Roadha Mihaaru

އިލެކްޝަން ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރަން ދެ ބޭފުޅެއްގެ ނަން ފޮނުވައިފި

އިލެކްޝަން ކޮމިޝަން (އީސީ) ގެ މެންބަރު ކަމަށް އައްޔަންކުރަން ދެ ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފަ އެވެ.

އީސީގެ މެންބަރުކަމަށް ދެ ބޭފުޅެއްގެ ނަން ފޮނުވައިފި

އިލެކްޝަން ކޮމިޝަން (އީސީ) ގެ މެންބަރު ކަމަށް އައްޔަންކުރަން ދެ ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފަ އެވެ.

އީސީއަށް އައްޔަން ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މަޖިލީހަށް ފޮނުއްވީ ހިއުމަން ރައިޓްސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޒާހިދާއި އިލެކްޝަންސް ކޮމިޝަންގެ ސެކެޓްރީ ޖެނެރަލްކަން ކުރިން ކުރެއްވި އަބްދުއްރަހްމާން ސޮލާހު ރަޝީދެވެ.

އެ ދެ ބޭފުޅުންގެ ނަން ދިރާސާ ކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ.

މީގެ ތެރެއިން ޒާހިދު އެޗްއާރްސީއެމްއިން ވަކިކުރީ ކުރީގެ މަޖިލީހުގައި އޭނާގެ އިތުބާރު ނެތް ކަމަށް ފާސްކޮށްގެންނެވެ.

އިލެކްޝަން ކޮމިޝަންގެ ތިން މަގާމެއް ހުސްކޮށް އޮތުމުން އެ ކޮމިޝަން މި ވަގުތު އޮތީ ހުއްޓިފަ އެވެ. ކޮމިޝަންގެ ބައްދަލުވުންތައް ބޭއްވޭނީ ދެބައިކުޅަ އެއްބަޔަކަށް ވުރެ ގިނަ މެންބަރުން ހާޒިރުވެގެން ކަމަށް ވާއިރު، ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި ފުއާދު ތައުފީގުގެ ދައުރު ހަމަވެ އަދި އެހެން ދެ މެމްބަރަކު މަގާމުން ވަކި ކުރުމުން އެ ދެ މަގާމު ވެސް މި ވަގުތު އޮތީ ހުސްވެފަ އެވެ. ކޮމިޝަންގައި ޖުމްލަ ފަސް މެންބަރުން ތިބޭއިރު، މި ވަގުތު މަގާމުގައި ތިއްބެވީ ދެ މެންބަރުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަލީ ނަޝާތާއި މެންބަރު މުހައްމަދު އާސިފް މަގާމުން ވަކިކުރީ މަޖިލީހުގެ ކޮމިޓީން ބެލި މައްސަލަތަކަކާ ގުޅިގެންނެވެ.