ރާއްޖޭގެ ހުރިހާ ރަށެއްގައި ދުންފަތާ ދުރުވުމަށް އެހީވުމަށް "ޓޮބޭކޯ ސިޒޭޝަން ކްލިނިކް" ތައް ގާއިމް ކުރަން ސަރުކާރުން ނިންމައިފި އެވެ.
04 ޑިސެމްބަރ 2024
ރާއްޖޭގެ ހުރިހާ ރަށެއްގައި ދުންފަތާ ދުރުވުމަށް އެހީވުމަށް "ޓޮބޭކޯ ސިޒޭޝަން ކްލިނިކް" ތައް ގާއިމް ކުރަން ސަރުކާރުން ނިންމައިފި އެވެ.
ދުންފަތުގެ އިސްތިއުމާލުކުރުމުގެ މައްސަަލަ އަށް ދާއިމީ ހައްލެއް ހޯދުމަށް، ފިޔަވަހިތަކަކަށް ބަހާލައިގެން، ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ފާހަގަކުރެވޭ ރަނގަޅު ނަތީޖާއެއް ހާސިލް ކުރެވޭނެ ޕްލޭނެއް އެކުލަވައިލަން މިދިޔަ އާދިއްތަ ދުވަހު ބޭއްވި ކެބިނެޓްގެ ބައްދަލުވުމުގައި ވަނީ ނިންމައިފަ އެވެ.
އެ ބައްދަލުވުމުގައި ނިންމި ނިންމުމާ ގުޅޭ ތަފްސީލް ހާމަކުރަމުން ރައީސް އޮފީހުން މިއަދު ބުނީ، ހުރިހާ ރަށަކާއި ސިޓީއެއްގައި ގާއިމްކުރުމަށް ބޭނުންވާ ވަސީލަތްތައް އެންމެ ކުރު މުއްދަތެއްގައި ހަމަޖައްސަން ނިންމާފައިވާ ކަމަށެވެ.
މީގެ ދަށުން ދުންފަތާ ދުރުވާން ބޭނުންވާ މީހުންނަށް ބޭނުންވާ ބޭސް އެސްޓީއޯގެ ދަށުން ހުރިހާ ރަށެއްގައި ލިބޭނެ ގޮތް ވެސް ހަމަޖައްސާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ކެބިނެޓުން ނިންމާފައިވަނީ ސިއްހީ ހިދުމަތް ދޭ ހުރިހާ ތަނެއްގައި ޕްރިވެންޓިވް ހެލްތު ކެއާގެ ދަށުން ދުންފަތާ ދުރުވުމުގެ ފަރުވާ ދިނުމަށެވެ.
މާސްޓާ ޕްލޭންގެ ދަށުން ދުންފަތާ ދުރު މުޖުތަމައުއެއް ބިނާކުރުމަށް އިޖުތިމާއީ ގޮތުން ހަރަކާތްތެރިވާ ފަރާތްތަކާއި ދުންފަތުގެ އިސްތިއުމާލުނުކުރާ ރަށްރަށް ފާހަގަކުރުމަށް އިނާމެއް ދިނުމަށް ވެސް ވަނީ ނިންމައިފަ އެވެ.
ރައީސް އޮފީހުން މީގެ ކުރިން ބުނީ، އެ އިނާމު ލިބޭ ރަށެއްގެ އިޖުތިމާއީ ކަމަކަށް މާލީ އެހީތެރިކަން ދިނުން ފަދަ ކަންކަން ހިމަނައިގެން މާސްޓަ ޕްލޭން އެކުލަވައިލުމަށް ރައީސް މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.
އެ މަނިކުފާނު ވަނީ ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓް ތިން ރުފިޔާއިން އަށް ރުފިޔާއަށް ބޮޑުކުރުމާ އެކު ދުންފަތުން ނަގާ އެޑްވަލޮރަމް ރޭޓް 50 ޕަސެންޓް މަތިކުރުން ވެސް ނިންމަވައި ގާނޫނަށް އެ އިސްލާހު ގެންނަވައިފަ އެވެ.
ރާއްޖޭގައި ވޭޕް މަނާކުރާ ބިލް ތަސްދީގުކޮށްފި
ދުންފަތް ވިއްކޭނެ ހަގު އުމުރަކީ 21ކަމަށް ކަނޑައަޅަނީ
ދުންފަތާ ދެކޮޅަށް ނަތީޖާ ހާސިލްކުރެވޭނެ ޕްލޭނެއް ހަދަނީ
ވޭޕް މަނާކުރާ އިސްލާހުތައް މިހަފުތާގައި މަޖިލީހަށް
ކެންސަރު ދުވަސް:ރައީސް އެދިވަޑައިގަތީ ދުންފަތާ ދުރުވާން
ދުންފަތް މަނާ ނުކުރެވުނު ސަބަބު ސާފުކޮށް ދެއްވައިފި
ބޮޑެތި ޖޫރިމަނާތަކާ އެކު، ވޭޕް މަނާކުރަން ފާސްކޮށްފި
ވޭޕްމަނާކުރުމާ ހަމައަށް ޑިއުޓީ ބޮޑުކުރާ ބިލް ކޮމިޓީއަށް
މަނާކުރާ ތާރީހާ ދެމެދު ވޭޕްގެ ޑިއުޓީ ބޮޑުކުރަނީ
އާއްމު ސިއްހަތަށްޓަކައި އެންމެ ވަރުގަދަ ނިންމުން