މީހުންނާ އެކު ދަތުރުކުރަމުން ދަނިކޮށް މިދިޔަ އާދިއްތަދުވަހު ބަންޑުން ޖަހާލި ލޯންޗު ކަނޑުން ނަގައިފި އެވެ.
04 މާޗް 2025
މީހުންނާ އެކު ދަތުރުކުރަމުން ދަނިކޮށް މިދިޔަ އާދިއްތަދުވަހު ބަންޑުން ޖަހާލި ލޯންޗު ކަނޑުން ނަގައިފި އެވެ.
އދ. ދިގުރަށުން މާލެ އަންނަން "ހުވަން" ލޯންޗު އެ ދުވަހު ފުރީ ހެނދުނެވެ. ގާތްގަނޑަކަށް 30 ވަރަކަށް މިނެޓަށް ދުއްވުނުތަނާ ޖެހި ރާޅަކާ އެކު ލޯންޗު ދިޔަވެ އަޑިއަށް ދިޔައީ އެ އަތޮޅު މަހިބަދޫ ބޭރަށެވެ.
އޭގައި ތިބި މީހުން ފުލުހުންގެ އެހީތެރިކަމާ އެކު ވަނީ ސަލާމަތްކޮށްފަ އެވެ.
ދިގުރަށު ކައުންސިލްގެ ރައީސް އިބްރާހިމް އުސްމާން ވިދާޅުވީ އެ އަތޮޅު ބައެއް ރަށްރަށުގެ މީހުން ގޮސްގެން އެ ރޭ ލޯންޗު ނަގާފައިވާ ކަމަށެވެ.
ދިގުރަށު ފަޅުގައި ބާއްވައިގެން އެ ލޯންޗް މިހާރު އަންނަނީ މަރާމާތު ކުރަމުންނެވެ.
ދިގުރަށުގެ އެކިއެކި ގެސްޓް ހައުސްތަކުގެ ގެސްޓުން ގޮވައިގެން ދަތުރުކުރި އެ ލޯންޗުގައި 48 މީހުން ތިއްބެވެ. އޭގެ ތެރޭގައި ހަތަރު ކުޑަކުދިން ވެސް ހިމެނެ އެވެ.
މާލެ ދަތުރުކުރަން އެ ކުންފުނިން ދެ ލޯންޗު ގެންގުޅޭއިރު، އަޑިއަށް ދިޔަ ލޯންޗު ގެންގުޅޭތާ އަދި ވާނީ އަހަރެއްހާ ދުވަސް ކަމަށް ލެޓްސް ގޯ ދިގުރަށް" ކުންފުނީގެ ފަރާތުން ވާހަކަ ދެއްކެވި އިސްވެރިޔާ ވަނީ ވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އަޑިއަށް ދިޔަ ލޯންޗު ގަންނަން ހައެއްކަ މިލިއަން ރުފިޔާ ހަރަދު ކޮށްފައި ވާނެ އެވެ. އެހެންވެ، ލޯންޗު އަޑިއަށް ދިއުމަކީ ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
ލޯންޗު ކެޕްޓަން 15 ދުވަހަށް ބަންދުކޮށްފި
ލޯންޗުން ޖެހި މަރުވި މީހާ އޮތީ ދެބުރިވެފައި!
ލޯންޗު ދުއްވި މީހާ ހައްޔަރު ކޮށްފި
ގައިމަތިން ލޯންޗެއް ގޮސް މީހަކު މަރުވެއްޖެ
ލޯންޗަށް ޖެހީ ރާޅެއް، ދިޔަވާތީ އެންމެން ފުންމާލީ!
މީހަކު މަރުވުމުން ލޯންޗް ކައްޕިންނަށް ދައުވާކުރަނީ
ޓޫރިސްޓެއްގެ ގައިގައި ލޯންޗަކުން ޖެހި މަރުވެއްޖެ
ސަފާރީއަކުން ކަނޑަށް ވެއްޓުނު ދިވެއްސަކު ހޯދަނީ
އުޅަނދެއްގައި ޖެހި އަނިޔާވި މީހާ މަރުވެއްޖެ
ދެ ލޯންޗު ޖެހި އެކްސިޑެންޓެއް، ދެ މީހަކަށް ފަރުވާދެނީ