ޕެނަމާ ކެނަލް ހުރަސްކުރާ އެމެރިކާގެ އުޅަނދުފަހަރުން ބޭއިންސާފު ފީއެއް ދައްކަން ޖެހޭ ކަމަށާއި އެކަން ބަދަލު ނުވާ ނަމަ ތަން އަތުލާނެ ކަމަށް އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމުން ޕެނަމާގެ ރައީސް ހޯސޭ ރައުލް މުލީނޯ ރައްދު ދެއްވައިފި އެވެ.
ޕެނަމާ ކެނަލް ހުރަސްކުރާ އެމެރިކާގެ އުޅަނދުފަހަރުން ބޭއިންސާފު ފީއެއް ދައްކަން ޖެހޭ ކަމަށާއި އެކަން ބަދަލު ނުވާ ނަމަ ތަން އަތުލާނެ ކަމަށް އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމުން ޕެނަމާގެ ރައީސް ހޯސޭ ރައުލް މުލީނޯ ރައްދު ދެއްވައިފި އެވެ.
"ޕެނަމާ ކެނަލްގެ ކޮންމެ އަކަ މީޓަރަކާއި އެތަނާ ގުޅިފައިވާ ސަރަހައްދުތަކަކީ ޕެނަމާގެ ތަންތަން. އަދި ކުރިއަށް އޮތް ތަނުގައި އެކަން އޮންނާނީ އެހެން،" އެކްސްގައި އާންމުކުރެއްވި ވީޑިއޯއެއްގައި މުލީނޯ ވިދާޅުވި އެވެ.
މުލީނޯ ޓްރަމްޕްގެ ނަން ވިދާޅުނުވި ނަމަވެސް މި ވީޑިއޯ އާންމުކުރެއްވީ ޓްރަމްޕްގެ ޓްރޫތު ސޯޝަލް ޕްލެޓްފޯމްގައި އެ ކެނަލްއާ ބެހޭ ގޮތުން ޝަކުވާ ކުރެއްވިތާ އެއް ދުވަސް ފަހުންނެވެ.
"އަޅުގަނޑުމެންގެ ކަނޑުގެ ސިފައިންނާއި ވިޔަފާރިތަކާ މެދު އަމަލުކޮށްފައި ވަނީ ވަރަށް ބޭއިންސާފުން، އިހުތިރާމެއް ނެތި. ޕެނަމާއިން ނަގަމުން އަންނަ ފީތަކަކީ އެކަށީގެންވާ ވަރަށްވުރެ ބޮޑު ފީތަކެއް،" ޓްރަމްޕު ލިޔުއްވާފައިވެ އެވެ.
"މިއީ ހަމަ މި ގައުމުން ފޭރުން. އަދި މިކަން ވަގުތުން ހުއްޓުވަން އެބަޖެހޭ."
އެމެރިކާއިން 1914 ވަނަ އަހަރު ނިންމި ޕެނަމާ ކެނަލް އަލުން ޕެނަމާއާ ހަވާލުކުރީ ފޮނުވާލީ 1977 ވަނަ އަހަރު ޑިމޮކްރެޓިކް ޕާޓީގެ ރައީސް ޖިމީ ކާޓާ ސޮއިކުރެއްވި އެއްބަސްވުމެއްގެ ދަށުންނެވެ. ޕެނަމާއަށް އެތަނުގެ ކޮންޓްރޯލް ލިބުނީ 1999 ވަނަ އަހަރު އެވެ.
ޕެނަމާ ކެނަލް އަތުލާނަން: ޓްރަމްޕް
ޓްރަމްޕުގެ އިންޒާރެއް: ޕެނަމާ ކެނަލް އަތުލަންޖެހިދާނެ
ކެނަލްއަކީ އެމެރިކާގެ ހަދިޔާއެއް ނޫން: ޕެނަމާގެ ރައީސް
އެމެރިކާ ޑަބްލިޔުއެޗްއޯއިން ވަކިވެ ބޮޑެތި ނިންމުންތަކެއް
ބަލައިގަންނާނީ 'ދެ ޖިންސު' އެކަނި: ޓްރަމްޕް
ޓްރަމްޕުގެ ވައުދާއެކު އެމެރިކާއަށް ޓިކްޓޮކް އަލުން ދީފި
މަހުޖަނުންގެ ނުފޫޒުން ގައުމު ސަލާމަތްކުރާތި: ބައިޑެން
ޓްރަމްޕް: އަލިފާން ނިއްވާނުލެވޭ، މިއީ ކޮން ބައެއް؟
ޓްރަމްޕަށް ސާބިތުވި ކުށަށް އަދަބު ނުދޭން ހުކުމްކޮށްފި
ޓްރަމްޕަށް އަދަބު ދިނުން ހުއްޓުވަން ސުޕްރީމް ކޯޓަށް