17 ޖުލައި 2017
ވަކި ޕާޓީއެއްގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވުމަށް ފަހު އެ ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ކަމަށް، މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ނިންމުމާ ގުޅިގެން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން އެ ކޯޓަށް އަމާޒުވި އެވެ. އަދި އެ ހުކުމުގެ ކުރިން، ޕީޕީއެމުން ވަކިވެފައިވާ 15 މެންބަރަކު މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމާ މެދު ތަފާތު ސުވާލުތައް އުފެއްދި އެވެ.
ވަކި ޕާޓީއެއްގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވުމަށް ފަހު އެ ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ކަމަށް، މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ނިންމުމާ ގުޅިގެން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން އެ ކޯޓަށް އަމާޒުވި އެވެ. އަދި އެ ހުކުމުގެ ކުރިން، ޕީޕީއެމުން ވަކިވެފައިވާ 15 މެންބަރަކު މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމާ މެދު ތަފާތު ސުވާލުތައް އުފެއްދި އެވެ.
ނަމަވެސް، އިއްޔެ އެ ކޯޓުން ނެރުނު އަމުރަކީ، އެ ހުކުމާ ގުޅިގެން އުފެދުނު އެފަދަ ހުރިހާ ސުވާލުތަކަށް ލިބުނު ވަރަށް ސާފު ޖަވާބެކެވެ. މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ސޮއިކުރި ޕީޕީއެމްގެ މެމްބަރުންގެ ތެރެއިން، އެ ހުކުމްގެ ކުރިން ޕާޓީން ވަކިވި މެމްބަރުން މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެތޯ ނުވާނެތޯ އިތުރު ސުވާލެއް އުފެއްދުމުގެ ބޭނުމެއް މިހާރު ނެތެވެ.
މަސީހު މަގާމުން ވަކި ކުރަން ސޮއި ކުރި މެމްބަރުންގެ ތެރެއިން ޕީޕީއެމުން ވަކިވެފައިވަނީ، ދަނގެތީ ދާއިރާގެ އިލްހާމް އަހްމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމަދާއި ހަނިމާދޫ ދާއިރާގެ ހުސައިން ޝަހުދީ އާއި އިހަވަންދޫ ދާއިރާގެ މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހްމަދާއި މަހިބަދޫ ދާއިރާގެ މުހައްމަދު ތޯރިގާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތޮފާ އާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހެވެ.
އެ މައްސަލަ ހުށަހެޅުމުގެ ކުރިން ޕާޓީން ވަކި ކުރި ފަސް މެންބަރުންނަކީ، ގަލޮޅު ދެކުނު ދާއިރާގެ އަހްމަދު މަޚްލޫފާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު (ވައްޑެ) އާއި ދިއްގަރު ދާއިރާގެ ފާރިސް މައުމޫނާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސައިނާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތެވެ.
ދައުލަތުގެ ފަރާތުން މި މަހު 3ގައި ސުޕްރީމް ކޯޓުގައި އެދުނީ، ވަކި ސިޔާސީ ޕާޓީއެއްގެ ފިކުރުގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވުމަށް ފަހުގައި، އޭނާ އިންތިޚާބު ކާމިޔާބު ކުރި ސިޔާސީ ޕާޓީގެ ވިސްނުމާ ދުރަށް ޖެހި އެހެން ސިޔާސީ ޕާޓީއަކަށް ބަދަލުވުމުން ނުވަތަ އޭނާ އިންތިޚާބުކުރި ޕާޓީން ވަކިވުމުން ނުވަތަ ވަކި ކުރުމުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން އެ މީހަކު ވަކިވާނެ ކަމަށް ކަނޑައަޅައިދިނުމަށެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ބެއްލެވި މި މައްސަލައިގެ ހުކުމް އިއްވީ ވެސް ދައުލަތުގެ ފަރާތުން އެދުނު ގޮތަށެވެ. އެ ހުކުމްގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން އިންތިޚާބުވި ޕާޓީގެ މެންބަރުކަމުން ވަކި ކުރުމާއި ނުވަތަ އިންތިޚާބުވި ޕާޓީން އަމިއްލަ އަށް ވަކިވުމާއި ނުވަތަ އިންތޚާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެމްބަރަކަށް ވުމާއި، މި ތިން ހާލަތުން ކުރެ ހާލަތެއް، މި މައްސަލައިގެ ހުކުމް ކުރާ ތާރީޚުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް މެދުވެރިވެއްޖެ ނަމަ، އެ މެމްބަރަކު ނިސްބަތްވާ ޕާޓީއަކުން އެ މެމްބަރަކު ވަކިކޮށްފި ކަމަށް ނުވަތަ ވަކިވެއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އަންގާ ދުވަހުން ފެށިގެން، އެ މެމްބަރަކު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ކަމަށެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހުގައި ކަން ހިނގަމުންދާ ގޮތުން މި ހުކުމާ މެދު ގިނަ ބަޔަކު ސުވާލު އުފެއްދި ނަމަވެސް، ހަގީގަތަށް ބަލާއިރު، މި ހުކުމް އޮތީ އިތުރު ސުވާލެއް ނުއުފެދޭހާ ސާފުކޮށެވެ. އެ ހުކުމްގެ ނަތީޖާ އަށް ވާސިލުވެވޭނީ އެ ހުކުމުން ކަނޑައަޅައިދީފައިވާ ދެ ކަމެއް ފުރިހަމަވުމުންނެވެ.
ފުރަތަމަ ކަމަކީ، މަޖިލީހުގެ އެ މެމްބަރަކަށް ޕާޓީގެ މެންބަރުކަމުގެ ހައިސިއްޔަތު ގެއްލުނީ، ސުޕްރީމް ކޯޓުގެ ހުކުމަށް ފަހުގައި ކަމަށް ވުމެވެ. ދެ ވަނަ ކަމަކީ، އެ މެމްބަރަކު ވަކިވި ޕާޓީއަކީ، އޭނާ އެ ޕާޓީއެއްގެ ޓިކެޓްގައި މަޖިލީހަށް އިންތިޚާބުވި ޕާޓީކަމުގައި ވުމެވެ.
މަސީހު މަގާމުން ވަކި ކުރުމަށް ސޮއިކުރުމަށް ފަހު ޕީޕީއެމުން ވަކިވި ދަނގެތީ ދާއިރާގެ އިލްހާމާއި ހަނިމާދޫ ދާއިރާގެ ޝަހުދީ އާއި އިހަވަންދޫ ދާއިރާގެ މުހައްމާ މަޖިލީހަށް އިންތިޚާބުވީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގަ އެވެ. އެހެންކަމުން އެ މެމްބަރުންނާއި އެ މެންބަރުންގެ ދާއިރާތަކުގެ ރައްޔިތުންނާ ދެމެދު އިޖްތިމާއީ އަގުދެއް (ސޯޝަލް ކޮންޓްރެކްޓެއް) އޮތް ނަމަ އޮންނާނީ، މަޖިލީހުގައި ޖުމްހޫރީ ޕާޓީ ތަމްސީލު ކުރުމަށެވެ.
ޕީޕީއެމުން ވަކިވި ދިއްދޫ ދާއިރާގެ ލަތީފާއި މަހިބަދޫ ދާއިރާގެ ތޯރިގު މަޖިލީހަށް އިންތިޚާބުވީ މިނިވަން މެމްބަރުންގެ ގޮތުގަ އެވެ. އެ ދެ މެމްބަރުންގެ އިޖްތިމާއީ އަގުދެއް އޮތް ނަމަ އޮންނާނީ، މަޖިލީހުގައި ވަކި ޕާޓީއެއްގެ ފިކުރަށް ތަބާ ނުވެ މަސައްކަތް ކުރުމަށެވެ.
އެހެންކަމުން ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނާ ގޮތުން ނަމަ، ދަނގެތީ ދާއިރާގެ އިލްހާމާއި ހަނިމާދޫ ދާއިރާގެ ޝަހުދީ އާއި އިހަވަންދޫ ދާއިރާގެ މުހައްމާ އާއި ތިނަދޫ ދެކުނު ދާއިރާގެ ސައުދުﷲ އާއި ދިއްދޫ ދާއިރާގެ ލަތީފާއި މަހިބަދޫ ދާއިރާގެ ޓޮމް، ޕީޕީއެމުން ވަކިވި ކަމުގައި ވިޔަސް، އެ މެމްބަރުންނަށް މަޖިލީހުގެ ގޮނޑި ނުގެއްލޭނެ ކަމަށް، މަސީހު ވަކިކުރަން މަސައްކަތްކުރާ އިދިކޮޅު ހަރަކާތުން ބުނެ އެވެ.
ހަމަ އެފަދައިން ތިމަރަފުށީ ދާއިރާގެ މުސްތޮފާ މަޖިލީހަށް އިންތިހާބުވީ އެމްޑީޕީގެ ޓިކެޓްގަ އެވެ. އެހެންކަމުން އޭނާ މި ވަގުތު ޕީޕީއެމުން ވަކިވި ކަމުގައި ވިޔަސް، އޭނާ ވެސް މަޖިލީހުގެ މެމްބަރުކަމުން ވަކިވެގެން ނުވާނެ އެވެ.
އެއީ އެ ހަތް މެމްބަރުން މަޖިލީހަށް އިންތިޚާބުވީ ޕީޕީއެމްގެ ޓިކެޓްގައި އިންތިޚާބަށް ކުރިމަތިލައި، އެ ޕާޓީގެ ސިޔާސީ މެނިފެސްޓޯ އާއި އެ ޕާޓީގެ ސިޔާސީ ފިކުރު ކުރިއަރުވައި، އެ ފިކުރަށް އިހްތިރާމް ކުރުން މަތީ ދެމިހުންނާނެ ކަމަށް އަހްދެއްވެގެން، އެ އަސާސްގެ މައްޗަށް ރައްޔިތުން ވޯޓު ދީ އިންތިޚާބު ކޮށްގެން ކަމަށް ނުވާތީ އެވެ.
މިއާ ޚިލާފަށް، ވައްޑެ އާއި ފާރިސާއި ސައުދު ހުސައިނާއި އަމީތާއި މަޚްލޫފަކީ ޕީޕީއެމްގެ ޓިކެޓްގައި ވާދަކޮށްގެން ޕީޕީއެމަށް އިންތިޚާބުވި މެމްބަރުންނެވެ. ނަމަވެސް މި މެމްބަރުންނަކީ ވެސް، ސުޕްރީމް ކޯޓުން ހުކުމް ކުރުމުގެ މާ ކުރިން ޕީޕީއެމުން ވަކި ކޮށްފައިވާ މެމްބަރުންނެވެ. އަދި އެ މެންބަރުން ޕާޓީން ވަކިކޮށްފައިވާ ކަމަށް ޕީޕީއެމުން އެ މެމްބަރުންނަށް ލިޔުމުން އަންގާފައިވާ މެމްބަރުންނެވެ.
މަސީހުގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް ހުށަހެޅި އިރު، އެ ލިޔުމުގައި ސޮއި ކުރި މެމްބަރުންގެ ތެރެއިން ޕީޕީއެމްގެ ޓިކެޓްގައި ވާދަކޮށް މަޖިލީހަށް ހޮވި އަދި ޕާޓީން ވަކިނުވެ ތިބި މެންބަރުންނަކީ މައްޗަންގޮޅީ ދެކުނު ދާއިރާގެ ސިނާނާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހެވެ. ނަމަވެސް މި މެމްބަރުން ވެސް ވަނީ، ސުޕްރީމް ކޯޓުން ހުކުމް ކުރުމުގެ ކުރިން ޕީޕީއެމުން ވަކިވެފަ އެވެ.
ސުޕްރީމް ކޯޓުން އިއްޔެ ނެރުނު އަމުރުގައި ބުނެފައިވާ ގޮތުގައި ދުސްތޫރީ މައްސަލައިގެ ހުކުމްގައި ބަޔާން ކޮށްފައިވާ ތިން ހާލަތުން ކުރެ ހާލަތަކީ އެ ހުކުމްގެ ކުރިން ވުޖޫދުވެފައިވާ ހާލަތެއް ނަމަ، ނުވަތަ އެއިން ހާލަތަކާ ގުޅޭ އެއްވެސް އިޖުރާއާތެއްގެ މައްޗަށް ބިނާކޮށް އެޅިފައިވާ ނުވަތަ އަޅާ އެއްވެސް ފިޔަވަޅެއް ނަމަ، އެފަދަ އެއްވެސް ހާލަތެއްގެ މައްޗަށް ނުވަތަ އެފަދަ އެއްވެސް ހާލަތަކާ ގުޅިފައިވާ އިޖުރާއާތެއް ނުވަތަ ކަމެއްގެ މައްޗަށް އެ ހުކުމްގެ އަސަރު އެއްވެސް ގޮތަކުން ތަންފީޒެއް ނުކުރެވޭނެ އެވެ.
ދުސްތޫރީ މައްސަލައިގެ ހުކުމްގައި ބުނާ ތިން ހާލަތަކީ، (1) މަޖިލީހަށް އިންތިޚާބުވި ޕާޓީން ވަކި ކުރުމާއި (2) މަޖިލީހަށް އިންތިޚާބުވި ޕާޓީން އަމިއްލަ އަށް ވަކި ވުމާއި (3) މަޖިލީހަށް އިންތިޚާބުވި ޕާޓީ ދޫކޮށް އެހެން ޕާޓީއަކަށް ބަދަލުވުމެވެ.
މަސީހުގެ އިތުބާރު ނެތް ކަމަށް ސޮއިކުރި މެމްބަރުންގެ ތެރެއިން މިހާރު ސުވާލު އުފެދިފައިވާ 15 މެންބަރުންނަށް ވެސް، އެ ހުކުމްގައި ބުނެފައިވާ ތިން ހާލަތުން ކުރެ ހާލަތެއް މެދުވެރިވެފައިވަނީ އެ ހުކުމް ކުރުމުގެ ކުރިންނެވެ.
އެހެންކަމުގައިވާ ނަމަ، އެ މެމްބަރުންނަށް ދިމާވެފައިވާ، ޕާޓީން ވަކިވުމުގެ ހާލަތާ ގުޅޭ އެއްވެސް އިޖުރާއާތެއްގެ މައްޗަށް ބިނާކޮށް، ސުޕްރީމް ކޯޓުގެ ހުކުމަށް ފަހުގައި އަޅާ އެއްވެސް ފިޔަވަޅެއް ނުވަތަ އެއިން ހާލަތަކާ ގުޅިގެން، ސުޕްރީމް ކޯޓުގެ ހުކުމަށް ފަހުގައި ފުރިހަމަ ކުރާ އިޖުރާއާތެއްގެ އަސަރު ވެސް، "މާޒީއަށް ރުޖޫއަވާ ގޮތަށް ރެޓްރޯސްޕެކްޓިވް ކޮށް ތަޠުބީޤު ނުވަތަ ތަންފީޒު ކުރުން ހުއްދަ ކުރެވިފައި ނުވާ ކަން އެ ހުކުމުން ސާފުކޮށް އެނގެން" އޮވެ އެވެ.
ސުޕްރީމް ކޯޓުގެ އަމުރުގެ މި ދެންނެވި ނުކުތާތަކުން އެނގެނީ، އެ މެމްބަރުން މަޖިލީހަށް އިންތިޚާބުވި ޕާޓީގެ މެންބަރުކަމުން ވަކިވެފައިވާ ކަން، އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އެންގީ ސުޕްރީމް ކޯޓުގެ ހުކުމަށް ފަހުގައި ކަމަށް ވިޔަސް، އިލެކްޝަންސް ކޮމިޝަންގެ އެ އެންގުން ބިނާވެފައިވަނީ، ސުޕްރީމް ކޯޓުގެ ހުކުމްގެ ކުރިން، އެ މެމްބަރުން ޕާޓީގެ މެމްބަރުކަމުން ވަކިވެފައިވާ ވަކިވުމެއްގެ މައްޗަށް ކަމަށްވާ ނަމަ، އެ މެމްބަރުންގެ މައްޗަށް ސުޕްރީމް ކޯޓުގެ ދުސްތޫރީ މައްސަލައިގެ ހުކުމްގެ އަސަރު ނުކުރާނެ ކަމެވެ.
މަޖިލީހުގެ މެންބަރަކު މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިވުމުން މަޖިލީހުގެ ގޮނޑި ގެއްލޭނީ، އެ މެންބަރަކު ޕާޓީން ވަކިވެއްޖެ ކަމަށް، ސުޕްރީމް ކޯޓުގެ ހުކުމަށް ފަހުގައި، އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އަންގާ ދުވަހުން ފެށިގެން ކަމަށް ސުޕްރީމް ކޯޓުން ނިންމި ދުސްތޫރީ މައްސަލައިގެ ހުކުމްގައިވެ އެވެ.
ގާނޫނުއަސާސީ އާއި ގާނޫނު މާނަ ކުރުމުގައި އަދި ޝަރުއީ ގޮތުން ނިންމާ އެހެން މައްސަލަތަކުގައި ވެސް، ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުންކަމާއި، އެ ފަދަ ނިންމުމަކާ މެދު އިތުރު ޖަދަލެއް ނުވަތަ ޚުސޫމަތެއް އުފައްދާނެ އެއްވެސް ޖާގައެއް ނެތް ކަން ގާނޫނުއަސާސީ އާއި ގާނޫނުތަކުން އެނގެ އެވެ. ދުސްތޫރީ މައްސަލައިގައި ސުޕްރީމް ކޯޓުން އިއްވި ހުކުމާއި އެ ހުކުމް ތަފްސީލު ކޮށްދިނުމަށް ނެރުނު އަމުރުން މި މައްސަލަ މިހާރު ވަނީ ވަރަށް ބޮޑަށް ސާފުވެފަ އެވެ.
ޒަރޫރީ ހާލަތެއް ކުރިމައްޗެއް ނުވޭ، ވޯޓު ވާނީ ބާތިލް
"ގޮނޑި ގެއްލުމުގެ ބިރު އޮތަސް ދުލެއް ނުދެއްވާނެ"
އެ އުޅެނީ ދައުލަތް ހުއްޓުވާލަން، ސަމާލުވޭ: ނިހާން
މާދަމާ ރޭ މަޖިލިސް، މަސީހް ވަކިކުރާނެ ކަމަށް ބެލެވޭ
ބަދަލުވި މަންޒަރާއި އެންޓި ޑިފެކްޝަން ގާނޫނުގެ ބަހުސް
މަސީހު ވަކިކުރުމުގެ މައްސަލަ އަންނަ މަހުގެ 8 ގައި
51 މެމްބަރެއްގެ ސޮޔާއެކު މަސީހް ވަކިކުރަން މަޖިލީހަށް
މަސީހު ވަކި ކުރަން ސޮއި ހޯދަން ފަށައިފި
މެމްބަރުން ނެތިގެން މިއަދު ވެސް ވޯޓެއް ނުނެގި
މަސީހާއި ޖަލްސާތައް ކަމަކު ނުދޭ، ކޮމިޓީތައް ބަރާބަރު