އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އާއި ނައިބު ކަނޑައެޅުމުގެ ބާރު ރައީސަށް ލިބިވަޑައިގަންނަވާ ގޮތަށް އެ ދެ ކޮމިޝަނާ ބެހޭ ގާނޫނުތަކަށް ސަރުކާރުން ހުށަހެޅި ދެ ބިލް، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
25 ނޮވެމްބަރ 2024
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އާއި ނައިބު ކަނޑައެޅުމުގެ ބާރު ރައީސަށް ލިބިވަޑައިގަންނަވާ ގޮތަށް އެ ދެ ކޮމިޝަނާ ބެހޭ ގާނޫނުތަކަށް ސަރުކާރުން ހުށަހެޅި ދެ ބިލް، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އޭސީސީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ފެލިދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އާދަމް ޒާހިރެވެ. އީސީގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ކެލާ ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުﷲ ޝަރީފެވެ.
މި ދެ ބިލު ދިރާސާކޮށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކުރީ ސަރުކާރުން ހުށަހެޅި ގޮތަށް އެއްވެސް ބަދަލެއް ގެނައުމެއް ނެތި އެވެ.
އޭސީސީގެ ގާނޫނާއި އީސީގެ ގާނޫނަށް ވަކިވަކިން ހުށަހެޅި ދެ ބިލުގައިވާ ގޮތުން ކޮމިޝަންގެ މެމްބަރުންގެ ތެރެއިން ކޮމިޝަނުގެ ރައީސަކާއި ނައިބު ރައީސެއް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރަން ވާނެ އެވެ.
އެކަމަކު އެ ދެ ކޮމިޝަނުގެ ރައީސް އަދި ނައިބު ރައީސްގެ މަގާމަށް އައްޔަން ކުރާ މީހެއްގެ ނަން މަޖިލީހަށް ހުށަހަޅަން ޖެހޭނެ ކަމަށް އެ ދެ ބިލުގައި ބުނެފައިވެ އެވެ.
ފާސްކުރި ދެ ބިލުގައިވާ ގޮތުން ދެ ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރެވޭނީ، މަޖިލީހުގެ ޖަލްސާ އަށް ހާޒިރުވެ، އެކަމަށް ނަގާ ވޯޓެއްގައި ބައިވެރިވެވަޑައިގަންނަވާ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްވުމުންނެވެ.
ނަމަވެސް، މި ވަގުތު އޭސީސީ އާއި އީސީގެ ރައީސާއި ނައިބު ރައީސް ކަމުގެ މަގާމުގައި ތިއްބެވި ބޭފުޅުން މަގާމުން ވަކިވަންދެން އެ މަގާމުތަކުގައި ދެމިތިބެވޭނެ މާއްދާއެއް ވެސް ހިމަނައިފައިވެ އެވެ.
އީސީ އާއި އޭސީސީގެ ރައީސް ކަނޑައަޅާ ގޮތް ބަދަލުކުރަނީ
އޭސީސީ/އީސީ ވެރިން ކަނޑައަޅާ 2 ބިލު ތަސްދީގުކޮށްފި
އީސީއާއި އޭސީސީގެ މެންބަރުންތަކެއް ވަކިކުރަން ފާސްކޮށްފި
"2028ގައި ޕީއެންސީގެ ކެންޑިޑޭޓަކީ ރައީސް މުއިއްޒު"
މެންބަރުން ވަކިކުރަނީ ނުފޫޒަށް ލެނބުމުން
ބައެއް ކޮމިޝަންތަކުގެ މެމްބަރުން ވަކިކުރަނީ
އޭސީސީ/އީސީގެ ވެރިން ރައީސް ކަނޑައަޅާ ބިލް ކޮމެޓީއަށް
ގާނޫނަށް އިސްލާހު ގެންނަން އެދުނީ މުއައްސަސާތަކުން
ނުފޫޒެއް ނެތް، އިސްލާހު ކުރަން ޖެހުނު ކަމެއް ކުރާނަން
ދެ އިންތިހާބު އެއްކޮށްލުން، ރަނގަޅީ ކޮން ގޮތެއް؟