ސިވިލް ސާވިސް ކޮމިޝަންގެ މުވައްޒަފުންނަށް ޖާސޫސްކުރަމުން ދިޔައީ ކޮމްޕިއުޓަރު ސިސްޓަމްތަކަށް ސޮފްޓްވެއާއެއް އަޅައިގެން، އެއިން ކުރާ ހުރިހާ މުއާމަލާތަކާއި ބޭނުންކުރާ ޕާސްވޯޑްތައް ވެސް އެނގޭ ގޮތަށް ކަމަށާއި އެކަން ކުރާތާ ދެ އަހަރު ވެއްޖެ ކަމަށް، އެ ކަމުގެ މައުލޫމާތު އެނގޭ މީހަކު ބުނެފި އެވެ.
26 ނޮވެމްބަރ 2024
ސިވިލް ސާވިސް ކޮމިޝަންގެ މުވައްޒަފުންނަށް ޖާސޫސްކުރަމުން ދިޔައީ ކޮމްޕިއުޓަރު ސިސްޓަމްތަކަށް ސޮފްޓްވެއާއެއް އަޅައިގެން، އެއިން ކުރާ ހުރިހާ މުއާމަލާތަކާއި ބޭނުންކުރާ ޕާސްވޯޑްތައް ވެސް އެނގޭ ގޮތަށް ކަމަށާއި އެކަން ކުރާތާ ދެ އަހަރު ވެއްޖެ ކަމަށް، އެ ކަމުގެ މައުލޫމާތު އެނގޭ މީހަކު ބުނެފި އެވެ.
ސީއެސްސީގައި މުވައްޒަފުންނަށް ޖާސޫސްކުރާ ކަމަށް ތުހުމަތުކޮށް އެ ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ހުށަހެޅި ނަމަވެސް އޭނާ ވިދާޅުވީ ޖާސޫސްކުރާކަން އެނގިވަޑައިގަތީ ވެސް މަޖިލީހުން އެކަމާ ގުޅުވައި ސިޓީ ފޮނުވުމުން ކަމަށެވެ.
ނާސިހް ވިދާޅުވީ އެކަމާ ގުޅިގެން އިތުރަށް ބެލިއިރު ތުހުމަތުކުރެވޭ ދެ މީހަކު ތިބި ކަމަށާއި އެއް މަސް ދުވަހަށް އެ ދެ މީހުން ސަސްޕެންޑްކޮށް ފުލުންނަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ކޮމްޕިއުޓަރުތަކަށް ސޮފްޓްވެއާއެއް އަޅައިގެން ޖާސޫސްކުރާކަމުގެ ތުހުމަތުގައި މިދިޔަ ބުދަ ދުވަހު ސަސްޕެންޑުކުރީ އެ ކޮމިޝަންގެ އައިޓީ ޑިޕާޓްމަންޓު ހެޑް އަދި ކޮންސަލްޓެންޓެވެ.
މިކަމުގެ މައުލޫމާތު އެނގޭ މީހަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި ޖާސޫސްކުރަން ބޭނުންކުރި ސޮފްޓްވެއާ ގަނެފައިވަނީ އެ ކޮމިޝަނުގައި ބޭނުންކުރާ "ވިއުގަ" ސޮފްޓްވެއާއަށް އަންނަ ހަމަލާތަކުން ރައްކާތެރިކޮށްދޭ އެއްޗެއް ކަމަށް ބުނެ ކޮމިޝަންގެ މެމްބަރުންނަށް އޮޅުވާލައިގެންނެވެ.
"މި ސޮފްޓްވެއާއަކީ މުވައްޒަފުން ސިސްޓަމްތަކުންް ކުރާ މަސައްކަތް ރިކޯޑްކުރެވޭ އެއްޗެއް. މުވައްޒަފުން އަމިއްލަ ސިސްޓަމުން އިންޓަނެޓް ބޭންކިން ބޭނުންކުރީމަ އޭގެ ޕާސްވޯޑު ވެސް ސޮފްޓްވެއާ އެޑްމިން ބަލަހައްޓާ އައިޓީއަށް ލިބޭނެ. މުވައްޒަފުންގެ ޕާސަނަލް ސޯޝަލް މީޑިއާ އެކައުންޓުތަކުގެ ޕާސްވޯޑު ވެސް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި ސޮފްޓްވެއާ ގަނެފައިވަނީ އޭޕްރީލް، 2022 ގަ އެވެ. އެހެންވެ، ސީއެސްސީގެ މުވައްޒަފުންނަށް ޖާސޫސްކުރާތާ ދެ އަހަރުވެއްޖެ އެވެ.
ފުލުހުން ބުނީ "ސިވިލް ސާވިސް ކޮމިޝަންގެ މުވައްޒަފުންގެ މަސައްކަތްތައް ބެލޭނެ ފަދަ ސޮފްޓްވެއާއެއް އުފައްދާފައިވާ މައްސަލަ" މި މަހުގެ 21 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ. އެހެންވެ އެ މައްސަލަ ބަލަމުން އަންނަ ކަމަށް ބުންޏެވެ.
މި މައްސަލައާ ގުޅުވައި ސީއެސްސީގެ ރައީސް ނާސިހުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ އޭނާ މަސްއޫލިއްޔަތުތަކާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށާއި އެ ކޮމިޝަންގެ މެންބަރުކަމުގެ މަގާމާ އެކަށީގެންނުވާ ފަދަ އަމަލުތަކެއް ކޮށްފައިވާ ކަމަށް ބުނެ އެވެ.ނަމަވެސް، މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އެ މައްސަލަ ބެލުމަށް ފަހު ނިންމާފައިވަނީ ނާސިހުގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ސާބިތުނުވާ ކަމަށެވެ. އެހެންވެ އޭނާ މަގާމުން ވަކި ނުކުރަން ވަނީ ނިންމައިފަ އެވެ.
ބައެއް ކޮމިޝަންތަކުގެ މެމްބަރުން ވަކިކުރަނީ
ޕޭ ހާމަނައިޒޭޝަންގެ މަގްސަދު ހާސިލް ނުވޭ: ސީއެސްސީ
ހުރިހާ ދާއިރާއެއްގެ މުސާރަ ބޮޑުކޮށްދިނުމަށް ގޮވާލައިފި
އިތުބާރުކުރާ ހިދުމަތަކަށް ސިވިލްސާވިސް ވާންޖެހޭނެ
މުސްއަބަށް ފައިސާ ނުދޭތީ އަނެއްކާވެސް ކޯޓަށް!
މުސްއަބުގެ މައްސަލަ އިސްތިއުނާފު ކުރާނަން: ސީއެސްސީ
ވަކިނުކޮށް ވަޒީފާ ބަދަލުކުރެވޭނެ ގޮތް ހަދައިދޭން އެދެފި
ސީއެސްސީ ނައިބު ރައީސް ރަޝީދު އިސްތިއުފާ ދެއްވައިފި
ސީއެސްސީ ނައިބު ރައީސް އިބްރާހިމް ރަޝީދު ވަކިކުރަނީ
ޖާސޫސްގެ ތުހުމަތުވާ މުވައްޒަފުން ސީއެސްސީން ވަކިވެއްޖެ