Roadha Mihaaru
ލޯކަލް އިންތިހާބުގެ ކެންޑިޑޭޓުންގެ ނަން ތަރުތީބުކޮށްފި

ލޯކަލް އިންތިހާބުގެ ކެންޑިޑޭޓުންގެ ނަން ތަރުތީބުކޮށްފި

09 މާޗް 2017

ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް މިއަދު ތަރުތީބުކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް މިއަދު ތަރުތީބުކޮށްފި އެވެ.

އަންނަ މަހު 15 ގައި ބާއްވާ އިންތިހާބަށް ނަން ތަރުތީބުކުރީ އިލެކްޝަންސް ކޮމިޝަނުގެ މައި އޮފީހާއި ރަށްރަށުގައި އިންތިހާބަށް އެކުލަވާލި ފޯކަލް ޕޮއިންޓްތަކުގަ އެވެ. މިއަދު ނަން ތަރުތީބުކުރި ނަމަވެސް، އިންތިހާބުގައި ވާދަކުރަން ފޯމު ހުށަހަޅައި ޝަރުތު ހަމަވި މީހުންގެ އަދަދެއް އިލެކްޝަނުން މިހާތަނަށް ހާމައެއް ނުކުރެ އެވެ.

ލޯކަލް އިންތިހާބު ދެ ފަހަރަށް ވަނީ ފަސްކޮށްފަ އެވެ.

އިންތިހާބު ފުރަތަމަ ފަސް ކުރީ ޕީޕީއެމްގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަޔަކާ ގުޅިގެންނެވެ. ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޕާޓީގެ މުސްތަޝާރު ރައީސް ޔާމީނާ ދެމެދު އުފެދުނު މައްސަލަތަކަށް ފަހު އެ ޕާޓީ ދެ ބައިވެ އިންތިހާބު ފަސްކުރަން ހުށަހެޅީ ޕާޓީ ތެރޭގައި ހުރި މައްސަލަތަކާ ހެދި އިންތިހާބަށް ތައްޔާރުވެވެން ނެތް ކަމަށް ބުނެ އެވެ.

ދެ ވަނަ ފަހަރަށް އިންތިހާބު ފަސްކުރީ، އިންތިހާބުގެ ވޯޓުލުން ބާއްވަން އުޅުނު ތަންތަން ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުންނެވެ.