ސިންގަޕޫރުގައި، މީހަކު ސްކޭމްގެ ޝިކާރައަކަށް ވެފައިވާ ކަމަށް ބެލެބޭ ހެކި ހުރި ނަމަ އެ މީހެއްގެ ބޭންކް އެކައުންޓް ކޮންޓްރޯލް ކުރުމުގެ ބާރު ފުލުހުންނަށް ދޭ ގޮތަށް ގާނޫނެއް ފާސްކޮށްފި އެވެ.
ސިންގަޕޫރުގައި، މީހަކު ސްކޭމްގެ ޝިކާރައަކަށް ވެފައިވާ ކަމަށް ބެލެބޭ ހެކި ހުރި ނަމަ އެ މީހެއްގެ ބޭންކް އެކައުންޓް ކޮންޓްރޯލް ކުރުމުގެ ބާރު ފުލުހުންނަށް ދޭ ގޮތަށް ގާނޫނެއް ފާސްކޮށްފި އެވެ.
މިދިޔަ އަންގާރަ ދުވަހު ފާސްކުރި މި ގާނޫނަކީ ދުނިޔޭގައި ވެސް މިފަދަ ފުރަތަމަ ގާނޫނު ކަމަށް ބެލެވެ އެވެ.
އެކައުންޓުގެ ވެރިފަރާތުން ފައިސާ ޓްރާންސްފާ ކުރަން އުޅޭ އިރު އެއީ އޮޅުވާލުމެއް ތެރެއިން ޓްރާންސްފާކުރުވަން އުޅޭ ނުވަތަ ރުހުމުގައި ދޭ ފައިސާތޯ ބަލާނެ އެވެ. މިހެން ބަލާއިރު، ތަހުގީގީ އިދާރާއަކަށް އެކަށީގެންވާ ހެކި އަނެއް ކޮޅަށް ހުރި ނަމަ އެކައުންޓް ހިފަހައްޓާނެ އެވެ.
އެއްވެސް މީހަކަށް ރެސްޓްރިކްޝަން އޯޑަރެއް ލިބިއްޖެ ނަމަ އޭޓީއެމް އަކުން އެ މީހަކަށް ހިދުމަތެއް ނުހޯދޭނެ އެވެ. އެކަމަކު ދުވަހުގެ ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ ތަކެތި ގަތުމަށް ފުރުސަތު ދޭނެ އެވެ.
"ބޭނުމަކީ ހިޔާނާތުގެ އަމަލުތައް ހިންގަމުންދާކަން އެ މީހަކު ބައިވެރިކޮށް ވިސްނައިދިނުމަށް އިތުރު ވަގުތު ފުލުހުންނަށް ހޯދައިދިނުން. އަދި އޭގެ ތެރޭގައި އާއިލާގެ މެމްބަރުންގެ އެހީތެރިކަން ހޯދުން ވެސް ހިމެނޭ،" ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ސަން ޝުއެލިންގް ޕާލަމެންޓުގައި ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ "ރެސްޓްރިކްޝަން އޯޑަރު ނެރޭނީ އެންމެ ފަހުގެ ފިޔަވަޅެއްގެ ގޮތުގައި. އެ މީހަކަށް ވިސްނައިދޭން ހުރިހާ މަސައްކަތެއް ނާކާމިޔާބުވެއްޖެ ނަމަ" ކަމަށެވެ.
އޭނާ ވިދާޅުވީ، މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ސެޕްޓެމްބަރު މަހާ ހަމައަށް ސްކޭމްގެ ރިޕޯޓުތަކަށް ބަލާއިރު 86 ޕަސެންޓަކީ އަމިއްލައަށް ކުރި ކަންކަމުން ފައިސާ ގެއްލިފައިވާ ހާދިސާތައް ކަމަށެވެ. އަދި ގެއްލުމުގެ 94 ޕަސެންޓް ހިއްސާކުރަނީ މިިދިޔަ އަހަރުގެ ޖެނުއަރީން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހިނގާފައިވާ ހާދިސާތަކުން ކަމަށް ވެސް ވިދާޅުވި އެވެ.
އިދިކޮޅު ވޯކާސް ޕާޓީގެ ލީޑަރު ޖަމުސް ލިމް ވިދާޅުވީ މި ގާނޫނުން "އަމިއްލަ މުއާމަލާތްތަކަށް ވަރަށް ބޮޑު ނުފޫޒެއް ފޯރުވޭ" ކަމަށެވެ. ނަމަވެސް އެ ބިލަށް އޭނާ ތާއީދުކުރެއްވި އެވެ.
ހޯމް މިނިސްޓްރީން މިދިޔަ ނޮވެމްބަރު މަހު ބުނެފައި ވަނީ 2023 ވަނަ އަހަރު ސްކޭމްގެ ގެއްލުން 650 މިލިއަން ޑޮލަރު (476 މިލިއަން ޑޮލަރު) އަށް އަރާފައިވާ ކަމަށެވެ.
އާރުޓީއެލްގެ ނަމުގައި ސްކޭމެއް؛ ސަމާލުވާން އެދިއްޖެ
ސިންގަޕޫރު އިދިކޮޅު ލީޑަރު ދޮގު ހެދުމުގެ ކުށް ސާބިތު!
މުސްލިމުން މަރަން ރޭވި ޒުވާނަކު ސިންގަޕޫރުން ހައްޔަރު
އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓި މައްސަލަ ބަލައިނުގަތް
ރައީސްގެ ނަމުގައި ކްރިޕްޓޯ ކަރަންސީ ސްކޭމެއް ހިންގަނީ
އަހަރެން މީ ކާކުކަން އެނގޭތަ؟
ސޯނޫ ސޫދު ހައްޔަރުކުރަން ކޯޓު އަމުރެއް ނެރެފި
ފޭސްބުކް މާކެޓްޕްލޭސް ސްކޭމްތަކަށް ސަމާލުވާން އެދިއްޖެ
"ކެލާ އަހައްމަދު" އިތުރު ބަަޔަކަށް ލަނޑުދިންތޯ ބަލަނީ
ދިވެހިބަސް ނޭނގޭ ދިވެއްސަކަށް ތަރުޖަމާނެއްގެ އެހީ