ގަވައިދު އާއްމުކުރުމުން ދުންފަތުގެ ބާވަތްތަކުން ވިޔަފާރިކުރެވޭނީ އެކަމުގެ ލައިސެންސް ހޯދައިގެން ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.
21 ނޮވެމްބަރ 2024
ގަވައިދު އާއްމުކުރުމުން ދުންފަތުގެ ބާވަތްތަކުން ވިޔަފާރިކުރެވޭނީ އެކަމުގެ ލައިސެންސް ހޯދައިގެން ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ގެނައި 1 ވަނަ އިސްލާހަށް މިދިޔަ ހުކުރު ދުވަހުން ފެށިގެން ވަނީ އަމަލުކުރަން ފަށައިފަ އެވެ.
އޭގައިވާ ގޮތުން، ދުންފަތުގެ ބާވަތްތައް އެތެރެކުރުމާއި ބޭރުކުރުން އަދި ދުންފަތުގެ ބާވަތްތައް ގަނޑުކޮށް ނުވަތަ ވަކިވަކިން ރާއްޖޭގައި ވިއްކާ ކޮންމެ ފަރާތެއް، ވިޔަފާރިކުރުމުގެ ހުއްދައިގެ އިތުރުން ހެލްތު މިނިސްޓްރީން ދޫކުރާ ސައްހަ ލައިސެންސެއް އޮންނަން ޖެހޭނެ އެވެ.
އެ ލައިސެންސް ދޫކުރުމަށް، ގާނޫނަށް އަމަލުލުރަން ފަށާތާ 60 ދުވަސް ދުވަހުގެ ތެރޭގައި ވަކި ގަވައިދެއް ހަދަންޖެހެ އެވެ.
ހެލްތު މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ ދުންފަތް ވިއްކުމުގެ ހާއްސަ ހުއްދަ ހޯދުން ލާޒިމްވާނީ އެ ހުއްދަތައް ދިނުމުގެ އުސޫލާއި އިޖުރާއަތްތައް ކަނޑައަޅާ ބަޔާންކުރާ ގަވައިދު އާއްމުކޮށް، އެ ކަނޑައަޅާ މުއްދަތުގައި ކަމަށެވެ.
އެ މުއްދަތުގެ ފަހުން، އެ ހުއްދަ ނެތި ދުންފަތުގެ އެއްވެސް ވިޔަފާރިއެއް ކުރުމަކީ މަނާކަމެކެވެ.
ގަވައިދާ ހިލާފަށް ދުންފަތުގެ ބާވަތްތަކުން ވިޔަފާރިކޮށްފިނަމަ އޭގެ ލައިސެންސް ބާތިލްކުރުން ހިމެނެ އެވެ.
ގާނޫނުގައިވާ ގޮތުން ހުއްދަ ނުނަގާ، އުސޫލާ ހިލާފަށް ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރި ކުރާނަމަ 1،000-1،000،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރާނެ އެވެ.
ދުންފަތުގެ ހުއްދަ ނޫން ބާވަތްތަކުން ނުވަތަ ހުއްދަ ނޫން ވިޔަފާރިކުރުން ނުވަތަ ސްމަގްލްކުރުން ނުވަތަ އިމްޕޯޓް އަދި އެކްސްޕޯޓް މަރުހަލާގައި ހާމަކުރަންޖެހޭ މައުލޫމާތު ހާމަނުކުރުން ނުވަތަ އޮޅުވާލުން ނުވަތަ ޕެކެޓްކޮށް ބަންދުކުރުމާއި ލޭބަލް ޖެހުމުގެ އުސޫލުތަކާ ހިލާފުވެއްޖެނަމަ ޖޫރިމަނާ ކުރާނީ އެ މަރުހަލާގައި ދައްކަންޖެހޭ ޓެކުހާއި ފީތައް އިތުރުކޮށްގެން އަންނަ ޖުމްލަ އަދަދުގެ 10 ގުނަ އެވެ. އެގޮތަށް އަންނަ ޖުމްލަ އަދަދަކީ 1000ރ. ނަމަ ޖޫރިމަނާގެ އަދަދަށް ވާނީ 1،000ރ. އެވެ.
އެޕާޓްމަންޓުން 49،000 ސިނގިރޭޓު ފޮށި ފެނުނު
ދެން ސިނގިރޭޓު ބޮވޭނީ ހުއްދަ އޮންނަ ކެފޭތަކުގައި
ރާއްޖޭގައި ވޭޕް ބުއިމާއި އޭގެ ވިޔަފާރި މަނާވެއްޖެ
ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާވެއްޖެ
ރާއްޖޭގައި ވޭޕް މަނާކުރާ ބިލް ތަސްދީގުކޮށްފި
ބޮޑެތި ޖޫރިމަނާތަކާ އެކު، ވޭޕް މަނާކުރަން ފާސްކޮށްފި
ޑިއުޓީ ބޮޑުކުރިއަސް ސިނގިރޭޓް އެތެރެކުރުން އިތުރުވަނީ
ދުންފަތް ވިއްކޭނެ ހަގު އުމުރަކީ 21ކަމަށް ކަނޑައަޅަނީ
ކުޑަކުދިންގެ އާބާދީގެ ބޮޑު ބައެއް ދުންފަތުގައި!
ފުރަތަމަ ތިންމަހު 144 މިލިއަން ސިނގިރެޓް އެތެރެކުރި