ދެ ލޯންޗް ޖެހި އެކްސިޑެންޓެއް ހިނގައި، ދެ މީހަކަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ.
09 ނޮވެމްބަރ 2024
ދެ ލޯންޗް ޖެހި އެކްސިޑެންޓެއް ހިނގައި، ދެ މީހަކަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ.
މީހުން އުފުލާ ލޯންޗަކާއި މަސް ބޭނުމަށް [ނައިޓް ފިޝިން އަށް ދިއުމަށް ގެންގުޅޭ ލޯންޗެއް] ޖެހި އެ ހާދިސާ ހިނގީ ހުޅުމާލެ ފަޅު ތެރޭގައި މިރޭ 7:30 ހާއިރު އެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓުގައި، އެއް ލޯންޗުގައި ތިބި ދެ މީހުންނަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
ދެ ލޯންޗު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހުން ޕޮލިހުންގެ އެހީތެރިކަމާއެކު ޖެޓީއަށް ބާލަނީ.-- ފޮޓޯ: މެރިން ޕޮލިސް
އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެކްސިޑެންޓުގައި އަނިޔާވެގެން ދެ ފިރިހެނުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
"އެ މީހުން ހާލު ސީރިއަސް އެއް ނޫން، ސްޓޭބަލް. ކުދިކުދި އަނިޔާ ލިބިފައި ހުރީ. ފަހަން ޖެހޭ ތަންތަން ފަހަމުން ގެންދަނީ، ބޭސް ވެސް އަޅަމުން. އަޅުގަނޑުމެން އެކަމަކު ބަލާނެ ސީޓީ ސްކޭން އެއް ހަދައިގެން އެއްވެސް ކަހަލަ ބޮޑު އަނިޔާއެއް ލިބިފައި ހުރިތޯ،" އޭނާ ވިދާޅުވި އެވެ.
އެކްސިޑެންޓު ހިނގި އެއް ލޯންޗު.-- ފޮޓޯ: މެރިން ޕޮލިސް
އެ މައްސަލަ ބެލުމަށް ފުލުހުން ގެންދަނީ ސީންގައި ހަރަކާތްތެރި ވަމުންނެވެ.
ކެނޯގައި ގެއްލުނު ދެ މީހުން ފެނިއްޖެ
ކަނޑަށް ބަންޑުން ޖަހާލި ދިގުރަށް ލޯންޗު ނަގައިފި
ލޯންޗަށް ޖެހީ ރާޅެއް، ދިޔަވާތީ އެންމެން ފުންމާލީ!
ފްލެޓަކަށް ވަދެ ވަޅިން ބިރު ދެއްކި މީހަކު ހައްޔަރު
މަރުވިމީހާގެ ފޮޓޯ، މަންޒަރު އާންމު ނުކުރަން އެެދިއްޖެ
ސްޓެލްކޯގެ ފްލެޓަކުން މީހަކު ވެއްޓި މަރުވެއްޖެ
ގައިމަތިން ސައިކަލު ދިޔަ މައްސަލަ ޕީޖީއަށް ފޮނުވަނީ
މީހަކު މަރުވުމުން ލޯންޗް ކައްޕިންނަށް ދައުވާކުރަނީ
ހުޅުމާލެ މަގުތަކުގައި ހުރި ބާ ވެހިކަލްތައް ނަގަނީ
ޓްރާންސްފޯމަރު "ވަގު" ހުއްޓުވުމުން ބޯފަޅާލައިފި