ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގައި ގާއިމް ކޮށްފައިވާ މެޑިކަލް ސްކޫލްގައި ކިޔަވަން، ބޭރު ގައުމަކުން 500 ރިކުއެސްޓް ލިބުނު ކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
26 ނޮވެމްބަރ 2024
ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގައި ގާއިމް ކޮށްފައިވާ މެޑިކަލް ސްކޫލްގައި ކިޔަވަން، ބޭރު ގައުމަކުން 500 ރިކުއެސްޓް ލިބުނު ކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީގެސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު "މިހާރު" އަށް ވިދާޅުވީ މިދިޔަ ޖެނުއަރީ މަހު ހުޅުވާލި ފުރުސަތުގައި، ކިޔަވަން ބޭނުންވެގެން ބޭރުގެ ގައުމަކުން ގިނަ ބަޔަކު ހުށަހެޅި ނަމަވެސް ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށެވެ. ރާއްޖޭގެ ގިނަ ދަރިވަރުންތަކެއް ވެސް ކުރިމަތިލާފައި ވާތީ، ބޭރުން ހުށަހެޅި ކުދިންނަށް ފުރުސަތު ނުދެވުނީ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ މެޑިކަލް ސްކޫލްގައި ކިޔަވަން ރިކުއެސްޓްކުރީ ކޮން ގައުމަކުން ކަމެއް ނަޒީރު ވިދާޅެއް ނުވެ އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ދަރިވަރުން ރާއްޖޭން ބޭރަށް ކިޔަވަން ދާ އުސޫލުން، ބޭރުގެ ދަރިވަރުން ރާއްޖޭގައި ކިޔެވުމުގެ ޝައުގުވެރިކަން ވެސް ބޮޑުވަމުން އަންނަ ކަމަށެވެ. ހުޅުމާލޭގެ މެޑިކަލް ސްކޫލު އެޅުމުން ބޭރުގެ ދަރިވަރުންނަށް ވެސް ފުރުސަތު ހުޅުވާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު އެ ސްކޫލު (އެމްއެންޔޫ)ގެ ޖާގަ އަކީ 40 ކުދިން. ޓީޗިން ހޮސްޕިޓަލު ހުޅުމާލޭގައި އެޅުމުން 400 އާއި 500 އެއްހާ ދަރިވަރުންނަށް ކިޔަވައިދެވޭނެ،" ނަޒީރު ވިދާޅުވި އެވެ.
ރާއްޖޭގައި ކިޔަވަން ބޭނުންވާ ބޭރުގެ ދަރިވަރުންނަށް ފުރުސަތު ފަހިކޮށްދޭން ސަރުކާރުން މަސައްކަތް ކުރަމުން އަންނަކަން ފާހަގަ ކުރައްވައި ނަޒީރު ވިދާޅުވީ އަމާޒަކީ މި އަހަރުގެ ތެރޭގައި ރާއްޖޭގައި މަތީ ތައުލީމު ހާސިލްކުރާ ބޭރު ދަރިވަރުންގެ އަދަދު ފަސް ފަސެންޓަށް އިތުރު ކުރުން ކަމަށެވެ.
މެޑިކަލްގެ އިތުރުން ވެސް އެހެން ދާއިރާތަކުން ރާއްޖޭގައި ކިޔެވުމުގެ ފުރުސަތު ހޯދައިދޭން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި މަސައްކަތް ކުރަނީ އިންޓަނޭޝަނަލް ކުދިންނަށް ރާއްޖެ ގެނައުމަށް. ހޮސްޕިޓާލިޓީ، އޭވިއޭޝަން ކަހަލަ ޑިމާންޑު އޮތް ދާއިރާތަކަށް. ރާއްޖެއަކީ ބައިނަލްއަގުވާމީ ބްރޭންޑަކަށް ވާތީ، ހޮސްޕިޓާލިޓީ ކިޔަވަން އަންނާނެކަން އެނގޭ،" ނަޒީރު ވިދާޅުވި އެވެ.
ފުރަތަމަ އެމްބީބީއެސް ބެޗުން ހުރިހާ ދަރިވަރުން ފާސް
ދަރުމަވަންތަ ބޭނުންކުރެވޭނެ ކަމުގެ އުންމީދު އާވެއްޖެ
ލެކްޗަރާއިންގެ މުސާރައަށް ގެންނަ ބަދަލު އިއުލާންކުރަނީ
ވިލިމާލޭގެ ޑައިވިން ޕޮއިންޓް މަރާމާތުކުރާތީ ކަންބޮޑުވަނީ
މުސާރައިގެ މައްސަލަ: މިއީ މޫނުމަތީގައި ޖެހި ތަފާލެއް!
މުސާރަ ކުޑަވެފައި މަސައްކަތުގެ ވަގުތު ނޭނގެ: ޓީޗަރުން
"ޓީޗަރުންނަށް މި ސަރުކާރުން ދެރަ ގޮތެއް ނުހަދާނެ"
ޓީޗަރުކަން ކިޔަވާނެ މީހުނެއް ނުވޭ، ކީއްވެ؟
އެމްއެންޔޫގެ ފަސްކުރި ދަސްވެނިވުން އަންނަ މަހު
އެމްއެންޔޫ އިންޓޭކަށް ބަދަލު ގެންނަ ވިސްނުން އެބަހުރި