އިންޑޮނީޝިއާގެ ހުޅަނގުގައި އޮންނަ ސުމަޓްރާގެ އައްސޭރިއަށް މިއަދު 6.6 މެގްނިޓިއުޑްގައި ބިންހެލުމެއް އަތުވެއްޖެ އެވެ.
އިންޑޮނީޝިއާގެ ހުޅަނގުގައި އޮންނަ ސުމަޓްރާގެ އައްސޭރިއަށް މިއަދު 6.6 މެގްނިޓިއުޑްގައި ބިންހެލުމެއް އަތުވެއްޖެ އެވެ.
ޔޫއެސް ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނީ މި ބިންހެލުން އައީ ސިމެއުލުއޭ އައިލެންޑް ކައިރިއަށް ޖީއެމްޓީން ފަތިހު 4:56 ގައި ކަމަށެވެ. އެއީ ރާއްޖޭ ގަޑިން ހެނދުނު 9:56 އެވެ. ބިންހެލުން އައީ ބިމުގެ 25 ކިލޯމީޓަރު އަޑިއަށް ކަމަށް ވެސް ބުންޏެވެ.
އިންޑިއަން އޯޝަން ސުނާމީ ވޯނިން ސެންޓަރުން ބުނީ މި ބިންހެލުމުގެ ސަބަބުން ސުނާމީއެއް އުފެދިދާނެ ކަމުގެ ނުރައްކަލެއް ނެތް ކަމަށެވެ.
އިންޑޮނީޝިއާގެ މީޓިއޮރޮލޮޖީ، ކްލައިމަޓޮލޮޖީ އެންޑް ޖިއޯފިޒިކްސް އޭޖެންސީ (ބީއެމްކޭޖީ) އިން ބުނީ ބިންހެލުމުގެ ބާރުމިނަކީ 6.3 މެގްނިޓިއުޑް ކަމަށާއި ބިންހެލުން އައީ 10 ކިލޯމީޓަރުގެ އަޑިއަށް ކަމަށެވެ. މިއީ ސުނާމީއެއް އުފެދުމުގެ ބާރުމިން ހުރި ބިންހެލުމެއް ނޫން ކަމަށް އެ އިދާރާއިން ވެސް ބުންޏެވެ.
އެތައް ހާސް ރަށެއްގެ މައްޗަށް އެކުލެވޭ އިންޑޮނީޝިއާ އަކީ ބިންހެލުންތައް ގިނަ "ރިންގް އޮފް ފަޔާ" ގައި އޮންނަ ގައުމަކަށް ވާތީ އެކި ވަރުގެ ބިންހެލުންތައް ތަޖުރިބާކުރަން ޖެހުމަކީ އެ ގައުމަށް އާންމު ކަމެކެވެ.
މިއީ ޓެކްޓޯނިކް ޕްލޭޓްތައް އެއް ޕްލޭޓް އަނެއް ޕްލޭޓާ ޖެހޭ ގޮތަށް، ޖަޕާނުން ފެށިގެން ދެކުނު އިރުމަތީ އޭޝިއާ އާއި ޕެސިފިކް ކަނޑުގެ އައްސޭރިފަށާ ދެމެދު އޮންނަ ސަރަހައްދެކެވެ.
ސުމަޓްރާގެ ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ:މެޓް
ސުނާމީގެ އަސަރެއް ރާއްޖެއަކަށް ނުކުރާނެ: މެޓް
ސުނާމީގައި ގެއްލުނު މީހުންގެ އަދަދު 5000 އަށް
ބިންހެލުން އައި ސިޓީން އަލިފާން ފަރުބަދައެއް ގޮވައިފި
ބިންހެލުމާއި ސުނާމީގައި މަރުވި މީހުންގެ އަދަދު 1300 އަށް
ސުނާމީގައި ގެއްލުނު ދެމަފިރިން ބައްދަލުވުމުން ބޮޑު އުފަލެއް
ސުނާމީއަށް ފަހު ޖަލު ފަޅާލައިގެން ގިނަ ބަޔަކު ފިލައިފި
އިންޑޮނީޝިއާގެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 400 އަށް
ބިންހެލުމަށް ފަހު އިންޑޮނީޝިއާ އަށް ސުނާމީ އަރައިފި
އިންޑޮނީޝިއާއަށް ބާރުގަދަ ބިންހެލުމެއް، ސުނާމީގެއިންޒާރު