ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އީޖާދީ ހިޔާލުތަކަކީ އިގްތިސާދު ކުރިއަށް ގެންދިއުމުގެ އެންމެ މުހިއްމު ބާރު ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ރޭ ވިދާޅުވެއްޖެ އެވެ.
22 ނޮވެމްބަރ 2024
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އީޖާދީ ހިޔާލުތަކަކީ އިގްތިސާދު ކުރިއަށް ގެންދިއުމުގެ އެންމެ މުހިއްމު ބާރު ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ރޭ ވިދާޅުވެއްޖެ އެވެ.
ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) އިން ތައާރަފް ކުރި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށް ދޭ "މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑްސް" ހަފްލާގައި ނައިބު ރައީސް ހުސައިން ވިދާޅުވީ، ފަންނީ ގޮތުން ކުރިއަަރަމުން އަންނަ ޒަމާނެއްގައި ޑިޖިޓަލް އާ ގޮތްތަކާއި އުކުޅުތައް ދަސްކޮށް، އެކަންކަން ރާއްޖެ އަށް ގެންނަން ޖެހޭ ކަމަށެވެ.
އެ މަނިކުފާނުގެ ވިދާޅުވީ މި ސަރުކާރުގެ ގައުމީ ތަރައްގީގެ އެންމެ މުހިއްމު އެއް ސިޔާސަަކީ އީޖާދީ އިގްތިސާދެއް ބިނާ ކުރުން ކަމަށެވެ.
މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑްސް ޖަލްސާގައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު -- ފޮޓޯ: ރައީސް އޮފީސް
"މި އިގްތިސާދުގެ އެންމެ މައި މަސައްކަތްތަކަށް ދިރުން ހުރި ހިދުމަތުގެ ސޮފްހާތަކުން ބޮޑުބައެއް ލިޔެވެމުން އަންނަނީ އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ މައްޗަށް،" ނައިބު ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، މި ސަރުކާރަށް އެއް އަހަރު ފުރުނުއިރު، އެއް އަހަރުގައި ރާއްޖެ އަށް މުހިއްމު ދާއިރާތަކުން ތަރައްގީ ގެނެސްފައިވާ ކަމަށެވެ. ހުސެއިން ވިދާޅުވީ، ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމްކުރުމަށް ގާނޫނީ ގޮތުން މުހިއްމު ބަދަލުތަކެއް ވެސް ގެންނަން ޖެހޭ ކަމަށެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވާއި އެ ވިޔަފާރިވެރިންގެ ގާބިލުކުރަން އިތުރު ކުރުމަށް ވެސް އެހީތެރިކަން އިތުރަށް ފޯރުކޮށްދޭން ޖެހޭ ކަމަށް އެމަނިފަނުފާނު ވިދާޅުވި އެވެ.
މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑު އިފްތިތާހުކޮށްދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް
"މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑްސް 2025" އިފްތިތާހު ކުރިއިރު އެ އެވޯޑު ދޭން ފަށާނީ އަންނަ އަހަރު އެވެ. އެވޯޑުގެ މަގުސަދަކީ، ރާއްޖޭގެ އިގްތިސާދު ޑައިވާސިފައިކޮށް، ދެމެހެއްޓެނިވި ތަރައްގީއެއް ހާސިލުކުރުމުގައި ވިޔަފާރިވެރިން އަދާކުރަމުންދާ ދައުރު ފާހަގަކުރުމެވެ. އަދި ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ވިޔަފާރިތަކުން ހޯދާ ކަމިޔާބީތައް ފާހަގަކުރުމާ އެކު، ގައުމުގެ އުފެއްދުންތެރިކަމާއި ހުނަރުވެރިކަން ކުރިއެރުވުމަށް ހިތްވަރުދީ، ރާއްޖޭގެ ވިޔަފާރިތަކާއި މަސައްކަތްތެރިކަމާއި ހުނަރުވެރިކަން ކުރިއެރުވުމެވެ.
"މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑްސް 2025" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާނީ އަންނަ މަހުގެ 1 ގަ އެވެ.
އެސްއެމްއީ ހަބް ހުރި ތަނަށް ޑިވެލޮޕްމެންޓް ބޭންކް
ގޭގައި ކާބޯތަކެތި ވިއްކާ މީހުންގެ ދަފުތަރު ހަދަނީ
އެސްއެމްއީ ހަބް: ގިނަ ވިޔަފާރިތަކެއްގެ ހިނިތުންވުން!
އެސްއެމްއީ ހަބަށް އެދި ހުށަހަޅާ މުއްދަތު އިތުރުކޮށްފި
އެސްއެމްއީ ހަބްގެ ކާބޯތަކެތީގެ ކިއޮސްކްތަައް ކުއްޔަށް
ކުދި ވިޔަފާރިތަކަށް ބީސީސީން "ވޯކް ސްޕޭސް" ދެނީ
ނައިބް ރައީސް މި އަހަރު ވެސް ވެޓްރަންސްގައި ކުޅުއްވާ
"ޗައިނާއަކީ ރާއްޖޭގެ އިތުބާރު އޮތް ރަހުމަތްތެރިއެއް"
ފަންނީ ހުނަރު ދަސްކުރަން އިލްތިމާސް ކުރައްވައިފި
"މިނިވަންކަމަށް، ގައުމިއްޔަތު ނެގެހެއްޓުން މުހިންމު"