ކުޅަދާނަ ޑައިރެކްޓަރު ސަންޖޭ ސީލާ ބަންސާލީގެ ކުރިއަށް އޮތް ފިލްމު "ލަވް އެންޑް ވޯ"ގައި ދެކުނު އިންޑިއާގެ މަޝްހޫރު އެކްޓަރު އައްލޫ އަރްޖުން ވެސް ފެނިދާނެ ކަމަށް ބައެއް ރިޕޯޓްތައް ބުނެފި އެވެ.
ކުޅަދާނަ ޑައިރެކްޓަރު ސަންޖޭ ސީލާ ބަންސާލީގެ ކުރިއަށް އޮތް ފިލްމު "ލަވް އެންޑް ވޯ"ގައި ދެކުނު އިންޑިއާގެ މަޝްހޫރު އެކްޓަރު އައްލޫ އަރްޖުން ވެސް ފެނިދާނެ ކަމަށް ބައެއް ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ރިޕޯޓްކުރި ގޮތުގައި، އަރްޖުން ވަނީ އިންޑިއާގެ މުމްބާއީގައި ހުންނަ ބަންސާލީގެ އޮފީހަށް މިފަހުން ގޮސް އޭނާއާ ބައްދަލުކޮށްފަ އެވެ. އަދި ބެލެވޭ ގޮތުގައި އެއީ "ލަވް އެންޑް ވޯ"ގައި އަރްޖުން ހާއްސަ ރޯލެއް ކުޅުމަށް މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެއް ކަމަށް ވެސް ބައެއް ނޫސްތަކުން ބުންޏެވެ.
އެހެން ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި، ބަންސާލީ އާއި އަރްޖުން ބައްދަލުކުރީ އެ ދެ މީހުން ގުޅިގެން އެހެން ޕްރޮޖެކްޓެއްގެ މަސައްކަތް ފެށުމަށެވެ.
އަރްޖުން އަކީ މިހާރު ދެކުނު އިންޑިއާގެ ސިނަމާގައި ހުރި އެންމެ ނުފޫޒުގަދަ އެކްޓަރެވެ. މިހާރު ވެސް ސިނަމާތަކުގައި ދައްކަމުން އަންނަ އޭނާގެ އެންމެފަހުގެ ފިލްމު "ޕުޝްޕާ 2"އަށް ދުނިޔޭގެ ބޮކްސް އޮފީހުގައި ވަނީ 1،834 ކްރޯޑް ރުޕީސް (212.8 މިލިއަން ޑޮލަރު) އަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފަ އެވެ.
ބަންސާލީގެ "ލަވް އެންޑް ވޯ"ގެ ކާސްޓުގައި ހިމެނެނީ ބޮލީވުޑްގައި މިހާރު ތިބި އެންމެ ކުޅަދާނަ އެކްޓަރު ކަމަށްވާ އާލިއާ ބަޓް އާއި ރަންބީރް ކަޕޫރް އަދި ވިކީ ކައުޝަލް އެވެ.
މިއީ ބަންސާލީގެ ފިލްމަކުން އާލިއާ އާއި ރަންބީރް ފެންނާނެ ދެވަނަ ފަހަރެވެ. އޭނާ އެންމެ ފަހުން ގެނެސްދިން ފިލްމު "ގަންގޫބާއީ ކަތިއަވާޑީ"ގައި ލީޑު ރޯލު ކުޅުނީ އާލިއާ އެވެ. އަދި އޭނާ 2007 ވަނަ އަހަރު ގެނެސްދިން "ސާވަރިޔާ" އަކީ ރަންބީރް ފިލްމީ ދާއިރާއަށް ތައާރަފުވި ފިލްމެވެ.
"ގަންގޫބާއީ ކަތިއަވާޑީ"އަށް ފަހު ބަންސާލީ ގެނެސްދިނީ "ހީރާމަންޑީ" ކިޔާ ސީރީޒެކެވެ. ނެޓްފްލިކްސް އިން މިދިޔަ އަހަރު ގެނެސްދިން އެ ސީރީޒަށް ބޮޑު ތަރުހީބެއް ލިބި، ދެވަނަ ސީޒަނެއް ވެސް މިހާރު ވަނީ އިއުލާންކޮށްފަ އެވެ.
"ލަވް އެންޑް ވޯ" ސިނަމާތަކަށް ގެންނަނީ އަންނަ އަހަރު މާޗު 20 ގަ އެވެ.
ބަންސާލީގެ "ލަވް އެންޑް ވޯ" 2026 ގައި
ލަވް އެންޑް ވޯ: ބަންސާލީގެ އާ ފިލްމު
އާލިއާގެ އެދުމަކަށް ބަންސާލީ ދިނީ ފުރަގަސް
އާލިއާގެ ނެޝަނަލް އެވޯޑަށް ރަންބީރް އިންތިޒާރުގައި
ލޯބީގެ އެކި ރަހަތަކާ އެކު ރަންބީރްގެ އެންތޮލޮޖީއެއް
"ބައިޖޫ ބަވްރާ" ގައި ރަންބީރެއް ނޫން ކާތިކް
"ބައިޖޫ ބަވްރާ" ގައި ރަންބީރް، އާލިއާ އަދި ދީޕިކާ؟
އާލިއާގެ "ޖިގްރާ"އަށް ފާޑުކިޔުން ބޮޑު، އާމްދަނީ ދަށް
އައިފާގައި އެންމެ މޮޅު ފިލްމަކަށް "އެނިމަލް"
އާލިއާ ޕްރޮޑިއުސްކުރާ ފިލްމު އަންނަ މަހު ގެނެސްދެނީ