ސިންގަޕޫރުގެ އިދިކޮޅު ލީޑަރު ޕްރިތަމް ސިންގު ގާނޫނު ހަދާ މަޖިލީހުގެ ކޮމިޓީއެއްގައި ދޮގު ހެކި ބަސް ދިން ކަމަށް ބުނެ އޭނާގެ މައްޗަށް އުފުލި ދައުވާ ސާބިތުވާ ކަމަށް ކޯޓުން ހުކުމްކޮށްފި އެވެ.
ސިންގަޕޫރުގެ އިދިކޮޅު ލީޑަރު ޕްރިތަމް ސިންގު ގާނޫނު ހަދާ މަޖިލީހުގެ ކޮމިޓީއެއްގައި ދޮގު ހެކި ބަސް ދިން ކަމަށް ބުނެ އޭނާގެ މައްޗަށް އުފުލި ދައުވާ ސާބިތުވާ ކަމަށް ކޯޓުން ހުކުމްކޮށްފި އެވެ.
މިއީ ސިންގަށް ގައުމީ އިންތިހާބުތަކުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިދާނެ ހުކުމެކެވެ.
ވޯކާސް ޕާޓީގެ ސެކްރެޓަރީ ޖެނެރަލް، ސިންގް، 48، އޭނާގެ ޕާޓީގެ މެންބަރަކާ ގުޅޭ ގޮތުން މަޖިލީހުން މައްސަލަ ބަލަމުން ދިޔަ ކޮމިޓީއެއްގައި ހެކިބަސް ދިން އިރު ދެ ފަހަރަކު ދޮގު ހެދިކަން ވަނީ ސާބިތުވެފަ އެވެ.
މިއީ މަހެއްހާ ދުވަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުތަކުގައި، ވެރިކަން ކުރާ ޕީޕަލްސް އެކްޝަން ޕާޓީ (ޕީއޭޕީ) ގެ ބާރު ކުޑަކުރުމަށް މަސައްކަތްކުރާ ސިޔާސީ އިދިކޮޅު ފަރާތްތަކަށް ލިބުނު ބޮޑު ގެއްލުމެއްގެ ގޮތުގައި ވަނީ ބެލެވިފަ އެވެ.
ޕީއޭޕީ އަކީ 1959 ވަނަ އަހަރުން ފެށިގެން ސިންގަޕޫރުގައި ވެރިކަން ކުރަމުން އަންނަ ޕާޓީ އެވެ.
ޑިސްޓްރިކްޓް ކޯޓުގެ ފަނޑިޔާރު ލޫކް ޓަން ވިދާޅުވީ ސިންގް ކޮމިޓީގައި ވިދާޅުވި ގޮތާ ހިލާފަށް، ޕާލަމެންޓުގައި މެންބަރު ރައީޝަން ޚާން ދޮގު ހެދި އިރު، އެއީ ދޮގެއްކަން ހާމަކޮށްދޭން ސިންގް އެކަށީގެންވާ މަސައްކަތެއް ކުރައްވާފައި ނުވާ ކަމަށެވެ.
އަދި އެހެން ބައްދަލުވުމެއްގައި، އެ ދޮގު ސިއްރުކޮށްފައި ބޭއްވުމަށް ސިންގް ވިދާޅުވި ކަމަށް ވެސް ފަނޑިޔާރުގެ ހުކުމުގައިވެ އެވެ.
ސިންގްގެ މައްޗަށް އިއްވާފައިވާ ހުކުމުގެ ސަބަބުން، ނޮވެމްބަރު މަހުގެ ކުރިން ބާއްވާ އާންމު އިންތިހާބުގައި މެމްބަރުކަމަށް ކުރިމަތިލެވޭނެތޯ ނުވަތަ ނޫންތޯ ސުވާލު އުފެދިފައި ވާތީ އިދިކޮޅު ޕާޓީއަށް ބޮޑު އަސަރެއް ކުރާނެ އެވެ.
ސިންގަޕޫރުގެ ގާނޫނުއަސާސީ ބުނާގޮތުން އެންމެ މަދުވެގެން 10،000 ސިންގަޕޫރު ޑޮލަރު (7،400 އެމެރިކާ ޑޮލަރު) އިން ޖޫރިމަނާކޮށް، ނުވަތަ މަދުވެގެން އެއް އަހަރަށް ޖަލަށްލާފައިވާ މީހަކު، އިންތިހާބަށް ކުރިމަތިލުން ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއްގައި ފަސް އަހަރު ހޭދަކުރުމުގެ ފުރުސަތު ގެއްލޭނެ އެވެ.
ސިންގްގެ މައްޗަށް އުފުލާ ކޮންމެ ދައުވާއަކާ ގުޅިގެން ގިނަވެގެން ތިން އަހަރު ދުވަހުގެ ޖަލު ހުކުމަކާއި 7،000 ސިންގަޕޫރު ޑޮލަރާ ހަމައަށް ޖޫރިމަނާ ކުރެވޭނެ އެވެ.
ބަންޑާރަ ނައިބުގެ ފަރާތުން މީގެ ކުރިން ބުނެފައި ވަނީ ކޮންމެ ދައުވާއަކަށް ޖޫރިމަނާއެއް ކަނޑައަޅަން އެދޭނެ ކަމަށެވެ.
ސިންގް ދޮގު ހެކި ދިން ކަމަށް ބުނެފައިވަނީ ޖިންސީ ގޯނާ ލިބުނު ކަމަށް ބުނެ ރައީޝަން ހުށަހެޅި މައްސަލައަކާ ގުޅިގެން ބެލި މައްސަލައެއްގަ އެވެ. އެކަމަކު އޭނާ ފަހުން ވަނީ އެއީ ހަދައިގެން ދެއްކި ވާހަކައެއް ކަމަށް ބުނެ މަޖިލީހުން އިސްތިއުފާ ދެއްވައި ޕާޓީން ވެސް ވަކިވެފަ އެވެ.
މުސްލިމުން މަރަން ރޭވި ޒުވާނަކު ސިންގަޕޫރުން ހައްޔަރު
ސްކޭމާ ދެކޮޅަށް ސިންގަޕޫރު ފުލުހުންނަށް ބޮޑެތި ބާރުތައް
ސިންގަޕޫރުގެ ބާނީގެ ގެކޮޅާ މެދު އަލުން ކޯޅުން ފެށިއްޖެ
ސިންގަޕޫރުގައި ލިމްއާ ދެކޮޅަށް އަޑުއުފުލި ސަޕޯޓަރު ފުރުން މަނާކޮށްފި
ބިލިއަނަރު އޮންގުގެ މައްޗަށް ސިންގަޕޫރުގައި ދައުވާކޮށްފި
ސިންގަޕޫރުގެ ކުރީގެ ވަޒީރު ދައުވާތަކަށް އިއުތިރާފްވެއްޖެ
ސިންގަޕޫރުގެ "ބޭފޭންސީ" ރާއްޖެ އަށް!
އަނބިމީހާ މަރަން ހުކުމްކުރޭތޯ ކާރުގައި ބެހެއްޓީ ޑްރަގް
ހެލްތު ޗެކަޕްއަކަށް ރައީސް ސިންގަޕޫރަށް
މުހުތާޒް ފޮރިން މިނިސްޓްރީއަށް ބަދަލު ކުރައްވައިފި