ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްްރަހީމް އަބްދުﷲ ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ ހިލާފަށް އަމަލު ކުރައްވާ ކަމަށް ތުހުމަތުކޮށް، މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ނައިބު ރައީސް އަހުމަދު ނާޒިމާ ހަވާލުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު މިއަދު ވިދާޅުވެއްޖެ އެވެ.
13 އޮކްޓޯބަރ 2025
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްްރަހީމް އަބްދުﷲ ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ ހިލާފަށް އަމަލު ކުރައްވާ ކަމަށް ތުހުމަތުކޮށް، މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ނައިބު ރައީސް އަހުމަދު ނާޒިމާ ހަވާލުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޝަމްހީދާއި އެމްޑީޕީގެ އެހެން މެންބަރުން ވެސް ތުހުމަތު ކުރައްވާ ގޮތުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަން މިނިސްޓަރުން ހާޒިރު ނުކުރެއްވުމަކީ ގަވައިދާ ހިލާފަށް އަބްދުއްރަހީމް ކުރައްވާ ކަމެކެވެ. އެ ކަމާ އިހުތިޖާޖު ކުރުމުގެ ގޮތުން އެމްޑީޕީގެ ބައެއް މެންބަރުން ޖަލްސާތަކަށް ވަޑައިގަންނަވާ އިރު ޓައީ ނާޅުއްވާ ދުވަސްކޮޅެއް ވެސް ދިޔަ އެވެ.
ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޝަމްހީދު މަޖިލިހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝަމްހީދު ވިދާޅުވީ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަން ޖެހޭނެ ކަަމަށް ގާނޫނުއަސާސީގެ 98 ވަނަ މާއްދާ އާއި މަޖިލީހުގެ ގަވައިދުގެ 81 ވަނަ މާއްދާގައި ވެސް ބަޔާންކުރާ ކަމަށެވެ. އެކަމަކު، މަޖިލީހުގެ ރައީސް އަބްދުއްރަހީމް މަޖިލިސް ހިންގަވަނީ ގާނޫނުއަސާސީގެ އެ މާއްދާގެ ބާރު ކަނޑުވާލައިގެން ކަަމަށް ޝަމްހީދު ތުހުމަތު ކުރެއްވި އެވެ.
"އެ މާއްދާގެ [މަޖިލީހުގެ ގަވައިދުގެ 81 ވަނަ މާއްދާގެ] ބާރު ކަނޑުވާފައި މަޖިލިސް ހިންގާތީ އަޅުގަނޑު މިއަދުން ފެށިގެން މަޖިލީހުގެ ރައީސްގެ މައްޗަށް މަޖިލީހުގެ ގަވައިދުގެ 42 ވަނަ މާއްދާ އާއި 43 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅަން ފަށާނެ ވާހަކަ، އެކަން އަޅުގަނޑުމެން ފަށްޓާނެ ވާހަކަ ހާމަކުރަން،" ޝަމްހީދު ވިދާޅުވި އެވެ.
އޭނާ އެ ވިދާޅުވި ދެ މާއްދާގައި ބަޔާންކޮށްފައި ވަނީ މަޖިލީހުގެ ރައީސްގެ މަގާމު ހުސްވެއްޖެ ނަމަ ނުވަތަ މަޖިލީހުގެ ރައީސް، މަގާމުގެ ވާޖިބުތައް އަދާކުރަން އުޒުރުވެރިވެއްޖެ ނަމަ އަމަލުކުރާނެ ގޮތެވެ. ގަވައިދުގެ 42 ވަނަ މާއްދާގައިވާ ގޮތުން އެ ހާލަތުގައި މަޖިލީހުގެ ނައިބު ރައީސެވެ. ގަވައިދުގެ 43 ވަނަ މާއްދާގައި އޮތީ އެ ނޫން އެހެން ހާލަތްތަކުގައި ވެސް މަޖިލީހުގެ ޖަލްސާއެއްގެ ނުވަތަ ޖަލްސާއެއްގެ ބައެއްގެ ރިޔާސަތު ބަލަހައްޓަން މަޖިލީހުގެ ނައިބު ރައީސާ ހަވާލުކުރެވިދާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލިހުގެ ސުޕަ މެޖޯރިޓީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ އަށް ލިބިފައިވާއިރު އެމްޑީޕީގެ މެމްބަރުންގެ އަދަދަކީ އެންމެ 12 އެވެ.
މިނިސްޓަރުން މަޖިލީހަށް ހާޒިރުނުވާތީ އިދިކޮޅުގެ ސިޓީއެއް
މަޖިލިހުގެ ރައީސަކަށް އަބްދުއްރަހީމް، ނައިބަކަށް ނާޒިމް
އަދަދު ހަމައެއް ނުވޭ، ދެން ނެރެވޭނީ ކޮން ނަތީޖާއެއް؟
އިދިކޮޅުން އުޅުނީ ދީނުގެނަމުގައި ސިޔާސީ ޑްރާމާ ކުޅެން
މަޖިލީހުގައި ނަޝީދުގެ ފެކްޝަނާއި އިދިކޮޅު އެއްގަލަކަށް!
"އިންޑިއާ އައުޓް" ހުއްޓުވާ ބިލާ މެދު ގޮތެއް ނިންމަނީ
ބައި އިލެކްޝަނުން ދެއްކީ 2023 ގެ "މަގުޗާޓް"؟
މިވަރުގެ ވާދައެއް، ފޯރިއެއް މި ރަށް ނުދެކޭ!
އިންޑިއާގެ ދިފާއުގައި ބިލެއް: ހިޔާލުފާޅުކުރުމަށް ހުރަސް
ފައްޔާޒްގެ ވޯޓަކީ ދެފަޅިން ކުޅޭ ޝޯއެއް: އިދިކޮޅު