ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވި ތިން މިނިސްޓްރީގެ މަސައްކަތްތައް ވަގުތީ ގޮތުން ދަރުބާރުގެ އަށް ބަދަލުކުރަން ފަށައިފި އެވެ.
13 ޑިސެމްބަރ 2024
ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވި ތިން މިނިސްޓްރީގެ މަސައްކަތްތައް ވަގުތީ ގޮތުން ދަރުބާރުގެ އަށް ބަދަލުކުރަން ފަށައިފި އެވެ.
އިއްޔެ ހެނދުނު 6:30 ހާއިރު އެންމެ ފުރަތަމަ ރޯވީ ހައުސިން މިނިސްޓްރީގަ އެވެ. އޭގެ ފަހުން، ހުޅުގަނޑު ބޮޑުވަމުން ގޮސް، އެ އިމާރާތުގައި ހިންގާ ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެ ތަނާ ޖެހިގެން ހުންނަ އެންވަޔަރަންމެންޓް މިނިސްޓްރީގައި ރޯވި އެވެ.
ހަތަރު ގަޑިއިރު ފަހުން އަލިފާން ނިއްވާލިއިރު މުޅި ތަން ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައި ހުލިވެފަ އެވެ.
ހައުސިން މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ، އެ ތަނުގެ މަސައްކަތްތައް ވަގުތީ ގޮތުން ދަރުބާރުގެއަށް ބަދަލުކުރަމުން އަންނަ ކަމަށެވެ. އެ ހުރިހާ ކަމެއް މިރޭ 10:00 ގެ ކުރިން ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
HDC that never sleeps, setting up temporary workspace in Dharubaaruge for the @MHLUDmv in this hour of need. #WithHDC @FaZuLRaShYd @min_mhlud pic.twitter.com/DXHj0v3S5G
— Pokman ?? (@PokmanMV) December 12, 2024
އެޗްޑީސީގެ އެހީގައި، އެހެން މިނިސްޓްރީތަކުން ވެސް އަންނަނީ ދަރުބާރުގެ، ވަގުތީ އޮފީސް ސެޓަޕްއަކަށް ބަދަލުކުރުމުގެ ތައްޔާރީތައް ވަމުންނެވެ.
ދަރުބާރުގޭގައި މި ވަގުތު ވެސް ފްލެޓު ލިސްޓުގެ އިވެލުއޭޝަން ޓީމްގެ މަސައްކަތްތައް ކުރެ އެވެ.
ސިޓީ ކައުންސިލްގެ ވައިޓަލް ރެޖިސްޓްރޭޝަންގެ އޮފީސް ވެސް ހިންގަމުން ދިޔައީ ރޯވި އިމާރާތުގަ އެވެ. އެ އޮފީހުގެ މަސައްކަތްތައް ވަނީ ހުޅުމާލެއަށް ބަދަލުކޮށްފަ އެވެ.
މީގެ 34 އަހަރު ކުރިން ރާއްޖޭގައި ބޭއްވި ފަސް ވަނަ ސާކް ސަމިޓަށް އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިސްނެންގެވުމަކަށް ހެދި ދަރުބާރުގެއަކީ ކުއްލި ހާލަތްތަކުގައި ސަރުކާރުގެ އެކި ކަންކަމަށް އާންމުކޮށް ބޭނުންކުރާ އިމާރާތެކެވެ. އެންމެ ފަހުން މުޅި ދަރުބާރުގެ އެއްކޮށް ބޭނުންކުރީ ކޮވިޑް-19 އާ ގުޅިގެން އިމަޖެންސީ ސެންޓަރު ހިންގާށެވެ. ގާތްގަނޑަކަށް ހަތަރު އަހަރު ވަންދެން ކޮވިޑާ ގުޅޭ ކަންތައްތަކުގައި ދަރުބާރުގެ ބޭނުންކުރި އެވެ.
މާލޭގައި 1990 ވަނަ އަހަރު ބޭއްވި ސާކް ސަމިޓަށް ހެދި ދަރުބާރުގޭގައި ފަހުން ވަނީ ޖާގަ ބޮޑު އިތުރު އިމާރާތެއް އަޅައިފަ އެވެ. ސާކް ސަމިޓު ބާއްވަން ހެދީ މިހާރު ފެންނަން ހުންނަ ދަރުބާރުގޭގެ މައި ހޯލެވެ.
އަލިފާނުގެ ހާދިސާގެ ތަގުގީގަށް އިންޑިއާގެ ޓީމެއް
އަލިފާނުގެ ހާދިސާގެ މައުލޫމާތު ހިއްސާ ކުރަން އެދިއްޖެ
އަލިފާނުގެ ހާދިސާގެ ކަންކަން ކޮމިޓީން ބަލަނީ
"ހައުސިންއާ ގުޅުންހުރި އެއްވެސް މައުލޫމާތެއް ނުގެއްލޭ"
އަލިފާނުގެ ހާދިސާގެ ތަހުގީގަށް ބޭރުގެ އެހީ ހޯދަނީ
ސާވާ ސަލާމަތް ނުކުރެވި ބޮޑު ގެއްލުމެއް!
ސަލާމަތްކުރެވުނީ ވަރަށް މަދު ލިޔުންތަކެއް: ހައިދަރު
ލޯކުރިމަތިން އެތައް ހަނދާނެއް އަނދައި އަޅިޔަށް
ހައުސިން މިނިސްޓްރީން 10މީހަކު ސަސްޕެންޑް ކޮށްފި
ވަގުތީ ހިޔާތަކުގައި އަދިވެސް 22 މީހަކު އެބަތިބި