Roadha Mihaaru
މަޖިލިހުގެ ޖަލްސާތައް ހުއްޓިފައި

މަޖިލިހުގެ ޖަލްސާތައް ހުއްޓިފައި

07 މާޗް 2017

ކޮންމެ ހަފުތާއެއްގެ ހޯމަ، އަންގާރަ އަދި ބުދަދުވަހެއްގައި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ބާއްވަން ވާނެ ކަމަށް މަޖިލިހުގެ ގަވައިދުގައި އޮތް ނަމަވެސް، ޖަލްސާތައް ކުއްލި ގޮތަކަށް ހުއްޓިއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކޮންމެ ހަފުތާއެއްގެ ހޯމަ، އަންގާރަ އަދި ބުދަދުވަހެއްގައި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ބާއްވަން ވާނެ ކަމަށް މަޖިލިހުގެ ގަވައިދުގައި އޮތް ނަމަވެސް، ޖަލްސާތައް ކުއްލި ގޮތަކަށް ހުއްޓިއްޖެ އެވެ.

މިދިޔަ ހަފުތާގެ ބުދަދުވަހު ޖަލްސާ ބޭއްވި ފަހުން މި ހަފުތާގައި އަދި ޖަލްސާއެއް ނުބާއްވަ އެވެ. މިދިޔަ ހަފުތާގެ ހޯމަ އާއި އަންގާރަދުވަހު ވެސް ޖަލްސާއެއް ނުބާއްވަ އެވެ.

ޖަލްސާތައް ނުބާއްވާ ސަބަބެއް މަޖިލިހުގެ އިދާރާއަކުން ނުބުނެ އެވެ.

އަމީން އާންމު އަހުމަދު މުހައްމަދު ވިދާޅުވީ "ޖަލްސާތައް މެދުކަނޑާލިކަން އެނގިފައި ނެތް" ކަމަށެވެ.

ޖަލްސާތައް ކުއްލި ގޮތަކަށް ހުއްޓުމަކަށް އައިއިރު، މަޖިލިހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ހުށަހެޅުމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މިކަމާ ގުޅިގެން، ވެރިކަން ކުރާ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަދި މަޖިލިހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ވިދާޅުވެފައި ވަނީ މަޖިލިހުގެ ރައީސް މަސީހްގެ އިތުބާރު ނެތް ކަމަށް ފާސްކުރުމަށް އެމްޑީޕީ އާއި އިދިކޮޅު އެހެން ފަރާތްތަކުން ކުރާ މަސައްކަތް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން ފެއިލް ކުރާނެ ކަމަށެވެ.

ވެރިކަންކުރާ ޕީޕީއެމްގެ މަޖިލިހުގެ ބައެއް މެމްބަރުން މިއަދު ވިދާޅުވި ގޮތުގައި، ޖަލްސާތައް ނުބާއްވަނީ އެޖެންޑާ ކުރާނެ ކަމެއް ނެތިގެންނެވެ. އަދި ކޮމެޓީތަކުގެ މަސައްކަތްތައް ވެސް ކުރިއަށް ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބެލެވޭ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ޖަލްސާތަކެއް ނޯންނާނެ،" މެމްބަރަކު ވިދާޅުވި އެވެ.

މި އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ފެށުނު ފަހުން، މިހާތަނަށް ބޭއްވީ ނުވަ ޖަލްސާ އެވެ. އެ ގޮތުން މަޖިލީހަށް ހުށަހެޅި ބިލުތަކުގެ ތެރެއިން ކޮމެޓީ މަރުހަލާގައި ނުނިމި އޮތީ ސަރުކާރުގެ ފަރާތުން ހުށަހެޅި ހެއްކާ ބެހޭ ބިލާއި ތައުލީމާ ބެހޭ ބިލުގެ މަސައްކަތެވެ.

ޖަލްސާތައް ހުއްޓިފައިވާއިރު، އަންނަ މަހު އޮންނަ މަހު އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕެއިންތަކުގައި މަޖިލީހުގެ ބައެއް މެމްބަރުން އަންނަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ.