އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުުގެ މަސައްކަތް ނިންމަން ކުރީގެ ކޮންޓްރެކްޓަރު ހުށަހެޅި އަގު ކުޑަކުރުމަށް ފަހު، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އާރުސީސީ) އާ ހަވާލުކޮށް މިއަދު އަމަލީ މަސައްކަތް ފަށައިފި އެވެ.
17 ނޮވެމްބަރ 2024
އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުުގެ މަސައްކަތް ނިންމަން ކުރީގެ ކޮންޓްރެކްޓަރު ހުށަހެޅި އަގު ކުޑަކުރުމަށް ފަހު، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އާރުސީސީ) އާ ހަވާލުކޮށް މިއަދު އަމަލީ މަސައްކަތް ފަށައިފި އެވެ.
އަރަބިއްޔާގެ އާ އިމާރާތުގެ މަސައްކަތް އާރުސީސީއާ މިދިޔަ އަންގާރަ ދުވަހު ހަވާލުކުރީ 18 މަސް ތެރޭގައި ނިންމާ ގޮތަށް 152 މިލިއަން ރުފިޔާ އަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަރަބިއްޔާގެ އާ އިމާރާތް ބާ ޖަމާލުއްދީން ހުރި ބިމުގައި ހަދަން ފުރަތަމަ ހަވާލުކުރީ އަމިން ކޮންސްޓްރަކްޝަނާ އެވެ. އެއީ ސެޕްޓެމްބަރު 29، 2022 ގަ އެވެ. އެ ކޮންޓްރެކްޓްގެ މުއްދަތަކީ 420 ދުވަހެވެ.
އޭރު އެ ކުންފުންޏާ އެކު ކުރީގެ ސަރުކާރުން އެއްބަސްވީ 168.5 މިލިއަން ރުފިޔާއަށެވެ. ނަމަވެސް މި ސަރުކާރު ވެރިކަމާ ހަވާލުވެ "ސްކޯޕް" އަށް ބަދަލު ގެނައުމުން އަމިން އިން ފުރަތަމަ ހުށަހެޅީ 237 މިލިއަން ރުފިޔާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ. އަދި "ސްކޯޕް" ރިވައިސް ކުރުމުން އަމިން އިން ދިން އަގަކީ 235 މިލިއަން ރުފިޔާ އެވެ. އެކަމަކު، އެ އަގު ކުޑަކޮށް ނުދިނުމުން އެއްބަސްވުން ބާތިލްކުރީ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފެށުމަށް ނިންމި ނަމަވެސް މަސައްކަތް ލަސްވީ އިތުރަށް 80 މިލިއަން ރުފިޔާ ހަރަދު ކުރަން ޖެހި، އެ ފައިސާ ސަލާމަތް ކުރުމަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައި އެވެ.
އަރަބިއްޔާ ސްކޫލުގެ މަސަައްކަތް އަރްސީސީއާ ހަވާލުކޮށް މިއަދު އިމާރާތް އެޅުމުގެ އަމަލީ މަސައްކަތް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ފައްޓަވައިދެއްވި ތަނުގައި.--- ފޮޓޯ: ނިޝާން އަލީ | މިހާރު
މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިދިޔަ އަންގާރަ ދުވަހު "މިހާރު" އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ އެ ދުވަހު އާރްސީސީއާ އެކު އަރަބިއްޔާގެ އާ އިމާރާތުގެ އެއްބަސް ވުމުގައި ސޮއި ކޮށްފައިވާ ކަމަށެވެ.
"މިއަދު އަޅުގަނޑުމެން މި ސޮއިކުރީ އާ ކޮންޓްރެކްޓަކާ އެކު. އެއީ ކުރިން ލިބިފައި އޮތް އެއްބަސްވުމުގެ އަގަށް ވުރެ 83 މިލިއަން ކުޑަ އަގަކަށް،" އިސްމާއިލް ވިދާޅުވި އެވެ.
އަރަބިއްޔާ ސްކޫލުގެ މަސަައްކަތް އަރްސީސީއާ ހަވާލުކޮށް މިއަދު އިމާރާތް އެޅުމުގެ އަމަލީ މަސައްކަތް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ފައްޓަވައިދެއްވި ތަނުގައި.--- ފޮޓޯ: ނިޝާން އަލީ | މިހާރު
އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގެ އަމަލީ މަސައްކަތް މި ވެރިކަމުގެ ފުރަތަމަ 100 ދުވަހު ފެށުމަށް ވައުދުވި ކަމަށާއި 80 މިލިއަން ރުފިޔާ އިތުރަށް ހަރަދުކުރާ ގޮތަށް އެ މަސައްކަތް ފެށި ނަމަ އެ ވައުދު ފުއްދޭނެ ކަމަށް މިނިސްޓަރު އިސްމާއިލް ވިދާޅުވި އެވެ. ނަމަވެސް އެއީ ރައްޔިތުންގެ ފައިސާ އަށް ވުމުން އެކަން އެގޮތަށް ނުކުރެއްވީ ކަމަށް އޭނާ ވިދާޅުވި އެވެ.
އަރަބިއްޔާގެ އާ އިމާރާތުގައި ހިމެނޭނީ 40 ކްލާސްރޫމެވެ. މުޅި އިމާރާތް އޭސީ ކުރަން ކަނޑައަޅާފައިވާއިރު، އަންޑަގްރައުންޑް ޕާކިންއެއް ވެސް ހުންނާނެ އެވެ.
ކުރީގެ ސަރުކާރުން އަރަބިއްޔާ އަޅަން ނިންމި ބާ ޖަމާލުއްދީން ހިމެނޭ ސަރަހައްދަކީ ޓްރެފިކް ވަރަށް ބޮޑަށް ތޮއްޖެހޭ އަދި ހަލަބޮލި ހިސާބަކަށް ވާތީ ރައީސް މުއިއްޒު އަރަބިއްޔާގެ އާ އިމާރާތް އަޅާތަން ވަނީ ބަދަލުކުރައްވައިފަ އެވެ. އެއީ ކުރީގެ ކުނިކޮށި ހުރި ބިން ކަމަށްވާ 381 ނަންބަރު ކޮށްޓެވެ. އެ ބިމަށް އަރަބިއްޔާގެ އާ އިމާރާތުގެ މަސައްކަތް ބަދަލުކޮށް، އެއީ އެ ސްކޫލް ދާއިމީ ބިން ކަމަށް ވެސް ރައީސް މުއިއްޒު ވަނީ ނިންމަވައިފަ އެވެ.
އަރަބިއްޔާ އެޅުންލަސްވީ 80 މިލިއަން ސަލާމަތް ކުރަން
އަރަބިއްޔާގެ ހުރިހާ މާއްދާތަކަށް ދިވެހި ޓީޗަރުން!
ޒަމްޒަމްއަށް ފިޔަވަޅު އަޅާނީ އިތުރު މައުލޫމާތު ލިބުމުން
އަރަބިއްޔާގެ އާ އިމާރާތަށް ޖާގަ ތަނަވަސް ބިމެއް ދީފި
"އެކްޓިވިޓީ ކަލަންޑަރު" ހެދުމުގެ ކުރިން ހިޔާލު ހޯދަނީ
އޯވަލޯޑު ނުވާނެ ގޮތަކަށް ހަރަކާތްތައް ބާއްވަން އެދިއްޖެ
އޭލެވެލްގެ ގުރޭޑް ތްރެޝްހޯލްޑް އާންމުކުރަން ފަށައިފި
ދަރިވަރަކަށް އަނިޔާކުރި ޓީޗަރެއްގެ މައްސަލަ ޕޮލިހަށް
މަތީ ތައުލީމްގައި ފިރިހެންކުދިން މަދުވާތީ ކަންބޮޑުވުން!
ބަންދުގައި އިތުރު ހަރަކާތް ނުބާއްވަން އަލުން އަންގައިފި