03 ނޮވެމްބަރ 2024
މިއަދު ފާހަގަކުރަމުން އަންނަ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ހާއްސަ މައުރަޒެއް ސިފައިން ހުޅުވައިފި އެވެ.
މިއަދު ފާހަގަކުރަމުން އަންނަ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ހާއްސަ މައުރަޒެއް ސިފައިން ހުޅުވައިފި އެވެ.
އާޓް ގެލަރީގައި ކުރިއަށް ގެންދާ މި މައުރަޒު މިއަދު ހެނދުނު ހުޅުއްވައި ދެއްވީ ރައީސް އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒެވެ.
މި މައުރަޒު ކުރިއަށް ގެންދަން އެމްއެންޑީއެފުން ނިންމާފައި ވަނީ މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހާ ހަމައަށެވެ. ކޮންމެ ދުވަހަކު ވެސް މައުރަޒު އާންމުންނަށް ހުޅުވައިލާނީ ހެނދުނު 9 އިން މެންދުރު 12 އަށް، މެންދުރު ފަހު 2 އިން ހަވީރު 6 އަށް އަދި ރޭގަނޑު 8 އިން 10 އަށެވެ.
އެމްއެންޑީއެފުން ބުނީ، މި މައުރަޒުގައި 200 އަށް ވުރެ ގިނަ ޑިސްޕްލޭ ފެންނަން ހުންނާނެ ކަމަށެވެ. އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ މައުރަޒުގައި ގުޅުން ހުރި ފޮޓޯތަކުގެ އިތުރުން ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލައިން ރާއްޖެ އާއި ދިވެހިން ސަލާމަތް ކުރުމަށް ދިވެހި ސިފައިން ބޭންކުރި ބައެއް އަސްލު ހަތިޔާރާއި ބައެއް ތަކެތި އާންމުންނަށް ދައްކާލަން ބަހައްޓާފައި ވެ އެވެ.
ކޮންމެ އަހަރެއްގެ ނޮވެމްބަރު 3 ގައި ނަސްރުގެ ދުވަސް ފާހަގަކުރަނީ މީގެ 36 އަހަރު ކުރިން ރާއްޖެ އަށް ދިން ޓެރަރިސްޓް ހަމަލާގައި ދިވެހިންނަށް ލިބުނު ކާމިޔާބީއަށްޓަކަ އެވެ. އެއީ އަބްދުﷲ ލުތުފީ އާއި ސަގަރު އަހުމަދު ނާސިރާއި ސްރީ ލަންކާގެ ޕީޕަލްސް ލިބަރޭޝަން އޯގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް) ގެ 80 ވަރަކަށް މީހުން ރާއްޖެ އަރައި ވެރިކަން ފޭރިގަންނަން ދިން ޓެރަރިސްޓް ހަމަލައެކެވެ. އެ ހަމަލާ ރޭވުމުގެ އަޑީގައި ލުތުފީ އާއި ސަގަރު ނާސިރުގެ އިތުރުން ހަތަރު ދިވެއްސަކު އުޅުނެވެ.
ނަވާރަ ދިވެހިން ޝަހީދުވި އެ ހަމަލައިން ދިވެހިންނަށް ނަސްރު ލިބުނީ ދިވެހި ސިފައިންނާއި އިންޑިއާގެ ސިފައިންގެ އެހީތެރިކަމާ އެކު ކުރި މަސައްކަތުންނެވެ.
މި އަހަރުގެ ނަސްރުގެ ދުވަހުގެ ހަރަކާތްތައް ފެށީ އިސްލާމީ މަރުކަޒުގައި ކުރި ފަތިސް ނަމާދުންނެވެ. ފަތިސް ނަމާދުގައި ރައީސް މުއިއްޒާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި ގިނަ އަދަދެއްގެ ސިފައިން ބައިވެރިވި އެވެ. އޭގެ ފަހުން ރައީސްގެ ދެކަނބަލުން ވަނީ ނޮވެންބަރުގެ 3 ގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައިފަ އެވެ.
ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ މިރޭ ދަރުބާރުގޭގަ އެވެ.
މި ފަހަރުގެ ނަސްރުގެ ދުވަސް ތާރީހުން ޖާގަ ހޯދައިފި
ނަތީޖާ ދަށް ދަރިވަރުން ޕޮލިހާއި ސިފައިންގެއަށް ވައްދަނީ
މޫސާ އަލީ ޖަލީލަށް އަސްކަރީ އިއްޒަތް އަރުވައިފި
"ކުއްލި ނުރައްކަލަށް ދިވެހިން ތިބެން ޖެހޭނީ ހޭލާ"
މައުމޫނާއި ނަސްރީނާ ނޮވެމްބަރު 3 ގެ ހަނދާންތަކާ އެކު
ޖަލީލްގެ ޑައިރީން: ދުޝްމަނުންގެ ކުރިމައްޗަށް އެރި ގޮތް
އުމާ މަހޭޝްވަރަން، ލުތުފީއަށް އެހީވީ ކީއްވެ؟
ނިޝާން އަސްކަރީ ވެރިކަމުގެ އިއްޒަތް މޫސާ އަލީ ޖަލީލަށް
"ނަސްރުގެ ދުވަސް ފާހަގަކުރުން ލާޒިމުކުރަން ޖެހޭ"
"ޝަހީދުންގެ ޒިކުރާ"ގެ 25: ހިތުގެ އެންމެ ފުނަށް!