މ. ގްރީން ބިލްޑިންގްގައި މިއަދު ހެނދުނު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ތިމާވެއްޓާ ބެހޭ މިނިސްޓްރީ އާއި އީޕީއޭ އިން ދެމުން އަންނަ ހިދުމަތްތައް ވެސް މެދުކަނޑާލަން ޖެހިއްޖެ އެވެ.
12 ޑިސެމްބަރ 2024
މ. ގްރީން ބިލްޑިންގްގައި މިއަދު ހެނދުނު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ތިމާވެއްޓާ ބެހޭ މިނިސްޓްރީ އާއި އީޕީއޭ އިން ދެމުން އަންނަ ހިދުމަތްތައް ވެސް މެދުކަނޑާލަން ޖެހިއްޖެ އެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީ އާއި އީޕީއޭގެ މައި އޮފީސް ވެސް ހިންގަނީ އެ އިމާރާތުގަ އެވެ.
އީޕީއޭ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން އެ އެޖެންސީން ދެމުން އައި ހިދުމަތްތައް މެދުކަނޑާލަން ޖެހިފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ހިދުމަތްތައް އަލުން ފެށުމާ އެކު އާންމުކޮށް އަންގާނަން،" އީޕީއޭ އިން ބުންޏެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ މި ހާދިސާގައި އެ އޮފީހުގެ އެއްވެސް މުވައްޒަފަކަށް އަނިޔާއެއް ނުލިބޭ ކަމަށެވެ. ނަމަވެސް، އެ އޮފީހުން ދެމުން އައި ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލަން ޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މ. ގްރީން ބިލްޑިންގްގައި ސަރުކާރުގެ މުހިންމު ގިނަ އޮފީސްތަކެއް ހިންގަ އެވެ. އޭގެ ތެރޭގައި ތިމާވެއްޓާ ބެހޭ މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި މާލޭ ސިޓީ ކައުންސިލްގެ ވައިޓަލް ރެޖިސްޓްރޭޝަން އޮފީސް ވެސް ހިމެނެ އެވެ. އަލިފާނުގެ ހާދިސާގައި އެ ހުރިހާ ތަނަކަށް ވެސް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފަ އެވެ.
ލޯކުރިމަތިން އެތައް ހަނދާނެއް އަނދައި އަޅިޔަށް
ހުޅުމާލޭ ކެފޭއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
އަލިފާނުގައި ދެ ގެއެއްގެ ފެން ހޮޅިއަށް ގެއްލުންވެއްޖެ
ފުރުޓް ފިހާރާގައި ރޯވެ 10 މިލިއަން ރުފިޔާގެ ގެއްލުން
ރޭގައި ރޯވި ގޭގެ އެއް ކޮޓަރި އަނދައި ހުލިވި
ގަލޮޅުގެ ގެއެއްގައި ރޯވެއްޖެ
ރީތި ރަށުގެ ވޯޓާ ވިލާއެއްގައި އަލިފާނުގެ ހާދިސާއެއް
ގްރީންބިލްޑިން އެނދީ ސިފައިންގެ އިހުމާލުން: އެމްޑީޕީ
ތިން ގެއަކުން 29 މީހުން ވަގުތީ ހިޔާތަކަށް
އެހީތެރިކަން ބޭނުންވެގެން 50 ރިޕޯޓް ލިބުނު