Roadha Mihaaru

ސިހުރު ހަދާ ކަމުގެ ތުހުމަތުގައި އަލިފުއްޓާއި މީދޫގައި ފުލުހުންގެ ބޮޑު އޮޕަރޭޝަނެއް

ރ. އަލިފުއްޓާއި އެ އަތޮޅު މީދޫގައި ސިހުރު ހަދާކަމަށް ތުހުމަތުކޮށް އެ ދެ ރަށު ގެތަކެއް ބަލައި ފާސްކުރަން ފަށައިފި އެވެ.

ސިހުރުގެ ތުހުމަތުގައި އަލިފުށި، މީދޫ ބަލައި ފާސްކުރަނީ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

12 ޖެނުއަރީ 2025

ރ. އަލިފުއްޓާއި އެ އަތޮޅު މީދޫގައި ސިހުރު ހަދާކަމަށް ތުހުމަތުކޮށް އެ ދެ ރަށު ގެތަކެއް ބަލައި ފާސްކުރަން ފަށައިފި އެވެ.

ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ އެ ދެ ރަށުގައި ސިހުރު ހަދާ ކަމަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެހެންވެ އޮޕަރޭޝަނެއް ހިންގަމުން އަންނަ ކަމަށް ބުންޏަސް އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

އެ ދެ ރަށުގެ މީހުން ސޯޝަލް މީޑިއާގައި ވެސް އަންނަނީ ސިހުރު ހަދާ ކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ސިހުރު ހެދުމުގެ މައްސަލަތަކުގައި މީގެ ކުރިން ވެސް މީހުން ހައްޔަރުކޮށްފައިވެ އެވެ.

އަދި މިދިޔަ އަހަރު ށ. ކަނޑިތީމުގައި ސިހުރު ހެދުމުގެ ތުހުމަތުގައި ގެތަކެއް ބަލައި ފާސްކޮށް އެކަމަށް ބޭނުންކުރާ ބައެއް ސާމާނު ވެސް ފުލުހުން ހޯދާފައިވެ އެވެ.