށް އޭނާ ވިދާޅުވި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވީ، އެއާ އަރަބިއާގެ ދަތުރުތަކާ އެކު، މެދުއިރުމަތީގެ މާކެޓު ފުޅާކުރުމަށް ފުރުސަތުތައް ފަހިވެފައިވާ ކަމަށެވެ. އެއާ އެކު، އެ ސަރަހައްދުން އަންނަ ޓޫރިސްޓުން ވެސް އިތުރު ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
އެއާ އަރަބިއާގެ ފްލީޓުގައި އޭ320 އާއި އޭ321ގެ 77 ބޯޓު ހިމެނެ އެވެ. އެއާލައިނުން އަންނަނީ ގިނަ މަންޒިލްތަކަކަށް ދަތުރުތައް ފުޅާކުރަމުންނެވެ.
އާ ޓާމިނަލުގެ ދެވަނަ އެއާލައިނަކަށް އެއާ އަރަބިއާ
ޑްރޯންތައް ވެއްޓުނު މައްސަލަ ތަހުގީގުކުރަން އެދިއްޖެ
ޓާމިނަލްގެ 70 ޕަސެންޓް ނިންމީ މި ސަރުކާރުން: ޝަރީފު
އާ ޓާމިނަލާ އެކު އާމްދަނީ 7-8 ޕަސެންޓަށް އިތުރުވާނެ
އާ ޓާމިނަލް ފުލް އޮޕަރޭޝަނަށް ގެންނާނީ ސެޕްޓެމްބަރުމަހު
ގޮންޖެހުންތަކަށްފަހު ޓާމިނަލުން ހިތްގައިމު އުދުހިގަތުމެއް
ވީއައިއޭގެ އާ މާސްޓަޕްލޭން ސެޕްޓެމްބަރަށް ނިމޭނެ
އާ ޓާމިނަލް އޮޕަރޭޓް ކުރުމުގެ ހުރިހާ ކަމެއްގައި ދިވެހިން
ޓާމިނަލް ހުޅުވާ ހަފުލާއަށް ހުރިހާ ރައީސުންނަށް ދަައުުވަތު
އާ ޓާމިނަލުގެ ޗެކް-އިން ސިސްޓަމް ޓެސްޓުކޮށްފި