Roadha Mihaaru
"އަތޮޅު ދުވުމުގައި" އިނާމަކަށް ހައިބްރިޑް ބައިސްކަލެއް

އަތޮޅު ދުވުން ގޭމުގެ މި މަހުގެ އިނާމަކީ މޮގޫ ބޯލްޓް ހައިބްރިޑް ބައިސްކަލެއް

06 ނޮވެމްބަރ 2024

އުރީދޫން ތައާރަފްކުރި "އަތޮޅު ދުވުން" ގޭމުގައި މި މަހު އެއް ވަނައަށް ދާ ފަރާތަކަށް އިނާމެއްގެ ގޮތުގައި، އެލް މޮބައިލްއިން ލިބެން ހުންނަ މޮގޫ ބޯލްޓް 700ސީ ހައިބްރިޑް ރޯޑް ބައިސްކަލެއް ހުށައަޅައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އުރީދޫން ތައާރަފްކުރި "އަތޮޅު ދުވުން" ގޭމުގައި މި މަހު އެއް ވަނައަށް ދާ ފަރާތަކަށް އިނާމެއްގެ ގޮތުގައި، އެލް މޮބައިލްއިން ލިބެން ހުންނަ މޮގޫ ބޯލްޓް 700ސީ ހައިބްރިޑް ރޯޑް ބައިސްކަލެއް ހުށައަޅައިފި އެވެ.

"އަތޮޅު ދުވުން" ގޭމަކީ މިއަހަރުގެ ކަލަންޑަރާ އެކު އުރީދޫން ތައާރަފް ކުރި "ކެޝުއަލް ރަނާ" ގޭމެކެވެ. 12 ލެވަލް ހިމެނޭ މި ގޭމުގައި ކޮންމެ މަހަކު އާ ލެވަލްއެއް އަންލޮކް ވާނެ އެވެ. އަދި ކޮންމެ މަހަކު އަންލޮކްވާ ލެވަލްއެއްގައި ދުވުން އޮންނަނީ އަތޮޅު ތެރޭގެ އެކި ރަށްރަށުގަ އެވެ.

މި މަހު އަންލޮކްވި ލެވަލްގައި ދުވުން އޮތީ ޏ. ފުވައްމުލަކުގަ އެވެ. މި އަހަރުގެ ކަލަންޑަރުގައި ހިމެނޭ ސިއްރު އާޓްވޯކް ސްކޭން ކޮށްގެން މި ގޭމުގެ ބޯނަސް ލެވަލްތައް އަންލޮކް ވެސް ކުރެވޭނެ އެވެ.

ރާއްޖޭގެ އެކި ރަށްރަށުގެ ރީތިކަމާއި އެކި ރަށްރަށުގެ މަންޒަރުތައް ހިމަނައިގެން ތައްޔާރު ކޮށްފައިވާ މި ގޭމަކީ ރާއްޖޭގައި ނެރުނު މިފަދަ ފުރަތަމަ ގޭމެވެ. މި ގޭމަށް ކޮންމެ މަހަކު ވެސް އުރީދޫން އަގުހުރި އިނާމެއް ހުށަހަޅަމުން ގެންދެ އެވެ.

އުރީދޫގެ މި އަހަރުގެ ކަލަންޑަރާއި ގޭމު ތައްޔާރުކުރީ ދިވެހި ކުންފުންޏެއް ކަމަށްވާ ލޫޕް ކްރާފްޓުންނެވެ.