ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން މާލެ ސަރަހައްދުގައި 13،000 ހައުސިން ޔުނިޓް އަޅަން ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް މިއަދު ވިދާޅުވެއްޖެ އެވެ.
01 ޑިސެމްބަރ 2024
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން މާލެ ސަރަހައްދުގައި 13،000 ހައުސިން ޔުނިޓް އަޅަން ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް މިއަދު ވިދާޅުވެއްޖެ އެވެ.
ބޯހިޔާވަހިކަމުގެ އެ މަޝްރޫއުތައް ކުރިއަށް ގެންދަން އެފްޑީސީން މިހާރު ވަނީ ބޭރުގެ ތިން ކުންފުންޏަކާ އެކު ފްރޭމްވޯކް އެއްބަސްވުންތަކެއްގައި ސޮއިކޮށްފަ އެވެ. އޭގެ ތޭރެއިން 3،000 ޔުނިޓް އަޅަން ފްރޭމްވޯކް އެއްބަސްވުމުގައި ސޮއިކުރީ ސްރީ ލަންކާގެ ކުންފުންޏަކާ އެކު އެވެ.
މާލެ އާއި ރަށްރަށުގައި 27،000 އަށް ވުރެ ގިނަ ހައުސިން ޔުނިޓް އަންނަ އަހަރު އަޅަން ފަށާނެ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހު ފަހުކޮޅު ވަނީ އިއުލާން ކުރައްވައިފަ އެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުގައި 15،000 އަދި ރަށްރަށުގައި 12،940 ހައުސިން ޔުނިޓް އަޅަން ވަނީ ނިންމައިފަ އެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއެއްގައި ހަމްދާން ވިދާޅުވީ މާލޭ ސަރަހައްދުގައި އަޅާ ސޯޝަލް ހައުސިން ޔުނިޓްތަކުގެ މަސައްކަތްކުރަން ބޭނުންވާ ފައިނޭންސް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ މަޝްރޫއުތައް ކުރިއަށް ގެންދަނީ ބޭރުގެ އެކި ފައިނޭންސް އެޖެންސީތަކުން ލޯނު ނަގައިގެންނެވެ.
ހަމްދާން ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި އެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގެ ހުއްދައަށް އެދޭނެ އެވެ. އަދި ހަތަރު މަސް ދުވަހުގެ ތެރޭގައި މަޝްރޫއު އިފްތިތާހުކުރެވޭނެ ކަމަށް ހަމްދާން ވިދާޅުވި އެވެ.
އެހެންވެ، މަޝްރުއުއާ ގުޅޭ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
އެފްޑީސީއަކީ ސޯޝަލް ހައުސިން މަޝްރޫއުތައް ހިންގަން 2019 ގައި އުފެއްދި ކުންފުންޏެކެވެ. އެ ކުންފުނިން މިހާރު އަންނަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 4،000 ފްލެޓް އެޅުމުގެ މަސައްކަތް ކުރަމުންނެވެ.
އެ ފްލެޓްތަކުގެ މަސައްކަތް އެއްކޮށް ނިންމައި އަންނަ އަހަރު އެތަނުގައި މީހުންނަށް އުޅެވޭނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
ސޯޝަލް ހައުސިންއާ ގުޅުން ހުރި ޒިންމާތައް އެޗްޑީސީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިޔަ ނަމަވެސް އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައިވާ ގޮތުން އެ ޒިންމާ އެފްޑީސީއާ ހަވާލުކުރަން ވަނީ ނިންމައިފަ އެވެ. އެއީ، ސޯޝަލް ހައުސިން މަޝްރޫއުތައް މިހާރަށް ވުރެ ރަނގަޅަށް ދިރާސާކޮށް، އެކަމާ ގުޅޭ އެންމެހާ ކަންކަމުގައި ފޯކަސް ގެއްލުވާނުލައި ސީދާ އެފަދަ މަޝްރޫއުތައް ހިންގުމަށެވެ.
3،000 ހައުސިން ޔުނިޓްގެ ފްރޭމްވޯކެއްގައި ސޮއިކޮށްފި
ފްލެޓްތަކަށް ކުލި ނުދައްކާތީ ފިޔަވަޅު އަޅަން އިންޒާރު
އެންމެ އަވަަހަށް ނިންމާ 4 ޓަވަރުގައި ލިފްޓު ހަރުކުރަނީ
ރާއްޖޭގެ އުތުރާއި ދެކުނުގައި 40،000 ފްލެޓް އަޅަނީ
ފެބުރުއަރީގައި 512 ފްލެޓް ހަވާލުކުރެވޭނެ: ހަމްދާން
ގޯތިތައް ފުށިދިއްގަރުފަޅަށް ބަދަލުކުރި ވާހަކަ ދޮގުކޮށްފި
ފަހި ދިރިއުޅުން "އަމާން ދޯދި" މޮކް-އަޕް ދައްކާލައިފި
ދައުލަތަށް ބިން ދޫކޮށްލުމުން ފްލެޓް ހިލޭ ލިބޭނެ
ދަތި ހާލު އަދަދަތަކުން, އަނެއްކާވެސް ދިގު ކިޔޫއެއް!
ގޯއްޗަށް ކުރިމަތިލާން އެމްޑީޕީން އެހީތެރިކަން ދެނީ