Roadha Mihaaru

ރީތި ރަށް ރިސޯޓުގެ ވޯޓާ ވިލާއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލެ އަތޮޅުގައި އޮންނަ ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުގެ ވިލާއެއްގައި އަލިފާނުގެ ހާދިސާއެއް ރޭ ހިނގައިފި އެވެ.

ރީތި ރަށުގެ ވޯޓާ ވިލާއެއްގައި އަލިފާނުގެ ހާދިސާއެއް
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

01 ޖެނުއަރީ 2025

މާލެ އަތޮޅުގައި އޮންނަ ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުގެ ވިލާއެއްގައި އަލިފާނުގެ ހާދިސާއެއް ރޭ ހިނގައިފި އެވެ.

ރޭ ދަންވަރު ތިނެއް ޖަހަނިކޮށް އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ރީތި ރަށް ރިސޯޓުގެ ވޯޓާ ވިލާއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި އެތަނުގެ ފުރާޅުގައި ރޯވި އަލިފާންގަނޑު ރިސޯޓުގެ މުވައްޒަފުން ވަނީ ކޮންޓްރޯލްކޮށް، ނިއްވާލައިފަ އެވެ.

އަލިފާން ރޯވީ ބަޔަކު ތިބި ވިލާއެއްގައި ކަން ސާފު ނުވިޔަސް، އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އަލިފާން ރޯވެ ރީތި ރަށް ރިސޯޓުގެ ވޯޓާ ވިލާއަކަށް ގެއްލުންވެފައި.

އަލިފާން ރޯވެ ރީތި ރަށް ރިސޯޓުގެ ވޯޓާ ވިލާއަކަށް ގެއްލުންވެފައި.

އަލިފާން ރޯވީ ކޮން ސަބަބަކާ ހުރެ ކަން ސާފު ނުވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ.

އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ވޯޓާވިލާގެ ފުރާޅާއި ސީލިންގަށް ގެއްލުން ލިބުނެވެ.