Roadha Mihaaru

އީސީގެ ރައީސަކަށް ޒާހިދު، ނާއިބަކަށް ސޮލާހު އައްޔަންކުރަން ފޮނުވައިފި

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސަކަށް އެ ކޮމިޝަންގެ މެމްބަރު މުހައްމަދު ޒާހިދު އަދި ނައިބު ރައީސަކަށް އަބްދުއްރަހްމާން ސޮލާހު ރަޝީދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

އީސީގެ ރައީސަކަށް ޒާހިދު، ނާއިބަކަށް ސޮލާހު އައްޔަން
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

10 ފެބުރުއަރީ 2025

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސަކަށް އެ ކޮމިޝަންގެ މެމްބަރު މުހައްމަދު ޒާހިދު އަދި ނައިބު ރައީސަކަށް އަބްދުއްރަހްމާން ސޮލާހު ރަޝީދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުން އެ ކޮމިޝަންގެ ރައީސާއި ނައިބު ރައީސް ކަނޑައެޅުމުގެ ބާރު ދީފައި އޮންނަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.

އީސީގެ ރައީސަކަށް ޒާހިދު އަދި ނައިބަކަށް ސޮލާހު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލިހުގެ ރުހުން ހޯއްދަވަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލިހަށް ފޮނުއްވި ސިޓީފުޅު މިއަދުގެ ޖަލްސާގައި އިއްވި އެވެ.

އީސީގެ މެމްބަރަކަށް ޒާހިދާއި ސޮލާހު ވެސް އައްޔަން ކުރެއްވީ މިދިޔަ ޖެނުއަރީ މަހު އެވެ.

ޒާހިދަކީ މީގެ ކުރިން ހިއުމަން ރައިޓްސް ކޮމިޝަންގެ ނައިބު ރައީސް ކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އެޗްއާރްސީއެމުން ވަކިކުރީ ކުރީގެ މަޖިލީހުގައި އޭނާގެ އިތުބާރު ނެތް ކަމަށް ފާސްކުރުމުންނެވެ.

ސޮލާހު އީސީ އަށް އައްޔަންކުރީ މިދިޔަ ޖެނުއަރީ މަހު އެވެ. ސޮލާހު އެންމެ ފަހުން ހުންނެވީ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީއަކަށެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ ކުރީކޮޅުގަ އެވެ.