Roadha Mihaaru
ގައުމީ ރޫހު އާލާކުރުމުގެ މަޝްރޫއު އިފުތިތާހުކޮށްފި

"ތަރިކަ" ގެ ނަމުގައި ގައުމީ ރޫހު އާލާކުރުމުގެ މަޝްރޫއު ރައީސް އިފުތިތާހު ކޮށްދެއްވައިފި

06 މާޗް 2017

ދިވެހިންގެ މެދުގައި އިސްލާމީ ވަހުދަތާއި ގައުމީ ރޫހު އުފައްދައި އާލާކުރުމުގެ ގައުމީ މަޝްރޫއު ރައީސް އަބްދުﷲ ޔާމީން މިރޭ އިފުތިތާހު ކޮށްދެއްވައިފި އެވެ.

ދިވެހިންގެ މެދުގައި އިސްލާމީ ވަހުދަތާއި ގައުމީ ރޫހު އުފައްދައި އާލާކުރުމުގެ ގައުމީ މަޝްރޫއު ރައީސް އަބްދުﷲ ޔާމީން މިރޭ އިފުތިތާހު ކޮށްދެއްވައިފި އެވެ.

ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި "ތަރިކަ" މަޝްރޫއުގެ ލަވަ އާއި ލޯގޯ ރައީސް ޔާމީން އިފުތިތާހުކޮށްދެއްވި އެވެ.

މި މަޝްރޫ ފައްޓަވާނެ ކަން ރައީސް ޔާމީން ވަނީ މި އަހަރުގެ ރިޔާސީ ބަޔާންގައި ވިދާޅުވެފަ އެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވީ ދިވެހިންގެ މެދުގައި ގައުމީ ރޫހު އުފައްދަން ވަނީ ޖެހިފަ އެވެ.

"އަޅުގަނޑުމެންނަށް މިދެންނެވި ރޫހު އާލާނުކުރެވިއްޖެ ނަމަ އިސްލާމް ދީނަށް ދެވޭ ދަރަޖަ ޝައްކެއް ވެސް ނެތް ގޮތުގައި އަޅުގަނޑުމެންގެ ތެރެއިން ދާނީ ދުވަހެއް ދުވަހަކަށް ނިކަމެތިވަމުން. އެހެންވީމަ އެކަން އެހެންވިޔަ ނުދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މިވަނީ މި ހާއްސަ މަޝްރޫއު ދިވެހިންގެ މެދުގައި ހާއްސަ ކަމެއް ދެއްވައިގެން ފައްޓަވައި ދެއްވާފައި،" އަޒްލީން ވިދާޅުވި އެވެ.

ދިވެހިންގެ މެދުގައި ގައުމީ ރޫހު އާލާކުުރުމުގެ މަޝްރޫއު އިފުތިތާހު ކުުރުމުގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަޒްލީން އަހުމަދު މިރޭ ވާހަކަ ދައްކަވަނީ.--- ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ދިވެހިންގެ މެދުގައި ގައުމީ ރޫހު އާލާކުުރުމުގެ މަޝްރޫއު އިފުތިތާހު ކުުރުމުގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަޒްލީން އަހުމަދު މިރޭ ވާހަކަ ދައްކަވަނީ.--- ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި އެތައް ހާސް އަހަރެއް ވަންދެން ދިވެހިން އިސްލާމް ދީން ގަބޫލުކުރީއްސުރެން ފެށިގެން މިއަދާ ހަމަޔަށް އައިރު ވެސް ތިބީ އެ ދީނުގަ އެވެ.

ދިވެހިންނަކީ އެއް ދީނަކަށް، އެއް މަޒުހަބަކަށް ތަބާވާ ބައެއްކަން ފާހަގަ ކުރައްވަމުން އަޒްލީން ވިދާޅުވީ ދިވެހިންނަކީ ޒަމާނުއްސުރެއް އެއްބައެއްގެ ގޮތުގައި ދިރިއުޅެމުން އަންނަ އެއްބަނޑު އެއްބަފާއެކަން ފެންނަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރޭގައި އޮތް ވަހުދަތު ނެތިދިއުމަކީ މިއަދުގެ ރައީސުލް ޖުމްހޫރިއްޔާ އެއްވެސް ގޮތަކަށް ބޭނުންފުޅުވާނެ ކަމެއް ނޫން. އެހެންކަމުން މި މަޝްރޫއު ފައްޓަވައިދެއްވައި ދިވެހިންގެ މެދުގައި އިސްލާމީ ވަހުދަތާއި ގައުމީ ރޫހު އާލާކުރުމުގެ ގޮތުން ގައުމީ މަޝްރޫއެއް އެ މަނިކުފާނު މިރޭ މިވަނީ އިފްތިތާހު ކޮށްދެއްވާފައި،" މިނިސްޓަރު ވިދާޅުވި އެވެ.

އަޒްލީން ވިދާޅުވީ ތިމާގެ އަމިއްލަ ނަފުސަށް ދެވޭ ލޯބި ތިމާގެ ގައުމަށް ދެވެން ޖެހޭ ކަމަށެވެ.

"ކޮންމެ ބޭފުޅަކު ވެސް އެ ބޭފުޅެއްގެ މޮޓޯކަމުގައި އެންމެ ފުރަތަމަ ގައުމު ޚިޔާރުކުރައްވާ،" ހޯމް މިނިސްޓަރު ވިދާޅުވި އެެވެ.

މިރޭގެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ވެސް ވާހަކަ ދެއްކެވި އެވެ. އަދި އިސްލާމީ ހަޟާރަތާ ބެހޭ ގޮތުން އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު އަދި ކުރީގެ އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ޕްރެޒެންޓޭޝަނެއް ދެއްވި އެވެ.