29 އޮކްޓޯބަރ 2024
މިނިވަން މުއައްސަސާތަކުގެ ވެރިން އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ގޮތަށް ގާނޫނުތައް އިސްލާހު ކުރުމަކީ މުއައްސަސާތަކުން އެދިގެން ހުށަހަޅާފައިވާ ކަމެއް ކަމަށް އެޗްއާރްސީއެމްގެ މެންބަރު އިސްމާއިލް ހަބީބު ވިދާޅުވެއްޖެ އެވެ.
މިނިވަން މުއައްސަސާތަކުގެ ވެރިން އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ގޮތަށް ގާނޫނުތައް އިސްލާހު ކުރުމަކީ މުއައްސަސާތަކުން އެދިގެން ހުށަހަޅާފައިވާ ކަމެއް ކަމަށް އެޗްއާރްސީއެމްގެ މެންބަރު އިސްމާއިލް ހަބީބު ވިދާޅުވެއްޖެ އެވެ.
އިލެކްޝަން ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސާއި ނާއިބު ރައީސް، ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރައްވާ ގޮތަށް ސަރުކާރުގެ ފަރާތުން ވަނީ ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅައިފަ އެވެ. މި އިސްލާހާ ގުޅިގެން އިދިކޮޅުގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.
އީސީގެ ނައިބު ރައީސް ކަން ވެސް ކުރެއްވި ހަބީބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ އިސްލާހަކީ މިނިވަން މުއައްސަސާތަކުން 2023 ގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހަށާއި، އެޓާނީ ޖެނެރަލްގެ އިތުރުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް، އޭސީސީ، އީސީ، އެޗްއާރުސީއެމް އަދި ސީއެއްސީގެ މެންބަރުން ހުށަހެޅި ޕޭޕަރުގައި ހިމެނިފައިވާ ކަމެއް ކަމަށެވެ.
"...އަދި އެއީ ދުނިޔޭގެ ކުރިއަރާފައިވާ އެމެރިކާ ފަދަ ގައުމުތަކުން ވެސް އެކަން ކުރަމުން އަންނަ ގޮތް،" ހަބީބު ވިދާޅުވި އެވެ.
މީގެއިރުކޮޅެއް ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިނިވަން މުއައްސަސާތަކަށް ބާރުފޯރުވުމަކީ މިއަދާ ހަމައަށް ވެސް ކުރެއްވި ކަމެއް ނޫން ކަމަށާއި ކުރިމަގުގައި ވެސް އެކަން ނުކުރައްވާނެ ކަމަށެވެ.
"އޭގެ ބަދަލުގައި، އެފަދަ ފަރާތްތަކުން އަދުލުވެރިކަމާއި، އިންސާފާއި، ހަމަހަމަކަމާ އެކު، ވަކި މީހަކަށް ބެލުމެއް ނެތި، ހަލުވި ދުވެލީގައި މަސައްކަތް ކުރަމުން ދޭތޯ ކަށަވަރު ކުރުމާއި އެ މަގަށް ކަންކަން ބައްޓަން ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ގާނޫނާއި ގަވާއިދަށް ގެންނަންޖެހޭ އިސްލާހެއްވާ ނަމަ އެ އިސްލާހެއް ގެންނަން ސަރުކާރުން ހުށަހަޅަމުން ގެންދާނެ ވާހަކަ ދަންނަވަން،" ރައީސް މުއިއްޒުގެ ޕޯސްޓުގައި ވިދާޅުވި އެވެ.
ދައުލަތުގެ ބާރުތަކަށާއި މިނިވަން މުއައްސަސާތަކަށް އަދި އިންތިހާބުކުރާ މަގާމުތަކަށް ނުފޫޒު ނުފޯރުވާނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު މި ދެއްވީ އޭސީސީ އާއި އިލެކްޝަންސް ކޮމިޝަންގެ ބާރު ކަނޑުވާލަން ރައީސް އުޅުއްވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވާހަކަތަކެއް ދެކެވޭތީ އެވެ.
އެއީ ނުފޫޒު ފޯރުވުން ކަމަށް އިދިކޮޅުން ބުންޏަސް ސަރުކާރުގެ ފަޅީގެ މެމްބަރުން ވިދާޅުވީ، އެއީ އެ ދެ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރުމުގެ ބާރު މުތުލަގަށް ރައީސަށް ލިބިދޭ އިސްލާހެއް ނޫން ކަމަށެވެ.
"އެ ކޮމިޝަންގެ މެންބަރު އައްޔަން ކުރުމުގައި މިހާރު ވެސް އަމަލުކުރާ ގޮތަކީ، ރައީސުލްޖުމްހޫރިއްޔާ ނަންތައް ފޮނުވުމުން ރައްޔިތުންގެ މަޖިލީހުން، އެ ކޮމިޝަނަށް މެންބަރުން އައްޔަން ކުރުން. ކޮމިޝަންގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރުމުގައި ވެސް ގެނެވޭ ބަދަލަކީ އެ އުސޫލުން އެކަން ކުރެވޭ ގޮތަށް ގެނެވޭ އިސްލާހެއް،" މަނަދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު ހުސްނީ މުބާރަކް ވިދާޅުވެފައި ވެ އެވެ.
ނުފޫޒެއް ނެތް، އިސްލާހު ކުރަން ޖެހުނު ކަމެއް ކުރާނަން
އީސީ އާއި އޭސީސީގެ ރައީސް ކަނޑައަޅާ ގޮތް ބަދަލުކުރަނީ
ބިލް ތަސްދީގު ނުކުރާނަމަ، ތާރީހު ބަދަލު ނުވާނެ: އީސީ
މެންބަރުން ވަކިކުރަނީ ނުފޫޒަށް ލެނބުމުން
ބައެއް ކޮމިޝަންތަކުގެ މެމްބަރުން ވަކިކުރަނީ
އޭސީސީ/އީސީގެ ވެރިން ރައީސް ކަނޑައަޅާ ބިލް ކޮމެޓީއަށް
އޭސީސީ އާއި އީސީގެ މިނިވަންކަމާމެދު ކަންބޮޑުވެއްޖެ
އެޗްއާރުސީއެމްގެ މެމްބަރު ކަމަށް ހަބީބް އައްޔަންކޮށްފި
އެޗްއާރްސީއެމްއަށް ހަބީބް އައްޔަން ކުރަން ފާސްކޮށްފި
ހަބީބް، އެޗްއާރުސީއެމަށް އައްޔަންކުރަން ކޮމިޓީގެ ރުހުން