އެޗްޑީސީ އަށް އެކި ފަރާތްތަކުން ދައްކަން ޖެހޭ 14 ބިލިއަން ރުފިޔާ ނުލިބި އެބައޮތް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
04 ޑިސެމްބަރ 2024
އެޗްޑީސީ އަށް އެކި ފަރާތްތަކުން ދައްކަން ޖެހޭ 14 ބިލިއަން ރުފިޔާ ނުލިބި އެބައޮތް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގައި އޭނާ ވިދާޅުވީ، އެކި ކުންފުނިތަކުން ވެސް 1.4 ބިލިއަން ރުފިޔާ ލިބެން ޖެހޭއިރު، އެޗްޑީސީ އަށް މިހާތަނަށް އެކި ފަރާތްތަކުން ލިބެން ޖެހި އެހާ ބޮޑު އަދަދެއް އޮތުމުން އެކަމަށް ހައްލުތަކެއް ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ފަޒުލް ވިދާޅުވީ، މަގާމާ ހަވާލުވެވަޑައިގެން، އެޗްޑީސީ އަށް ނުލިބި ހުރި ފައިސާ އިން 226 މިލިއަން މިހާރު ހޯދިފައިވާ ކަމަށެވެ.
ކުންފުނިތަކާއި އިދާރާތަކާއި އާންމު ފަރާތްތަކުން އެޗްޑީސީ އަށް ދޭން ޖެހޭ ފައިސާ ހޯދުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެމްޑީ ވިދާޅުވި އެވެ. އެޗްޑީސީ އަށް ދައްކަން ޖެހޭ ބިލްތައް ހުރި ނަމަ، އެ ކުންފުންޏެއް އިތުރު ޕްރޮޖެކްޓްތަކަށް ބިޑު ހުށަހެޅި ނަމަވެސް، ބަލައި ނުގަތުމަށް ވެސް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ފައިސާ ހޯދުމަށް ތަކުރާރުކޮށް އޮންނަ އުސޫލުގެ ތެރެއިން ނޯޓިސްތައް ފޮނުވަމުން އަންނަ ކަމަށް ފަޒުލް ވިދާޅުވި އެވެ.
"ނޯޓިސް އަށް އިޖާބަ ނުދޭ ފަރާތްތަކަށް އަޅުގަނޑުމެން ލީގަލް އިން އަންނަނީ ޕްރޮސެސް ކުރަމުން. އޭގެ ކުރިން ކޮމާޝަލް ޑިވެލޮޕްމެންޓެއް ވިއަސް، ކޮމާޝަލް ތަނެއް ކުއްޔަށް ހިފައިގެން ހުންނަ ތަނަކަށް ލާރި ދައްކަން ބޭނުން ވެއްޖެ ހާލަތެއްގައި އެ ވިޔަފާރިވެރިއަކަށް ފުރުސަތެއް މި ދެނީ، އަޅުގަނޑުމެންނަށް ވެސް އެއްބަސްވެވޭ މުއްދަތެއްގެ ތެރޭގައި އުނދަގޫ ނޫން ގޮތަކަށް ބަހާލައިގެން ދައްކަން،" އޭނާ ވިދަޅުވި އެވެ.
ފަޒުލް ވިދާޅުވިގޮތުގައި، އެޗްޑީސީ އަށް ފައިސާ ނުލިބި އެހާ ބޮޑެތި އަދަދުތަކެއް ހުރީ، މީގެ ކުރިން ވެސް އެ ފައިސާ ހޯދުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައި ނެތުމުންނެވެ.
"1.4 ބިލިއަންގެ ތެރޭގައި ލީޒްގެ ތެރެއިން ރިކަވާ ނުކުރެވި ގާތްގަނޑަކަށް 699 މިލިއަން ރުފިޔާ އެބައުޅޭ. ޑިވަލޮޕްމެންޓް އެންޑް ސޭލްސް ގެ ގޮތުގައި 720 މިލިއަން އެބައުޅޭ،" އޭނާ ވިދާޅުވި އެވެ.
އެޗްޑީސީން ވަކިކުރި މީހުންނަށް އަލުން ވަޒީފާ ދީފި
ފަޒުލްގެ ގެއިން ބައެއް ތަކެތި ފުލުހުން ގެންގޮސްފި
ފަޒުލް ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި
ޒުހޫރުގެ ބޮޑެތި ތުހުމަތުތަކެއް ފަޒުލްއަށް
ނުހައްގު ގޯތިތަކުގެ މައްސަލަ އޭސީސީން ވެސް ބަލަނީ
އެމްޑަބްލިއުއެސްސީން ފަޒީލް ސަސްޕެންޑްކޮށްފި
ފަޒީލް އަށް ގޯތި ހައްގު ނޫނަސް ވަށާފާރު ހުރީ ރާނާފައި
ފަޒުލް އާއި އެޗްޑީސީގެ ބޯޑު އެއްކޮށް ސަސްޕެންޑްކޮށްފި
ފަޒުލް ބެލީ ހައުސިންގެ ތެރެއިން މައްސަލަ ހައްލުކުރަން
ވެރިފައި ނުކޮށް އެއްވެސް ގޯއްޗެއް ނުދޭ: ފަޒުލް