މި އަހަރުގެ ތިމާވެށީގެ ދުވަހު ސަރުކާރުން އިފުތިތާހު ކޮށްފައިވާ ފަސް މިލިއަން ގަސް ޕްރޮގްރާމްގައި ބައިވެރިވުމުގެ ގޮތުން ހުޅުމާލެ 2 ގައި ގައުމީ އެއާލައިން މޯލްޑިވިއަންގެ ފަރާތުން އިއްޔެ ގަސް އިންދައިފި އެވެ.
27 ޑިސެމްބަރ 2024
މި އަހަރުގެ ތިމާވެށީގެ ދުވަހު ސަރުކާރުން އިފުތިތާހު ކޮށްފައިވާ ފަސް މިލިއަން ގަސް ޕްރޮގްރާމްގައި ބައިވެރިވުމުގެ ގޮތުން ހުޅުމާލެ 2 ގައި ގައުމީ އެއާލައިން މޯލްޑިވިއަންގެ ފަރާތުން އިއްޔެ ގަސް އިންދައިފި އެވެ.
އެ ހަރަކާތުގައި މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމާއި އެ އެއާލައިންގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އެންވަޔަރަންމަންޓް މިނިސްޓްރީގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
ގަސް އިންދުމުގެ ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގައި މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމް ވިދާޅުވީ، އެއީ ތިމާވެށި ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތަކުގައި އަބަދުވެސް އެއްބާރުލުން ދޭނެ ކުންފުންޏެއް ކަމަށެވެ. އެ ކުންފުނިން މިހާރު ވެސް ތިމާވެއްޓާ ރައްޓެހި އެކި ކަންތައްތައް ކުރަމުން އަންނަ ކަމަށާއި ޕްލާސްޓިކް މަދުކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމް ގަސް އިންދުމުގެ ހަރަކާތުގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
"އަމާޒަކީ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލުން،" އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހުޅުމާލެ ފޭސް ދެއަކުން މި މަސައްކަތް ފަށަނީ. އަޅުގަނޑުމެންގެ އަމާޒަކީ އެކި ހިސާބުތަކުގައި ތިބި އަޅުގަނޑުމެންގެ ސްޓާފުންގެ އެހީގައި ރާއްޖޭގެ އެކި ކަންކޮޅުގައި މޯލްޑިވިއަން އިން ގަސް އިންދުން."
މޯލްޑިވިއަން އިން ހިންގި ގަސް އިންދުމުގެ ޕްރޮގުރާމަށް އެޗްޑީސީން ވެސް އެހީތެރިކަން ފޯރުކޮށްދިނެވެ.
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މި ސަރުކާރުން ފެށި ޕްރޮޖެކްޓެކެވެ. މި ޕްރޮގުރާމުގެ ދަށުން ސަރުކަރުގެ އެކި ކުންފުނިތަކުން ވަނީ ގިނަ އަދަދަކަށް ގަސް އިންދައިފަ އެވެ.
މައްޗަންގޮޅި ސަހަރާގައި ހުރި ނިކަގަސް ނަގަނީ
ޓިކެޓް ވިއްކަން މޯލްޑިވިއަން އިން ހާންއެއާ އާ ގުޅިއްޖެ
ނިކަގަސްތައް ކަނޑަން ވޯޓުން ނިންމައިފި
މޯލްޑިވިއަނުން ކޮޗިން އަދި ޓްރިވެންޑްރަމަށް ފަސްފްލައިޓް
މޯލްޑިވިއަންގެ އަގުހެޔޮ ދަތުރުތަކެއް ކޮލަންބޯއަށް
މޯލްޑިވިއަންގެ އެންމެ ބޮޑު ބޯޓު ފުރަތަމަ ފަހަރަށް ގަމަށް!
މާފަރު އެއާޕޯޓު އިތުރަށް ބޮޑުކުރަން ބަޔަކާ ހަވާލުކޮށްފި
ގަމުގައި ހަދާ ދެ ނާސަރީގެ މަސައްކަތް އެޗްޑީސީއަށް
މޯލްޑިވިއަން އެއާލައިނުން އިންޑިއާއަށް ހާއްސަ އަގުތަކެއް
އެމްޑީޕީން ދަރަނިނުދައްކާތީ އެކައުންޓްފްރީޒްކުރަން އެދެފި