މާދަމާ ފާހަގަކުރާ ނަސްރުގެ ދުވަހާ ގުޅިގެން ހަރަކާތްތަކެއް އޮންނާނެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
02 ނޮވެމްބަރ 2025
މާދަމާ ފާހަގަކުރާ ނަސްރުގެ ދުވަހާ ގުޅިގެން ހަރަކާތްތަކެއް އޮންނާނެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފްއިން މިއަދު ބުނީ ނަސްރުގެ ދުވަހާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތްތައް މިރޭ ފަތިހު ފަށާނީ ސިފައިން ބައިވެރިވެގެން އިސްލާމީ މަރުކަޒުގައި ބޮޑު ޖަމާއަތުގައި ކުރާ ފަތިސް ނަމާދުން ކަމަށެވެ. އަދި އެމްއެންޑީއެފްގެ ހުރިހާ އޭރިއާ ކޮމާންޑުތަކެއްގައި ސިފައިން ބައިވެރިވެގެން ބޮޑު ޖަމާއަތުގައި ފަތިސް ނަމާދު ކުރުމާއި ނަސްރުގެ ދުވަހުގެ ދިދަ ނެގުން އޮންނާނެ އެވެ.
އެ ނަމާދަށް ފަހު، ނޮވެންބަރު 3 ގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު މާދަމާ ހެނދުނު 6 ގައި ބާއްވާނެ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ. އެއަށްފަހު، ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ ސޯޝަލް ސެންޓަރުގައި މާދަމާ ހެނދުނު 9 ޖަހާއިރު ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ ނަސްރުގެ ދުވަހު ކުރިއަށް ގެންދަން ހަމަޖެހިފައިވާ އިތުރު ހަރަކާތްތަކެއް މާދަމާ ހަވީރު 4:15 ގައި ޖުމްހޫރީ މައިދާނުގައި އޮންނާނެ ކަމަށެވެ. އެ ހަރަކާތުގައި ސިފައިންގެ އަސްކަރީ ހުށަހެޅުން ދައްކާލަން ވަނީ ހަމަޖެހިފަ އެވެ.
ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ގދ. ތިނަދޫގައި ސިފައިންގެ ފޮޓޯ މައުރަޒާއި ސިފައިންގެ އަސްކަރީ ހުށަހެޅުމަކާއި ކުޑަކުދިންގެ ހަވީރެއް ވެސް ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ.
ތިނަދޫގައި އެ މައުރަޒު ކުރިއަށް ގެންދާނީ އެ ސިޓީގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުގައި އަންނަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހެވެ. އަދި އަސްކަރީ ހުށަހެޅުމާއި ކުޑަކުދިންގެ ހަވީރު ބާއްވާނީ އަންނަ ހޮނިހިރު ދުވަހު ތިނަދޫ ސްޓޭޑިއަމްގަ އެވެ.
ނަސްރުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ސިފައިން ހޯދި ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުންނެވެ. އެ ހަމަލާގައި ސިފައިންނާއި އާންމުންގެ ތެރެއިން ބައެއް މީހުން ޝަހީދުވި އެވެ.
ނޮވެމްބަރު ތިނެއް، ނަޝީދުގެ ތައުރީފު ސިފައިންނަށް
އާ އުޅަނދުތަކާ އެކު ސިފައިންގެ ގާބިލްކަން ދައްކާލައިފި
"ގުރުބާން ވެވޭނީ ޔުނިފޯމުގައި އެކަންޏެއް ނޫން"
ނޮވެމްބަރު3ގައި ޝަހީދުވި ސިފައިންގެ އާއިލާއަށް އިނާޔަތް
ވަފާތެރި ލަޝްކަރެއް އޮތްކަން ދައްކަންވީ ވަގުތު ޖެހިއްޖެ
ނަތީޖާ ދަށް ދަރިވަރުން ޕޮލިހާއި ސިފައިންގެއަށް ވައްދަނީ
ސިފައިން، ސިޔާސީ ނުފޫޒުން އެއްކިބާކުރަން ކަންކަން ކުރޭ
ސިފައިންގެ އިތުބާރާ ގުޅިފައި ވަނީ އަޚުލާގާ: ރައީސް
ޓެރަރިސްޓް ހަމަލާތަކަށް ހުޝިޔާރުވާންޖެހޭ: އާދަމް ޝަރީފް
ޓެރަރިޒަމާ ދެކޮޅަށް ސަރުކާރުން ކުރަނީ ކޮން ކަމެއް؟