13 ނޮވެމްބަރ 2024
ފުލުހުންނަށް މި ވަގުތު ދެމުން އަންނަ އެއްވެސް އެލަވަންސެއް ކަނޑާލުމުގެ ވިސްނުމެއް ނެތް ކަމަށާއި އެކަމަކު ހަރަދު ކުޑަ ކުރުމަށްޓަކައި ފުލުހުންގެ ހެލްތު އިންޝުއަރެންސް ސްކީމް ރިވިއު ކުރާނެ ކަމަށް ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވެއްޖެ އެވެ.
ފުލުހުންނަށް މި ވަގުތު ދެމުން އަންނަ އެއްވެސް އެލަވަންސެއް ކަނޑާލުމުގެ ވިސްނުމެއް ނެތް ކަމަށާއި އެކަމަކު ހަރަދު ކުޑަ ކުރުމަށްޓަކައި ފުލުހުންގެ ހެލްތު އިންޝުއަރެންސް ސްކީމް ރިވިއު ކުރާނެ ކަމަށް ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވެއްޖެ އެވެ.
އޭނާ އެކްސްގައި އިއްޔެ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ފުލުހުންނަށް ދޭ އެއްވެސް އެލަވަންސެއް ކަނޑާލުމުގެ ވިސްނުމެއް ފުލުހުންގެ ލީޑަޝިޕްގައި މިވަގުތު ނެތް ކަމަށެވެ. ނަމަވެސް ފުލުހުންނަށް ދެމުން އަންނަ ހެލްތް އިންޝުއަރެންސް ސްކީމްގެ އިސްރާފު ކުޑަކުރަން އެ ސްކީމް ރިވިއު ކުރާނެ ކަމަށް ވިދާޅުވި އެވެ.
އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޝިފާން ވިދާޅުވި ގޮތުގައި ފުލުހުންގެ ހެލްތް އިންޝުއަރެންސް އަލުން ބައްޓަންކުރާނީ ޒިންމާދާރު ކަމާއެކު އޭގެ ފުރިހަމަ ފައިދާ ފުލުހުންނަށް ލިބިގެންދާނެ ގޮތަކަށެވެ.
Police medical scheme will undergo a comprehensive review to reduce waste and enhance efficiency. While the current leadership of the Maldives Police Service has no plans to remove any allowances, the scheme will be restructured to ensure accountability and effectiveness,… https://t.co/OzxRSxk3EC
— Ahmed Shifan (@Shifan4040) November 12, 2024
ފުލުހުންނަށް ދޭ އެއްވެސް އިނާޔަތެއް ކަނޑާނުލާނެ ކަމަށް ޝިފާން ވިދާޅުވިއިރު، ސިފައިންނާއި ފުލުހުންގެ ހެލްތު އިންޝުއަރެންސް ސްކީމަށް ދައުލަތުން ކުރާ ހަރަދު އާދަޔާ ހިލާފަށް ބޮޑުވެ، ޕްރައިވެޓް އިންޝުއަރެންސް ނިޒާމަކަށް ބަދަލުކުރަން ސަރުކާރުން ވަނީ އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިފަ އެވެ.
ފުލުހުންނާއ ސިފައިންގެ ހެލްތު އިންޝުއަރެންސް މިހާރު ހަމަޖެހިފައިވާ ގޮތުން، ކޮސްމެޓިކްސް ޕްރޮސީޖާތައް ފަދަ އާސަންދައިން ނުލިބޭ ހިދުމަތްތައް ވެސް ލިބެ އެވެ.
މި އަހަރު ވެސް ދައުލަތުގެ ބަޖެޓުން ސިފައިންނާއި ފުލުހުންގެ އިންޝުއަރެންސަށް ވަނީ 322 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. ނަމަވެސް އެ ހޭދަ ކުޑަކުރަން ސަރުކާރުގެ ވިސްނުމަކީ އިންޝުއަރެންސްގެ ހިދުމަތްދޭ ކުންފުންޏަކާ ގުޅިގެން، ވަކި ޕެކޭޖެއްގެ ދަށުން އެކަން ކުރުމެވެ.
އެ ބަދަލުތައް އަންނަ އަހަރު ކުރީކޮޅު ގެންނަން ވަނީ ނިންމައިފަ އެވެ.
ސިފައިންނާއި ފުލުހުންގެ އިންޝުއަރެންސަށް މިދިޔަ އަހަރަށް ކަނޑައެޅި ބަޖެޓަށް ވުރެ 35 ޕަސެންޓް އިތުރަށް ހޭދަކޮށްފައިވާ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ރިޕޯޓުގައި ވެސް ފާހަގަ ކޮށްފައިވެ އެވެ. އެ އޮފީހުން ބުނެފައިވާ ގޮތުގައި ބަޖެޓުގައި އިތުރު އިންޝުއަރެންސްތަކަށް 179 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު އަހަރު ނިމުނުއިރު އެ އަދަދު ވަނީ 241 މިލިއަން ރުފިޔާއަށް އަރައިފަ އެވެ.
ސިފައިން، ފުލުހުންނަށް ޕްރައިވެޓް އިންޝުއަރެންސްސްކީމެއް
ފުލުހުން/ސިފައިންނަށް ކުރިއެކޭ އެއްގޮތަށް އާސަންދަލިބޭނެ
ސިފައިންނާއި ފުލުހުންގެ ބޭސްފަރުވާއަށް 241 މިލިއަން!
"ވަކިވަކި އިދާރާތަކަށް ސިއްހީ ސްކީމު ހިންގުން ގޯސް"
އެންމެ މުއްސަނދިންގެ އަތުން ވަކި އަދަދެއް އާސަންދައަށް
ނަތީޖާ ދަށް ދަރިވަރުން ޕޮލިހާއި ސިފައިންގެއަށް ވައްދަނީ
ބްރިޖު ކައިރިއަށް އެޅުނު ކުލަތައް ސިފައިން ސާފުކޮށްފި
ކޮމިޝަނަރުގެ އޮފީހުން ޝިފާން އެހެން ޑިޕާޓްމަންޓަކަށް
ނުރައްކާތެރި ކެމިކަލް ގެންގުޅޭ 206 ތަނެއް މާލޭގައި!
ކުއްޖަކަށް ހުންގާނު ދީގެން ދުއްވީ ސިފައިންގެ މީީހެއް