ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ނައިބު ރައީސް އިބްރާހިމް ރަޝީދު މަގާމުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
10 މާޗް 2025
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ނައިބު ރައީސް އިބްރާހިމް ރަޝީދު މަގާމުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
އިބްރާހިމް ރަޝީދު ވަކިކުރުމުގެ މަސައްކަތް ފެށުމުގެ މަޝްވަރާތައް ކޮމިޓީން ކުރިއަށް ގެންދިޔައީ މައިކު ނުޖައްސަ އެވެ.
އެކަމަކު، ކޮމިޓީގެ މެންބަރަކު "މިހާރު" އަށް ވިދާޅުވީ، އިބްރާހިމް ރަޝީދު ވަކިކުރަން ކޮމިޓީ އަށް ހުށަހެޅި މައްސަލަ އަޑު އިއްވި ނަމަވެސް އަދި އެ ސިޓީ މެންބަރުންނާ ހިއްސާނުކުރާ ކަމަށެވެ.
އޭނާއަށް ކުރާ ތުހުމަތުގެ ތެރޭގައި ރެކްރޫމަންޓުގައި ހުރި ބައެއް މައްސަލަތަކާ ގުޅިގެން ސީއެސްސީގެ ބައެއް މުވައްޒަފުންގެ ޝަކުވާ އާއި އިދިކޮޅު އެމްޑީޕީގެ ބޮޑުންނާއި މެންބަރުންނާ މާ ގާތްގުޅުމެއް ބޭނުން ކުރުން ހިމެނޭ ކަމަށް ސިޓީގައި ބުނެފައިވާ ކަމަށް މެންބަރު ވިދާޅުވި އެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ އިބްރާހިމް ރަޝީދު ވަކިކުރުމުގެ މަސައްކަތް ފަށަން، ތަޅުމަށް ފޮނުވަން ފާސްކޮށްފަ އެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މިނިވަން މުއައްސަސާއެއްގެ މެންބަރަކު ވަކިކުރުމާ މެދު ވަކި ގޮތެއް ނިންމޭނީ ކޮމިޓީން އެ މަސައްކަތް ފެށި ކަމަށް ފާސްކޮށް، ތަޅުމަށް ފޮނުވުމުންނެވެ. އޭރުން ރިޔާސަތުން އެ މައްސަލަ ތަޅުމުގައި އިއުލާނުކޮށް، މައްސަލާގައި ގޮތް ނިންމުމަށް ކޮމިޓީ އަށް ފޮނުވާނެ އެވެ.
އިބްރާހިމް ރަޝީދު ސީއެސްސީއަށް އައްޔަން ކޮށްފައިވަނީ ސެޕްޓެމްބަރު 2020 ގަ އެވެ.
މެންބަރުން ވަކިކުރަނީ ނުފޫޒަށް ލެނބުމުން
ބައެއް ކޮމިޝަންތަކުގެ މެމްބަރުން ވަކިކުރަނީ
ސީއެސްސީގެ އާ ރައީސަކަށް ނާސިހު
ސަނީފްގެ މަސްލަހަތު ހިމެނޭ ކަމެއް ނެތް: ކޮމިޓީ
ސީއެސްސީގެ ލިސްޓް އެކުލަވާލި ގޮތް ބަލަން އަންގައިފި
ސީއެސްސީއަށް ރުހުން ދިން ދެ ބޭފުޅަކު ޑިސްކޮލިފައިކުރަނީ
ސީއެސްސީ މެމްބަރުން ވަކި ކުރުމުގެ މައްސަލަ މާދަމާ
އާމިރާ ނޫން ހުރިހާ މެމްބަރުން ވަކިކުރަން ފާސްކޮށްފި
ޖަވާބުދާރީވުމަށް އާމިރާ އަށް ފަސް ދުވަސް
އާމިރާގެ މައްސަލަ ކޮމެޓީއަށް ފޮނުވައިފި