ސިހުރުގެ މައްސަލައިގެ ތަހުގީގަށް ހައްޔަރުކުރި އެންވަޔަރުމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް އަދި އޭނާގެ ކޮއްކޮ ހައްވާ ސަނާ ސަލީމް މިއަދު ދޫކޮށްލައިފި އެވެ.
ސިހުރުގެ މައްސަލައިގެ ތަހުގީގަށް ހައްޔަރުކުރި އެންވަޔަރުމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް އަދި އޭނާގެ ކޮއްކޮ ހައްވާ ސަނާ ސަލީމް މިއަދު ދޫކޮށްލައިފި އެވެ.
ޝަމްނާޒާ އެކު، އިތުރު ދެ މީހަކު ހައްޔަރުކޮށް ސިހުރު ހެދި ކަމުގެ މައްސަލައެއް ތަހުގީގުކުރަން ފެށީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ. އެ ފަހަރު އެ ތިން މީހުން ވެސް އިތުރު ހަތް ދުވަހަށް ބަންދު ކުރަން ކޯޓުން އަމުރުކޮށްފަ އެވެ.
އޭގެ ފަހުން، މި މަހުގެ އެއް ވަނަ ދުވަހު، ޝަމްނާޒާއި އޭނާގެ ކޮއްކޮގެ ބަންދުގެ މުއްދަތު ހުޅުމާލޭ ކޯޓުން ވަނީ އިތުރު ހަތް ދުވަހަށް ދަންމާލައިފަ އެވެ. އެކަމަކު މި މައްސަލައިގައި ދެން ހައްޔަރުކުރި ހދ. ވައިކަރަދޫ، ހުސެއިން ސަމީރު ވަނީ އެ ދުވަހު ކޯޓުން ދޫކޮށްލައިފަ އެވެ.
ފުލުހުން މިއަދު ބުނީ ޝަމްނާޒާއި އޭނާގެ ކޮއްކޮގެ ބަންދުގެ މުއްދަތު ހަމަވުމުން ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ. އެ ދެ މީހުން ދޫކޮށްލީ، އިތުރަށް ބަންދުގައި ބެހެއްޓުމަށް ނުފެންނާތީ ކަމަށް ފުލުހުން ބުންޏެވެ.
ޝަމްނާޒަކީ ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުގެ ކުރީގެ އަނބިކަނބަލުންނެވެ. އެ ދެ ބޭފުޅުންގެ ދަރިން ވެސް ތިބިއިރު، މި ފަހުން ވަނީ ވަރިކޮށްފަ އެވެ. އެނގިފައިވާ ގޮތުގައި، ޝަމްނާޒް ހައްޔަރުކޮށްފައިވާ މައްސަލައިގައި ރަމީޒުގެ މައްޗަށް އެއްވެސް ތުހުމަތެއް ނެތެވެ. ތަހުގީގު ކުރާ މީހުންގެ ތެރޭގައި ރަމީޒުގެ ނަމެއް ނެތެވެ.
ރަމީޒާއި ޝަމްނާޒު ވެސް ވަނީ މަގާމުން ސަރުކާރުގެ މަގާމުތަކުން ވަނީ ސަސްޕެންޑު ކޮށްފަ އެވެ.
ރ.އަތޮޅު ކައުންސިލަށް "ސިހުރު ހެދި" ބަޔަކު ހައްޔަރު
ކުޅުދުއްފުށީގެ 8 ގެއަކުން ސިހުރު ހަދާ ސާމާނު ހޯދައިފި
ސިހުރުގެ މައްސަލަ ބޮޑުވެ ކުޅުދުއްފުށީގައި އޮޕަރޭޝަނެއް
ސިހުރު މައްސަލާގައި ދެ ރަށުން 12 ގެ ފާސްކޮށްފި
ސިހުރުގެ ތުހުމަތުގައި އަލިފުށި، މީދޫ ބަލައި ފާސްކުރަނީ
ޝަމްނާޒާއި ކޮއްކޮގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
މިނިސްޓަރު ރަމީޒާއި ޝަމްނާޒު ސަސްޕެންޑްކޮށްފި
ސިހުރު ހެދި މީހާގެ ބަންދަށް 15 ދުވަސް
ސިހުރުގެ ލިޔުންތަކެއް ގެންގުޅުމުން ތިންއަހަރަށް ގޭބަންދު
އެމްޑީޕީ ވެރިކަމަށް ގެންނަން ސިހުރުހަދާ ކަމުގެ ތުހުމަތު