ތިން މިނިސްޓްރީއެއް ހިންގާ މ. ގްރީން ބިލްޑިންގުގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި ހައުސިން މިނިސްޓްރީގެ ސާވާ ސަލާމަތް ކުރެވޭނެ ކަމަށް މިހާރު ލަފާނުކުރެވޭ ކަމަށާއި އެއީ ވަރަށް ބޮޑު ގެއްލުމެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ރޭ ވިދާޅުވެއްޖެ އެވެ.
ތިން މިނިސްޓްރީއެއް ހިންގާ މ. ގްރީން ބިލްޑިންގުގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި ހައުސިން މިނިސްޓްރީގެ ސާވާ ސަލާމަތް ކުރެވޭނެ ކަމަށް މިހާރު ލަފާނުކުރެވޭ ކަމަށާއި އެއީ ވަރަށް ބޮޑު ގެއްލުމެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ރޭ ވިދާޅުވެއްޖެ އެވެ.
އެކި މީޑިއާތަކަށް ވަކިވަކިން ދެއްވި އިންޓަވިއުތަކުގެ ތެރެއިން ޕީއެސްއެމާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ހައުސިން މިނިސްޓްރީގެ ވަރަށް ގިނަ މައުލޫމާތުތައް ރައްކާ ކޮށްފައި ހުންނާނީ އެ މިނިސްޓްރީގެ ސާވާގައި ކަމަށެވެ. އޭގެ ތެރޭގައި މުވައްޒަފުންގެ ހުރިހާ މައުލޫމަތަކާއި އެކިއެކި މަޝްރޫއުތަކުގެ މައުލޫމާތު ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ސާވާ އަށް އެކްސެސް ނުލިބޭ ކަމަށް ވަންޏާ އަޅުގަނޑުމެންނަކަށް އެ މައުލޫމާތެއް އަލުން ހޯދޭނެ ގޮތެއް ނޯންނާނެ. ހުރިހާ ލިޔެކިޔުމެއް ވެސް އަނދައި އެ ދިޔައީ. އެހެންވީމާ އެއީ ވަރަށް ބޮޑު ގެއްލުމެއް އަޅުގަނޑުމެންނަށް،" ހައިދަރު ވިދާޅުވި އެވެ.
އިއްޔެ ހަވީރު "މިހާރު" އާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވި ގޮތުގައި ބުރާސްފަތި ދުވަހުގެ ހެނދުނު ހިނގި އަލިފާނުގެ ހާދިސާގައި ސަލާމަތް ކުރެވުނީ ވަރަށް މަދު ލިޔުންތަކެކެވެ. ޑިޖިޓަލް ގިނަ މައުލޫމާތު ހުންނާނީ ސާވާގައި ރައްކާ ކޮށްފައި ކަމަށް ވާތީ ޑިސްކު ނަގައިގެން ވެސް ރިކަވާ ކުރެވޭތޯ ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މުވައްޒަފުންގެ މައުލޫމާތުތަކާއި އެކިއެކި ޕްރޮޖެކްޓްތަކުގެ މައުލޫމާތުތަކުގެ އިތުރުން ގޭގެ ރަޖިސްޓަރީތަކާއި ކުރެހުންތައް ހިމެނޭ ގޮތަށް މުހިއްމު ލިޔުންތައް ވެސް ރައްކާ ކޮށްފައި ވަނީ ސާވާގަ އެވެ.
"ޑިސްކު އެނަލައިޒްކޮށްގެން އެ އެއް [ލިޔުންތައް ސަލާމަތް ކުރެވޭނެކަން] އެނގޭނީ. އެނަލައިޒް ކުރަން ފަހަރެއްގައި ބޭރަށް ވެސް ފޮނުވަން ޖެހިދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ގްރީން ބިލްޑިންގުގައި ރޯވި އަލިފާންގަނޑު ނިއްވަން އެމްއެންޑީއެފް ފަޔާމަނަކު ހަރަކާތްތެރިވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
ހައުސިން މިނިސްޓްރީގެ އެހެނިހެން ލިޔުންތަކަށް ގެއްލުން ލިބުނަސް، ފްލެޓު ލިސްޓާއި ގެދޮރުވެރިޔާ ސްކީމުން ފުރުސަތު ލިބުނު މީހުންގެ މައުލޫމާތަށް އަސަރެއް ނުކުރާނެ ކަމުގެ ޔަގީންކަން އަލިފާން ރޯވި ވަގުތުން ފެށިގެން ކަހަލަ ގޮތަކަށް ސަރުކާރުން އަންނަނީ ދެމުންނެވެ. އެ ތަކެތި ރައްކާކޮށްފައި ވަނީ ކްލައުޑުގަ އެވެ.
ގެދޮރުވެރިޔާ ސްކީމުގެ ލިޔުންތަކަށް އަލިފާނުގެ ހާދިސާގައި އަސަރެއް ނުކުރިޔަސް ފްލެޓު ލިސްޓުގެ ރީ-އިވެލުއޭޝަންގެ މަސައްކަތްތައް ވެސް ކުރަމުން އަންނަ އިރު ކުޑަ މަޑުޖެހުމެއް އައިސްފައިވާ ކަމަށް ހައިދަރު ވިދާޅުވި އެވެ.
ހައުސިން މިނިސްޓަރު ހައިދަރު: ހައުސިން މިނިސްޓްރީގެ ސާވާ ސަލާމަތް ކުރެވޭނެ ކަމަށް ނުބެލެވޭ ކަމަށް އިއްޔެ ވިދާޅުވި.
ހައުސިން މިނިސްޓްރީގެ އިތުރުން ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި އެންވަޔަރަންމަންޓް މިނިސްޓްރީ ވެސް ހިންގާ ގްރީން ބިލްޑިންގުގައި ރޯވިތާ ހަތަރު ގަޑިއެއްހާއިރު ފަހުން ހައުސިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ގެދޮރުވެރިޔާ ސްކީމުން ދޫކުރާ ފްލެޓް ލިސްޓާއި ބިންވެރިޔާ ސްކީމުން ދޫކުރާ ލިއުންތަކަށް އަސަރު ނުކުރާ ކަމުގެ ޔަގީންކަން ދީފަ އެވެ.
އެ މިނިސްޓްރީން އެ ބަޔާނުގައި ބުނީ ހައުސިން ސްކީމްގެ ލިޔެކިޔުންތައް ކްލައުޑު ހޯސްޓިންގައި ޑިޖިޓަލްކޮށް ބަލަހައްޓާތީ އަލިފާނުގެ ހާދިސާގައި އެ މައުލޫމާތުތަކަށް އެއްވެސް އަސަރެއް ނުކުރާ ކަމަށެވެ.
ގްރީން ބިލްޑިންގް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާތީ އެ އިމާރާތުގައި ހިންގި ތިން މިނިސްޓްރީ ވެސް ވަގުތީ ގޮތުން ދަރުބާރުގޭގައި ހިންގަން ނިންމައި ސެޓަޕް ހެދުމުގެ މަސައްކަތް ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން އަންނަނީ ކުރަމުންނެވެ.
"ހައުސިންއާ ގުޅުންހުރި އެއްވެސް މައުލޫމާތެއް ނުގެއްލޭ"
ސަލާމަތްކުރެވުނީ ވަރަށް މަދު ލިޔުންތަކެއް: ހައިދަރު
އަލިފާނުގެ ހާދިސާގެ ތަގުގީގަށް އިންޑިއާގެ ޓީމެއް
އަލިފާނުގެ ހާދިސާގެ މައުލޫމާތު ހިއްސާ ކުރަން އެދިއްޖެ
އަލިފާނުގެ ހާދިސާގެ ކަންކަން ކޮމިޓީން ބަލަނީ
އަލިފާނުގެ ހާދިސާގެ ތަހުގީގަށް ބޭރުގެ އެހީ ހޯދަނީ
ރޯވި ތިން މިނިސްޓްރީ ވަގުތީ ގޮތުން ދަރުބާރުގެއަށް
ލޯކުރިމަތިން އެތައް ހަނދާނެއް އަނދައި އަޅިޔަށް
އަލިފާނުގެ ހާދިސާ ހިނގުމުން ހައިދަރު ރާއްޖެއަށް
ހައުސިން މިނިސްޓްރީން 10މީހަކު ސަސްޕެންޑް ކޮށްފި