11 ނޮވެމްބަރ 2024
ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.
ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު އާންމުކުރާ ތަފާސްހިސާބުތަކުން އެނގޭ ގޮތުން، މިއަހަރުގެ ބަޖެޓުން ވަނީ ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ދޭން ކަނޑައަޅައިފަ އެވެ.
ކައުންސިލްތަކުގެ މާލީ ބާރުވެރިކަން އިތުރު ކުރުމަށް 2020 ވަނަ އަހަރުން ފެށިގެން އަންނަނީ ބްލޮކް ގްރާންޓުގެ އެހީ ދެމުންނެވެ. ހިލޭ އެހީ ދޭ މިންވަރު ކަނޑައަޅަނީ ދައުލަތުގެ އާމްދަނީގެ ބައިތަކާ ގުޅުވައިގެންނެވެ.
ކައުންސިލްތަކަށް ދޭ ގްރާންޓުގެ އެހީގައި ރަށްރަށުގެ ތަރައްގީއާ ގުޅޭ ޕްރޮޖެކްޓްތައް ހިންގަ އެވެ.
އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި ބްލޮކް ގްރާންޓުގެ އަދަދު ކުޑަ ވުމުން، ކައުންސިލްތަކުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެހެންވެ، އެންމެ ފުރަތަމަ މަޖިލީހަށް ފޮނުވި ބަޖެޓުގައި އޮތް އަދަދަށް 700 މިލިއަން ރުފިޔާ އިތުރުކޮށް ބްލޮކް ގްރާންޓުގެ ޖުމްލަ އަދަދު 2.1 ބިލިއަން ރުފިޔާއަށް އިތުރު ކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.
ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ އެންމެ ބޮޑު އަދަދެއް ދެނީ ސިޓީ ކައުންސިލްތަކަށެވެ.
ކައުންސިލްތަކުން ބަޖެޓު ހުށަހެޅުމުގައި ސަރުކާރުންދޭ ބްލޮކް ގްރާންޓާއި ސަރުކާރުގެ އިދާރާތަކުން ކޮންޑިޝަނަލް ގްރާންޑުގެ ގޮތުގައި ދޭ އަދަދާއި ޓްރަސްޓް ފަންޑާއި ކައުންސިލްތަކަށް ދޭ އިތުރު މައުލޫމާތު ވެސް ހިމަނަން ޖެހެ އެވެ.
އަދި ކައުންސިލްތަކުން ބަޖެޓު ހަދަނީ އެ ފަންޑުގައި ހިމެނޭ އަދަދުތައް ހިމަނައިގެންނެވެ.
އަންނަ އަހަރުގެ ބަޖެޓާ މެދު ފައްޔާޒުގެ ކަންބޮޑުވުން
އަންނަ އަހަރު ހަރަދުން 6.6 ބިލިއަން ސަލާމަތް ކުރަނީ
އަންނަ އަހަރު ދައުލަތުގެ ދަރަނި 150 ބިލިއަނަށް
ކުރިއަށް އޮތީ އިގްތިސާދުގައި ހަކަތަ އުފެދޭނެ އަހަރެއް
އާސަންދައިގެ ހޭދައިގެ 90 ޕަސެންޓު އައުޓްޕޭޝަންޓަށް
އެންމެ މުއްސަނދިންގެ އަތުން ވަކި އަދަދެއް އާސަންދައަށް
ސިފައިން، ފުލުހުންނަށް ޕްރައިވެޓް އިންޝުއަރެންސްސްކީމެއް
މުސާރައަށް ކުރި ހޭދަ 10 ޕަސެންޓް އިތުރުވެއްޖެ
އަންނަ އަހަރުގެ އަމާޒަކީ 2.2 މިލިއަން ޓޫރިސްޓުން
ކައުންސިލްތަކުގެ ބްލޮކްގްރާންޓް 2ބިލިއަނަށް އިތުރުކުރަނީ