Roadha Mihaaru

ދެކުނު އޭޝިއާގެ ބާރުގަދަ ޕާސްޕޯޓްގެ މަގާމު ރާއްޖެއިން އަނެއްކާވެސް ދިފާއުކޮށްފި

ދެކުނު އޭޝިއާގެ އެންމެ ބާރުގަދަ ޕާސްޕޯޓްގެ މަގާމު ރާއްޖެއިން އަނެއްކާވެސް ދިފާއުކޮށްފި އެވެ.

ބާރުގަދަ ޕާސްޕޯޓްގެ މަގާމު ރާއްޖެއިން ދިފާއުކޮށްފި

ދެކުނު އޭޝިއާގެ އެންމެ ބާރުގަދަ ޕާސްޕޯޓްގެ މަގާމު ރާއްޖެއިން އަނެއްކާވެސް ދިފާއުކޮށްފި އެވެ.

ދުރާލާ ވިސާ ހޯދުމެއް ނެތި ދަތުރު ކުރެވޭ ގައުމުތަކުގެ އަދަދަށް ބަލައިގެން ކޮންމެ އަހަރަކު ވެސް ނެރޭ ހެންލީ ޕާސްޕޯޓް އިންޑެކްސްގައި ވޭތުވެދިޔަ ފަސް އަހަރު ވެސް ރާއްޖެ އޮތީ ދެކުނު އޭޝިއާގެ އެންމެ ބާރުގަދަ ޕާސްޕޯޓްގެ މަގާމުގަ އެވެ. އެއީ ދުނިޔޭގެ ރޭންކިންގައި 53 ވަނަ އެވެ.

ރާއްޖޭގެ ޕާސްޕޯޓްގައި ވިސާ ނެތި 94 ގައުމަކަށް މިހާރު ދަތުރު ކުރެވެ އެވެ.

ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން މި އިންޑެކްސްގައި ރާއްޖެއާ އެންމެ ގާތްކުރާ އިންޑިއާ އޮތީ ދުނިޔޭގެ ރޭންކިންގައި 85 ވަނައިގަ އެވެ. އިންޑިއާ ޕާސްޕޯޓްގައި ވިސާ ނެތި ދަތުރު ކުރެވެނީ 57 ގައުމަކަށެވެ.

މިއަހަރު ވެސް ދުނިޔޭގެ އެންމެ ބާރުގަދަ ޕާސްޕޯޓްގެ މަގާމު ލިބުނީ ވިސާއާ 195 ގައުމަކަށް ދަތުރު ކުރެވޭ ސިންގަޕޫރުގެ ޕާސްޕޯޓަށެވެ. އަދި ދެވަނައިގައި އޮތީ ދުނިޔޭގެ އެންމެ ބާރުގަދަ ޕާސްޕޯޓްގެ މަގާމު މިދިޔަ އަހަރާ ހަމައަށް ދެމެހެއްޓި ޖަޕާނެވެ.