Roadha Mihaaru
ގްލޯފިޓްގެ ހާއްސަ ޒުމްބާ ކްލާސްތަކެއް ފަށަނީ

ގްލޯފިޓުން ހާއްސަ ޒުމްބާ ކްލާސްތަކެއް ފަށަނީ

08 މާޗް 2017

ޒުމްބާގެ ހާއްސަ ކްލާސްތަކެއް މާދަމާ ކުރިއަށް ގެންދަން ގްލޯފިޓް އިން ތައްޔާރުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޒުމްބާގެ ހާއްސަ ކްލާސްތަކެއް މާދަމާ ކުރިއަށް ގެންދަން ގްލޯފިޓް އިން ތައްޔާރުވެއްޖެ އެވެ.

ޢިޔާސުއްދީން ސްކޫލުގެ ހޯލުގައި ބާއްވާ ޒުމްބާ ފިޓްނެސް އަދި ސްޓްރޯންގް ޒުމްބާގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވެސް އޮންނާނެ ކަމަށް އެ ޖިމް ސެންޓަރުގެ ޑިރެކްޓަރު ހިޝްމަތު ފާއިޒު (ހިޝްކޮ) ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 100ރ. އަށް ގެ ޓިކެޓް ގަނެގެން ޒުމްބާ ކްލާހުގައި ބައިވެރިވެވޭނެ ކަމަށެވެ. ޓިކެޓް ލިބެން ހުންނާނީ ގްލޯފިޓް އިންނެވެ.

"ވަރަށް ރަނގަޅު ފުރުސަތެއް ލިބިގެން މި ދަނީ. ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުންނަން ބޭނުންވާ ހުރިހާ އެންމެން ވެސް މި ފުރުސަތުގެ ބޭނުން ހިފުން ރަނގަޅު." ހިޝްކޮ ވިދާޅުވި އެވެ.

ސްޓްރޯންގް ޒުމްބާ އޮންނާނީ މާދަމާ ރޭގެ 8:15 ގަ އެވެ. އެއީ ދެ ޖިންސުގެ މީހުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ކްލާހެކެވެ. ހަމައެކަނި އަންހެނުންނަށް ހާއްސަކޮށް ހިންގާ ޒުމްބާ ފިޓްނެސް އޮންނާނީ މާދަމާ ރޭ 9:15ގަ އެވެ. ހިޝްކޮ ވިދާޅުވީ ދެ ކްލާހުގައި ވެސް ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެެ.

"ކޮންމެ ކްލާހެއްގައި ބައިވެރިވާން ޓިކެޓް ގަންނަން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

އެ ޖިމް އިން ވަނީ ޒުމްބާގެ ބޭސިކް 1 އަދި ސްޓްރޯންގް ޒުމްބާ ދަސްކޮށްދޭން ޓްރެއިނިން ޕްރޮގްރާމެއް މިއަދު ފަށަން ތައްޔާރުވެފަ އެވެ. އަންނަ ހުކުރު ދުވަހާ ހަމައަށް ކުރިއަށްގެންދާ އެ ޓްރެއިނިނިން ޕްރޮގްރާމުން 100 އަށްވުރެ ގިނަ އިންސްްރަކްޓަރުން ތަމްރީނުކުރެވޭނެ ކަމަށް ވެސް ހިޝްކޮ ވިދާޅުވި އެވެ. އެ ޓްރެއިނިން ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާނަމަ، ގްލޯނެޓްގެ ވެބްސައިޓް މެދުވެރިކޮށް ރެޖިސްޓާ ވެވޭނެ އެވެ.

މީގެ އިތުރުން ޒުމްބާ މާސްޓާ ކްލާހެއް ވެސް ހިންގަން ނިންމާފައިވާއިރު އެ ކްލާސް އޮންނާނީ މާދަމާ ރޭ އެވެ. ހިޝްކޮ ވިދާޅުވީ އެ ކްލާހުގައި ބައިވެރިވާ މީހުންގެ މެދުގައި ގުރުއަތެއް ނަގައި، އެސްޓީއޯގެ ހާއްސަ ހަދިޔާއެއް ދޭނެ ކަމަށެވެ.

ގްލޯފިޓް އަކީ 2009 ވަނަ އަހަރު ހުޅުވި ޖިމް ސެންޓަރެކެވެ. އެ ތަނުން ތަފާތު އެކި ފިޓްނެސް ޓްރެއިނިންތަކާއި ސިއްހީ މައުލޫމާތު ދިނުމަށް ހަރަކާތްތައް ހިންގަ އެވެ.