އިންޑޮނީޝިއާގެ ރައީސް ޕްރަބޯވޯ ސުބިއަންޓޯގެ ރިޔާސީ ވައުދެއް ފުއްދެވުމަށް، ސްކޫލް ދަރިވަރުންނާއި މާބަނޑު މީހުންނަށް ހިލޭ ކާނާ ދިދުމަށް 4.3 ބިލިއަން ޑޮލަރުގެ ޕްރޮގްރާމެއް އިއްޔެ ފަށައިފި އެވެ.
އިންޑޮނީޝިއާގެ ރައީސް ޕްރަބޯވޯ ސުބިއަންޓޯގެ ރިޔާސީ ވައުދެއް ފުއްދެވުމަށް، ސްކޫލް ދަރިވަރުންނާއި މާބަނޑު މީހުންނަށް ހިލޭ ކާނާ ދިދުމަށް 4.3 ބިލިއަން ޑޮލަރުގެ ޕްރޮގްރާމެއް އިއްޔެ ފަށައިފި އެވެ.
ޕްރަބޯވޯ ވަނީ ސްކޫލް ކުދިންނާއި މާބަނޑު އެތައް މިލިއަން ބަޔަކަށް، ފައިދާހުރި ކާނާ ހިލޭ ފޯރުކޮށްދިނުމަށް ވައުދުވެވަޑައިގެންފަ އެވެ. މިއީ ކުދިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ އިގްތިސާދީ ކުރިއެރުމަށް ބާރަކަށް ވާނެ ޕްރޮގްރާމެއް ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
"މިއީ އިންޑޮނީޝިއާގައި ކުޑަކުދިންނާއި ދަރިވަރުންނާއި މާބަނޑު މީހުންނާއި ގާތުން ދޭ މައިންނަށް ހާއްސަކޮށްގެން ގައުމީ ފެންވަރުގައި ނިއުޓްރިޝަން ޕްރޮގްރާމެއް ފުރަތަމަ ހިންގާ ތާރީހީ ކަމެއް،" އިންޑޮނީޝިއާގެ ރިޔާސީ ތަރުޖަމާނު ހަސަން ނަސްބީ އާދީއްތަ ދުވަހުގެ ރޭ ވިދާޅުވި އެވެ.
ކެއިންބުއިމުގެ ހިދުމަތް ދޭ އަމިއްލަ މީސް މީހުންގެ ތަންތަން ވެސް ހިމެނޭ ގޮތަށް 190 އަށް ވުރެ ގިނަ ކެފެޓީރިއާ ގައުމުގެ އެކި ހިސާބުތަކުގައި ވަނީ މިކަމަށް ހާއްސަކޮށްފަ އެވެ. މީގެ ތެރޭގައި އަސްކަރީ މަރުކަޒުތަކުން ހިންގާ ބައެއް ތަންތަން ވެސް ހިމެނޭ އިރު، ސްކޫލް ކުދިންނަށާއި މާބަނޑު މީހުންނަށް މި ތަކެތި ދޭން ފެށި ފުރަތަމަ ދުވަހު މެންދަމުން ފެށިގެން އެ ތަންތަނުގައި ބުރަކޮށް މަސައްކަތްކުރަމުން ދިޔަ އެވެ.
އިންޑޮނީޝިއާގައި ދަރިވަރުންނާއި މާބަނޑު މީހުންނަށް ހިލޭ ކާނާ ދޭން ފެށި ޕްރޮގްރާމްގައި ބަހާ ކާނާ ތައްޔާރުކުރަނީ. -- ފޮޓޯ: އޭއެފްޕީ
ކެއުމަކަށް 10،000 ރުޕިއާ (ގާތްގަނޑަކަށް 10ރ.) ސަރުކާރުން ކަނޑައަޅާފައި ވާއިރު، 2025 ވަނަ އަހަރަށް 71 ޓްރިލިއަން ރުޕިއާ (4.3 ބިލިއަން ޑޮލަރު / 67،461،809،099ރ.) ގެ ބަޖެޓެއް ވަނީ ކަނޑައަޅައިފަ އެވެ. އަދި 2029 ވަނަ އަހަރުގެ ނިޔަލަށް ގާތްގަނޑަކަށް 83 މިލިއަން މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ގާތްގަނޑަކަށް 282 މިލިއަނުގެ އާބާދީއެއް އޮންނަ އިންޑޮނީޝިއާގައި 21.5 ޕަސެންޓް ކުދިންނަށް ރަނގަޅު ކާނާ ނުލިބި، ހެދިބޮޑުވުމަށް ހުރަސްއެޅިފައިވެ އެވެ. ދެކުނު އިރުމަތީ އޭޝިއާގެ އެ ގައުމުގެ އަމާޒަކީ 2045 ވަނަ އަހަރުގެ ކުރިން އެ ރޭޓް ފަސް ޕަސެންޓަށް ދަށް ކުރުމެވެ.
މިދިޔަ އަހަރުގެ އިންތިހާބުގެ ކެމްޕޭނުގައި މި ޕްރޮގްރާމް އެންމެ ފުރަތަމަ އިއުލާނު ކުރިއިރު ތަޖުރިބާކާރުންނާއި އާންމުން އެކަމާ މެދު ޝައްކު އުފެއްދި އެވެ. ފައިދާ ހުރި ކާނާ ޔަގީންކުރުމާއި ކާބޯތަކެތި އުފެއްދުމުގެ ރައްކާތެރިކަން ކަށަވަރުކުރުމާ މެދު ތަޖުރިބާކާރުންގެ ސުވާލުތައް މިކަމުގައި ގިނަ އެވެ. -- އޭއެފްޕީ
ރޮހިންޖާ ރެފިއުޖީން އިންޑޮނީޝިއާއަށް ފޭބުން ހުއްޓުވައިފި
ރޮހިންޖާގެ 260 އަށްވުރެ ގިނަ މީހުން އިންޑޮނީޝިއާއަށް
ބޫޓާން މުބާރާތުގެ ފައިނަލަށް ރާއްޖެ އާއި ތައިލެންޑް
ގެއްލުނު މީހަކު ހަރުފައެއްގެ ބަނޑުތެރެއިން ފެނިއްޖެ
އިންޑޮނޭޝިއާގެ މެޗަކަށް ހޮނުއަޅައި ކުޅުންތެރިޔަކު މަރު
ސުމަޓްރާގެ ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ:މެޓް
އިންޑޮނީޝިޔާގައި ފެރީއެއް ބަންޑުންޖަހާލައި 15 މަރު
"ޝޯ މީ ދަ ތުމްކާ" ރިކްރިއޭޓުކުރުމުން ބޮޑު ތަރުހީބެއް
އިންޑޮނީޝިއާ ދަތުރަށް ފަހު ސްނޫޕް ފެށީ ކޮފީ ވިޔަފާރި
އިންޑޮނީޝިޔާގައި އިސްލާމީ ގާނޫނުލް އުގޫބާތެއް