ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރި ދެ ބިދޭސީއަކު ރާއްޖެއިން ޑީޕޯޓުކޮށްފި އެވެ.
05 ޖެނުއަރީ 2025
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރި ދެ ބިދޭސީއަކު ރާއްޖެއިން ޑީޕޯޓުކޮށްފި އެވެ.
އިމިގްރޭޝަނުން ސޯޝަލް މީޑިއާގައި މިއަދު ކުރި ޕޯސްޓުގައި ބުނީ ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުވާ ބިދޭސީން ހޯދަން ފުލުހުންނާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަންތަކަކުން ހަތަރު އަންހެނަކާއި ތިން ފިރިހެނަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އެ މައްސަލަތައް އިތުރަށް ތަހުގީގު ކުރުމަށްފަހު، ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް ދެ އަންހެނަކު ވަނީ ޑީޕޯޓުކޮށްފަ އެވެ. އެއީ ޔުގެންޑާއަށް ނިސްބަތްވާ 38 އަހަރުގެ މީހަކާއި ރަޝިޔާގެ 25 އަހަރު މީހެކެވެ. އޭގެ އިތުރުން އިތުރު ފަސް ބިދޭސީއަކު ރާއްޖެއިން ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.
އިމިގްރޭޝަނުން މީގެ ކުރިން ވެސް ވަނީ ރާއްޖޭގައި ހަށިވިއްކުމުގައި އުޅުނު ގިނަ އަދަދެއްގެ ބިދޭސީން ހިފަހައްޓައި، ޑީޕޯޓްކޮށްފަ އެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހުއްޓުވުމަށް އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަންތަކުގައި މިހާތަނަށް ވަނީ 5،000 އަށް ވުރެ ގިނަ މީހުން ޑީޕޯޓްކޮށްފަ އެވެ.
ހަށިވިއްކާ ނެޓްވޯކެއްގެ ފަސް މީހަކު އަތުލައިގެންފި
ހަށިވިއްކުމުގެ ވިޔަފާރިކުރި ބަޔަކު އަތުލައިގަނެފި
ހަށި ވިއްކަން އުޅުނު ބަޔަކު ހައްޔަރުކޮށްފި
ފުޅާ ދާއިރާއެއްގައި ހަށިވިއްކަމުންދިޔަ ބަޔަކު ހައްޔަރު
ހަށިވިއްކުމުގެ ނެޓްވޯކެއް އަތުލައިގަނެ ޑީޕޯޓުކޮށްފި
23 އަންހެނަކު ގެނެސް ހަށިވިއްކި ނެޓްވޯކެއް އަތުލައިފި
32 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
ރެހެންދި ސްކޫލް ހޯލުގައި ބިދޭސީންގެ މައުލޫމާތު ނަގަނީ
އިމިގްރޭޝަންގެ ބަންދުގައި ތިބި ބަޔަކު ކާނާ ވިހަވެއްޖެ
ބަޔޯމެޓްރިކްސް ނުދޭ ބިދޭސީން ޑީޕޯޓުކުރަނީ