ފަލަސްތީނަށް އިޒްރޭލުން ދެމުން ގެންދާ ހަމަލަތަކާއި ޖަރީމާތަކާ ގުޅިގެން ސައޫދީ އަރަބިއްޔާ އިން އިސްނަގައިގެން އެ ގައުމުގައި ބާއްވާ ކޮންފަރެންސަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ދަންވަރު ސައޫދީ އަށް ފުރާވަޑައިގެންފި އެވެ.
ފަލަސްތީނަށް އިޒްރޭލުން ދެމުން ގެންދާ ހަމަލަތަކާއި ޖަރީމާތަކާ ގުޅިގެން ސައޫދީ އަރަބިއްޔާ އިން އިސްނަގައިގެން އެ ގައުމުގައި ބާއްވާ ކޮންފަރެންސަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ދަންވަރު ސައޫދީ އަށް ފުރާވަޑައިގެންފި އެވެ.
ސައޫދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ވަޑައިގަންނަވަނީ ޖޮއިންޓް އަރަބް-އިސްލާމިކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މަތީ ފަންތީގެ ވަފުދަކާ އެކު ކުރައްވާ މި ދަތުރުފުޅުގައި، އިޒްރޭލުގެ އިސްތިއުމާރީ ބާރުތަކުން ފަލަސްތީނާއި ލުބްނާނަށް ދެމުންދާ ހަމަލާތަކާއި ސަރަހައްދީ ގޮތުން ފާހަގަކުރެވޭ ނާޒުކް މައްސަލަތަކާ މެދު، އިސްވެރިން ކުރައްވާ މަޝްވަރާގައި ވެސް ރައީސް ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި މިއަދު ބާއްވާ ސަމިޓުގެ ސެޝަންގައި ރައީސް ވާހަކަފުޅު ދައްކަވާނެ އެވެ.
"މި ސަމިޓުގައި މަޝްވަރާތައް ބިނާކުރައްވާނީ 2023 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 11 ވަނަ ދުވަހު ސައޫދީ އަރަބިއްޔާގެ ރިޔާޒުގައި ނިންމި ޖޮއިންޓް އަރަބް-އިސްލާމިކް ސަމިޓުގެ ނިންމުންތަކުގެ މައްޗަށެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ވެ އެވެ.
ރައީސް އޮފީހުން ބުނިގޮތުގައި، ރައީސް މުއިއްޒު ސައޫދީ އަރަބިއްޔާ އަށް ކުރައްވާ ދަތުރުފުޅުގެ ހުރިހާ ހަރަދެއް ކުރާނީ އެ ގައުމުގެ ސަރުކާރުންނެވެ. ރައީސް ފުރާވަޑައިގަތީ ވެސް ސައޫދީގެ ރަސްގެފާނު ފޮނުއްވި ހާއްސަ މަތިންދާބޯޓެއްގަ އެވެ.
ރައީސް މުއިއްޒު ގެންދަވަނީ ފަލަސްތީނުގެ ރައްޔިތުންނާ މެދު އިޒްރޭލުން ހިންގާ ޖަރީމާތަކާ ދެކޮޅަށް ފާޅުގައި އަޑު އުފުއްލަވައި ދެކޮޅު ހައްދަވަމުންނެވެ.
އިޒްރޭލަށް ހަތިޔާރު ދެމުން ސުލްހައަށް ގޮވައެއް ނުލެވޭނެ
އިޒްރޭލު ނޫން ހުރިހާ ގައުމަކާ ގުޅުން އޮންނާނެ: ރައީސް
ފްލޮޓީލާއަށް ހުރަސްއެޅުން ރައީސް ކުށްވެރިކުރައްވައިފި
ރާއްޖެ-ސައުދީ ގުޅުމަކީ ނަމޫނާ ގުޅުމެއް: ސަފީރު
އދ. ގެ ޖަލްސާގައި ރައީސްގެ މަންދޫބަކަށް ހަލީލް
އިޒްރޭލް ހުއްޓުވަން އިސްލާމީ އުއްމަތް ތެދުވަންޖެހޭ
އިސްލާމީ ވެރިންގެ ކުއްލި ސަމިޓަކަށް ރައީސް ގަތަރަށް
ފަލަސްތީނު ދައުލަތް ބަލައިގަތް ގަރާރަށް ރާއްޖޭގެ ވޯޓު
ފަލަސްތީނުގެ ހައްގުގައި މަސައްކަތްކުރަން އެދިވަޑައިގެންފި
ރާއްޖެ އާއި ސައޫދީގެ ގުޅުން ވަރަށް ވަރުގަދަ: ހަލީލް