ބްރިކްސް ގްރޫޕްގެ ގައުމުތަކުން ޑޮލަރަށް ބަރޯސާވުން ކުޑަކުރުމަށް ގެންގުޅޭ ޕްލޭނަށް އަމަލުކުރަން ފަށައިފި ނަމަ އެ ގައުމުތަކުން 100 ޕަސެންޓް ޓެރިފް ނަގާނެ ކަމުގެ އިންޒާރު އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި އެވެ.
ބްރިކްސް ގްރޫޕްގެ ގައުމުތަކުން ޑޮލަރަށް ބަރޯސާވުން ކުޑަކުރުމަށް ގެންގުޅޭ ޕްލޭނަށް އަމަލުކުރަން ފަށައިފި ނަމަ އެ ގައުމުތަކުން 100 ޕަސެންޓް ޓެރިފް ނަގާނެ ކަމުގެ އިންޒާރު އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި އެވެ.
"އަހަރެމެންނަށް ޔަގީންކަމެއް ބޭނުންވޭ... ބްރިކްސް އިން ކަރަންސީއެއް ނުއުފައްދާނެ ކަމާއި ބާރުގަދަ ޑޮލަރުގެ ބަދަލުގައި އެހެން ކަރަންސީއެއް ބޭނުން ނުކުރާނެ ކަމުގެ. އެހެން ނޫން ނަމަ އެ ގައުމުތަކަށް ޖެހޭނީ އެމެރިކާއިން 100 ޕަސެންޓް ޓެރިފްއާ ކުރިމަތިލާން،" ބްރެޒިލް، ރަޝިއާ، އިންޑިއާ، ޗައިނާ، ސައުތު އެފްރިކާ ފަދަ ގައުމުތައް ހިމެނޭ ގުރޫޕަށް އިޝާރާތް ކުރައްވައި ޓްރަމްޕް އޭނާގެ ޓްރޫތު ސޯޝަލް ވެބްސައިޓުގައި ލިޔުއްވާފައިވެ އެވެ.
ރަޝިޔާގެ ކަޒާންގައި މިދިޔަ މަހު ބޭއްވި ބްރިކްސް ސަމިޓުގައި ވަނީ ޑޮލަރު ނޫން މުއާމަލާތްތައް ކުރިއެރުވުމާއި އެ ގައުމެއްގެ އަމިއްލަ ފައިސާ ބޭނުންކުރުން ހަރުދަނާ ކުރުމާ ބެހޭ ގޮތުން ދެ ގައުމުން މަޝްވަރާކޮށްފަ އެވެ.
ބްރިކްސް ގްރޫޕް 2009 ވަނަ އަހަރު އުފައްދައި މިހާރު ވަރަށް ބޮޑަށް ފުޅާވެފައިވާއިރު، އޭގެ ތެރޭގައި އީރާން، މިސްރު އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް ފަދަ ގައުމުތައް ހިމެނެ އެވެ. ޖުމްލަގޮތެއްގައި ދުނިޔޭގެ އިގްތިސާދީ އުފެއްދުންތެރިކަމުގެ ބޮޑު ބަޔަކީ ބްރިކްސް ކޯލިޝަނެވެ.
މިދިޔަ އޮކްޓޫބަރު މަހު ބޭއްވި ކަޒާން ސަމިޓުގައި ރަޝިޔާގެ އިސްނެގުމަށް ވަނީ، ބްރިކްސްގެ ތެރޭގައި ކޮރެސްޕޮންޑެންޓް ބޭންކިން ނެޓްވޯކްތައް ހަރުދަނާކޮށް ބްރިކްސް ކްރޮސް ބޯޑަ ޕޭމަންޓްސް އިނީޝިއޭޓިވްއާ އެއްގޮތްވާ ގޮތުގެ މަތިން ކޮންމެ ގައުމެއްގައި ވެސް އެ ގައުމެއްގެ ލޯކަލް ކަރަންސީން ސެޓްލްމަންޓްތައް ހެދުމަށް ބާރުއެޅުމުގެ ގޮތުން ގަރާރެއް ވެސް ފާސްކޮށްފަ އެވެ.
ސަމިޓް ނިންމަވާލައްވަމުން ޕުޓިން އިޝާރާތް ވިދާޅުވީ ބެލްޖިއަމްގެ ސްވިފްޓް ފައިނޭންޝަލް މެސެޖިން ސިސްޓަމް (ސްވިފްޓް) އާ ވާދަކުރެވޭނެ ވަސީލަތެއް ތައާރަފް ކުރުމުގައި މާ ބޮޑު ކުރިއެރުމެއް ލިބިފައި ނުވާ ކަމަށެވެ.
ޓްރަމްޕް ވިދާޅުވީ ބްރިކްސްގެ ގައުމުތަކުން މިހާރު ގެންގުޅޭ ޕްލޭނާ އެކު ކުރިއަށްދާން ބޭނުންވާ ނަމަ އެ މީހުން ޖެހޭނީ "ވަރުދަ އެމެރިކާ" ގެ އިގްތިސާދަށް މުދާ ވިއްކުން ހުއްޓާލަން ކަމަށެވެ.
އެމެރިކާ ޑަބްލިޔުއެޗްއޯއިން ވަކިވެ ބޮޑެތި ނިންމުންތަކެއް
ބަލައިގަންނާނީ 'ދެ ޖިންސު' އެކަނި: ޓްރަމްޕް
ޓްރަމްޕުގެ ވައުދާއެކު އެމެރިކާއަށް ޓިކްޓޮކް އަލުން ދީފި
މަހުޖަނުންގެ ނުފޫޒުން ގައުމު ސަލާމަތްކުރާތި: ބައިޑެން
ޓްރަމްޕް: އަލިފާން ނިއްވާނުލެވޭ، މިއީ ކޮން ބައެއް؟
ޓްރަމްޕަށް ސާބިތުވި ކުށަށް އަދަބު ނުދޭން ހުކުމްކޮށްފި
ޓްރަމްޕަށް އަދަބު ދިނުން ހުއްޓުވަން ސުޕްރީމް ކޯޓަށް
ޓްރަމްޕުގެ އިންޒާރެއް: ޕެނަމާ ކެނަލް އަތުލަންޖެހިދާނެ
ޓްރަމްޕަށް ކުރި ދައުވާއެއް އަނބުރާ ގެންދަނީ
ބަދަލުހިފުމެއް ނެތި ޓްރަމްޕަށް ބައިޑެން ދެއްކެވީ ނަމޫނާ