އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އާއި ނައިބު ކަނޑައެޅުމުގެ ބާރު ރައީސަށް ލިބިވަޑައިގަންނަވާ ގޮތަށް އެ ދެ ކޮމިޝަނާ ބެހޭ ގާނޫނުތަކަށް އިސްލާހު ގެނައުމަށް މަޖިލިީހުން ފާސްކުރި ދެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފި އެވެ.
26 ނޮވެމްބަރ 2024
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އާއި ނައިބު ކަނޑައެޅުމުގެ ބާރު ރައީސަށް ލިބިވަޑައިގަންނަވާ ގޮތަށް އެ ދެ ކޮމިޝަނާ ބެހޭ ގާނޫނުތަކަށް އިސްލާހު ގެނައުމަށް މަޖިލިީހުން ފާސްކުރި ދެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފި އެވެ.
އޭސީސީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ފެލިދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އާދަމް ޒާހިރެވެ. އީސީގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ކެލާ ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުﷲ ޝަރީފެވެ.
މަޖިލީހުން އިއްޔެ ފާސްކުރި މި ދެ ބިލު، ތަސްދީގުކުރައްވައި ގެޒެޓުގައި މިހާރު ވަނީ ޝާއިއުކޮށްފަ އެވެ.
މި ދެ ބިލު ވެސް މަޖިލީހުން ފާސްކޮށްފައި ވަނީ ސަރުކާރުން ހުށަހެޅި ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް އެވެ.
އޭސީސީގެ ގާނޫނާއި އީސީގެ ގާނޫނަށް ވަކިވަކިން ގެނައި އިސްލާހުގައިވާ ގޮތުން ކޮމިޝަންގެ މެމްބަރުންގެ ތެރެއިން ކޮމިޝަނުގެ ރައީސަކާއި ނައިބު ރައީސަކު ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރަން ވާނެ އެވެ.
އެކަމަކު އެ ދެ ކޮމިޝަނުގެ ރައީސް އަދި ނައިބު ރައީސްގެ މަގާމަށް އައްޔަންކުރާ މީހެއްގެ ނަން މަޖިލީހަށް ހުށަހަޅަން ޖެހޭނެ ކަމަށް އެ ގާނޫނުގައި ބުނެފައިވެ އެވެ.
ފާސްކުރި ދެ ބިލުގައިވާ ގޮތުން ދެ ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރެވޭނީ، މަޖިލީހުގެ ޖަލްސާ އަށް ހާޒިރުވެ، އެކަމަށް ނަގާ ވޯޓެއްގައި ބައިވެރިވެވަޑައިގަންނަވާ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްވުމުންނެވެ.
ނަމަވެސް، މި ވަގުތު އޭސީސީ އާއި އީސީގެ ރައީސާއި ނައިބު ރައީސް ކަމުގެ މަގާމުގައި ތިއްބެވި ބޭފުޅުން މަގާމުން ވަކިވަންދެން އެ މަގާމުތަކުގައި ދެމިތިބެވޭނެ އެވެ.
އޭސީސީ/އީސީގެ ވެރިން ރައީސް ކަނޑައަޅާގޮތަށް ފާސްްކޮށްފި
ގާނޫނަށް އިސްލާހު ގެންނަން އެދުނީ މުއައްސަސާތަކުން
ނުފޫޒެއް ނެތް، އިސްލާހު ކުރަން ޖެހުނު ކަމެއް ކުރާނަން
އީސީ އާއި އޭސީސީގެ ރައީސް ކަނޑައަޅާ ގޮތް ބަދަލުކުރަނީ
އޭސީސީ އަށް އާ ދެ މެމްބަރަކު އައްޔަން ކޮށްފި
އީސީގެ މެންބަރުކަމަށް ހަސީބު އައްޔަންކޮށްފި
އީސީއާއި އޭސީސީގެ މެންބަރުންތަކެއް ވަކިކުރަން ފާސްކޮށްފި
"2028ގައި ޕީއެންސީގެ ކެންޑިޑޭޓަކީ ރައީސް މުއިއްޒު"
މެންބަރުން ވަކިކުރަނީ ނުފޫޒަށް ލެނބުމުން
ބައެއް ކޮމިޝަންތަކުގެ މެމްބަރުން ވަކިކުރަނީ