ޕެނަމާ ކެނަލް އަލުން އެމެރިކާގެ ބާރުގެ ދަށަށް ގެންދާނެ ކަމަށް، ދެ ވަނަ ދައުރަކަށް އެމެރިކާގެ ރައީސްކަމާ ހަވާލުވެ ވަޑައިގެން ދެއްވި ތަގުރީރުގައި ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޕެނަމާ ކެނަލް އަލުން އެމެރިކާގެ ބާރުގެ ދަށަށް ގެންދާނެ ކަމަށް، ދެ ވަނަ ދައުރަކަށް އެމެރިކާގެ ރައީސްކަމާ ހަވާލުވެ ވަޑައިގެން ދެއްވި ތަގުރީރުގައި ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
"އެމެރިކާއިން އެތަން ދިނީ ޗައިނާއަކަށް ނޫން، ޕެނަމާއަށް. އެހެންވެ، އެތަން އަނބުރާ އަތުލާނަން،" ޓްރަމްޕް ވިދާޅުވި އެވެ.
ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ވެސް ޓްރަމްޕް މި ވާހަކަ ދައްކަވާފައިވެ އެވެ. އެތަން އަތުލަން އަސްކަރީ ބާރުގެ ބޭނުންކުރާނެތޯ ނޫސްވެރިން އޭރު ސުވާލުކުރުމުން އެކަމަށް ވެސް ޓްރަމްޕް ނޫނެކޭ ވިދާޅެއް ނުވެ އެވެ.
ޓްރަމްޕް ވިދާޅުވެފައިވަނީ ޕެނަމާ ކެނަލް ހުރަސްކުރާ އެމެރިކާގެ އުޅަނދުފަހަރުން ބޭއިންސާފު ފީއެއް ދައްކަންޖެހޭ ކަމަށާއި އެކަން ބަލައިނުގަންނާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ކަނޑުގެ ސިފައިންނާއި ވިޔަފާރިތަކާ މެދު އަމަލުކޮށްފައި ވަނީ ވަރަށް ބޭއިންސާފުން، އިހުތިރާމެއް ނެތި. ޕެނަމާއިން ނަގަމުން އަންނަ ފީތަކަކީ އެކަށީގެންވާ ވަރަށްވުރެ ބޮޑު ފީތަކެއް،" ޓްރަންޕުގެ އަމިއްލަ ސޯޝަލް އެޕް ޓްރޫތުގައި ކުރިން ލިޔުއްވާފައިވެ އެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި ޕެނަމާ ކެނަލްގައި މިހާރު އޮތީ ޗައިނާގެ ބާރެވެ. އެހެންވެ، ޕެނަމާ ނޫން ބަޔަކު އެތަނަށް ގަދަވާ ނަމަ ތަން އަތުލުން ނޫން ގޮތެއް ނޯންނާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވެ އެވެ.
އެމެރިކާއިން 1914 ވަނަ އަހަރު ނިންމި ޕެނަމާ ކެނަލް އަލުން ޕެނަމާއާ ހަވާލުކުރީ ފޮނުވާލީ 1977 ވަނަ އަހަރު ޑިމޮކްރެޓިކް ޕާޓީގެ ރައީސް ޖިމީ ކާޓާ ސޮއިކުރެއްވި އެއްބަސްވުމެއްގެ ދަށުންނެވެ. ޕެނަ،މާއަށް އެތަނުގެ ކޮންޓްރޯލް ލިބުނީ 1999 ވަނަ އަހަރު އެވެ.
ޕެނަމާ ކެނަލް އަތުލާނެ ކަމަށް ބުނުމުން ރައްދު ދީފި
ޓްރަމްޕުގެ އިންޒާރެއް: ޕެނަމާ ކެނަލް އަތުލަންޖެހިދާނެ
ކެނަލްއަކީ އެމެރިކާގެ ހަދިޔާއެއް ނޫން: ޕެނަމާގެ ރައީސް
އެމެރިކާ ޑަބްލިޔުއެޗްއޯއިން ވަކިވެ ބޮޑެތި ނިންމުންތަކެއް
ބަލައިގަންނާނީ 'ދެ ޖިންސު' އެކަނި: ޓްރަމްޕް
ޓްރަމްޕުގެ ވައުދާއެކު އެމެރިކާއަށް ޓިކްޓޮކް އަލުން ދީފި
މަހުޖަނުންގެ ނުފޫޒުން ގައުމު ސަލާމަތްކުރާތި: ބައިޑެން
ޓްރަމްޕް: އަލިފާން ނިއްވާނުލެވޭ، މިއީ ކޮން ބައެއް؟
ޓްރަމްޕަށް ސާބިތުވި ކުށަށް އަދަބު ނުދޭން ހުކުމްކޮށްފި
ޓްރަމްޕަށް އަދަބު ދިނުން ހުއްޓުވަން ސުޕްރީމް ކޯޓަށް