ޗެލްސީގެ ޔޫކްރޭން ފޯވާޑް މިހައިލޯ މޫޑްރިކް މަނާބޭހަކަށް ޕޮޒިޓިވްވުމާ ގުޅިގެން ވަގުތީ ގޮތުން ސަސްޕެންޑްކޮށްފި އެވެ.
ޗެލްސީގެ ޔޫކްރޭން ފޯވާޑް މިހައިލޯ މޫޑްރިކް މަނާބޭހަކަށް ޕޮޒިޓިވްވުމާ ގުޅިގެން ވަގުތީ ގޮތުން ސަސްޕެންޑްކޮށްފި އެވެ.
އިނގިރޭސި އެފްއޭއާ ހަވާލާދީ ޗެލްސީން ބުނީ އުމުރުން 23 އަހަރުގެ މޫޑްރިކް މަނާބޭހަކަށް ޕޮޒިޓިވްވީ މެޗަކަށް ފަހު ރެންޑަމްކޮށް ނެގި އޭނާގެ ކުޑަކަމުދާތަކެތި ސާމްޕަލަކުން ކަމަށެވެ.
މި މައްސަލައިގައި އޭނާ އަށް ދާއިމީ އަދަބެއް އަންނާނީ ތަހުގީގުކުރުމަށް ފަހު އެވެ. އިނގިރޭސި ޑޯޕިން ގަވާއިދު ބުނާ ގޮތުން މަނާބޭހެއް އެނގިގެން ބޭނުންކުރިކަން ސާބިތުވެއްޖެ ނަމަ ހަތަރު އަހަރުގެ ސަސްޕެންޝަނެއް އަންނާނެ އެވެ.
ބައެއް ފަހަރު ކުޅުންތެރިން އެހެން ކަންކަމަށް ބޭނުންކުރާ ބޭހުގައި އެކުލެވޭ މާއްދާއެއްގެ ސަބަބުން ވެސް މަނާބޭހަށް ޕޮޒިޓިވްވެ އެވެ. އެފަދަ ހާލަތްތަކުގައި ކުޑަ އަދަބަކުން ނުވަތަ ބައެއް ފަހަރު އަދަބެއް ނުލިބި ވެސް ސަލާމަތްވެ އެވެ.
މޫޑްރިކް ބުނީ މިއީ އޭނާ އަށް ލިބުނު ޝޮކެއް ކަމަށާއި އެނގިގެން މިފަދަ އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށެވެ. އަދި މިއީ ކިހިނެއްވީ ކަމެއްތޯ ބެލުމަށް އޭނާގެ ޓީމާ އެކު މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް މޫޑްރިކް ބުންޏެވެ.
ޔޫކްރޭނުގެ ޝަކްތާ ޑޮނެސްޓްކް އިން 2023 ވަނަ އަހަރު 112 މިލިއަން ޑޮލަރަށް ޗެލްސީއާ ގުޅުނު ފޯވާޑް މިދިޔަ ފަސް މެޗުގައި ވެސް ކުޅެފައެއް ނުވެ އެވެ. އޭނާ މި ސީޒަނުގައި މިހާތަނަށް ކުޅެފައިވަނީ 15 މެޗެވެ.
ބުންވަރު ވަރުގަދަކުރާށާއި، އަނިޔާ އިން އަވަހަށް ސަލާމަތްވުމަށާއި، ތަދުކެނޑުވުމަށްޓަކައި މަނާބޭސް ބޭނުންކުރުމަކީ ކުރިން ކުޅިވަރުގައި ވަރަށް އާއްމު ކަމެކެވެ. ނަމަވެސް ފަހަކަށް އައިސް އެކަން ވަނީ މަދުވެފަ އެވެ. އޭގެ ސަބަބަކީ ގަވާއިދުން ޑޯޕިން ޓެސްޓް ހެދުމެވެ.
ޕޮޓާއަށް ފެންވަރު ދައްކާލައި ޗެލްސީ އަލުން ހަތަރަކަށް
އަޑިގަނޑުން އަރައިގަންނަން ސިޓީ ހިންދެމިލައިފި
ކީޕަރަށް ފާޑުކިޔުމުގެ ކުރިން ވިސްނާލާ: މަރެސްކާ
އާސެނަލް އެއްވަރު، ޗެލްސީ ދެ ވަނައިގައި ލީޑު ނަގައިފި
ޗެލްސީގައި އެއް ކޯޗަކު ދެމިހުންނަން ޖެހޭ: މަރެސްކާ
ކޮންފަރެންސް ލީގު: ޗެލްސީއަށް ލަނޑުޖެހުމުގެ ރެކޯޑެއް
ޗެލްސީ އެކަޑަމީ މެޗުތަކަށް ބައެއް ސްކައުޓުން މަނާކުރަނީ
ޔުނައިޓެޑާއި ޗެލްސީއަށް ޕޮއިންޓެއް، ޓޮޓެންހަމް ބަލި
ފުރަތަމަ ހާފުގައި ހަތަރު ގޯލު: ޕާމާ އަށް ރެކޯޑެއް
ސިޓީއަށް މޮޅުނުވެވުމުން ލިވަޕޫލް އެއް ވަނައަށް