އެމްޑީޕީ އަދި ޑިމޮކްރެޓްސްގައި ވެސް މި ވަގުތު އަމަލީގޮތުން މަސައްކަތްނުކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
13 ޖެނުއަރީ 2025
އެމްޑީޕީ އަދި ޑިމޮކްރެޓްސްގައި ވެސް މި ވަގުތު އަމަލީގޮތުން މަސައްކަތްނުކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނުގެ ބައިވެރިވުމާ އެކު "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވި ހަތަރު ބޭފުޅަކު އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައިވަނިކޮށް، ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ސިޔާސީ އެއްވެސް ޕާޓީއަކާ އެ މަނިކުފާނު އިދިކޮޅު ނުވާނެ ކަމަށެވެ.
އެމްޑީޕީއަކީ "ދަރިއެއް" ފަދަ ޕާޓީއެއް ކަމަށާއި އެ ޕާޓީ ވަރުގަދަކޮށް އޮތުމަށް އަބަދުވެސް އެދޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އޭގެ ފަހުން އުފެއްދި ޑިމޮކްރެޓްސް އަކީ ސިޔާސީ މަސައްކަތުގައި ޒުވާނުން ބައިވެރިވުމަށް ލިބުނު ފުރުސަތެއް ކަމަށެވެ.
އެކަމަކު، މި ވަގުތު އެއިން އެއްވެސް ޕާޓީއެއްގައި އަމަލީ މަސައްކަތް ނުކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
Alhugadu ge hayaathuge bodu baeh heydhakuree Dhivehi Raajjeygai gina party ekulevey nizaameh qaaim kurumuge masakkathugai. Qaumeh ge tharahgee ah, rayyithehge thanavaskamah eneme beynun eh vaseelathakee vaadhaveri siyaasee harakaiykamun, 2008 ge inthikhaab ah fahugai Sarukaaruge…
— Mohamed Nasheed (@MohamedNasheed) January 13, 2025
"އެހެން ނަމަވެސް، ރާއްޖޭގެ ސިޔާސީ ހަރަކާތުން މުޅިން ދުރުވާކަށް ވެސް ނެތިން،" ނަޝީދު ވިދާޅުވި އެވެ.
ނިމިދިޔަ ވެރިކަމުގައި، އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ ދޭތެރޭގައި ޖެހުނު މައްސަލަތައް ހައްލު ނުކުރެވި އެމްޑީޕީން ވަކިވެވަޑައިގެން ނަޝީދު އިސްވެ ހުންނަވައި ޑިމޮކްރެޓްސް އުފެއްދީ ޖޫން، 2023 ގަ އެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެ ޕާޓީން ވަކިން ވާދަކުރިއަސް މާ ބޮޑު ކާމިޔާބީއެއް ނުލިބުނެވެ. އޭގެ ފަހުން، މިދިޔަ އޭޕްރީލް މަހު ބޭއްވި މަޖިލިސް އިންތިހާބުގައި ވެސް ޑިމޮކްރެޓްސްއަށް އެންމެ ގޮނޑިއެއް ވެސް ނުހޯދުނެވެ.
ނަޝީދު ވިދާޅުވި ގޮތުގައި އެ މަނިކުފާނުގެ ހަޔާތުގެ ބޮޑުބައި ހޭދަކުރެއްވީ ރާއްޖޭގައި ގިނަ ޕާޓީ އެކުލެވޭ ނިޒާމެއް ގާއިމްކުރާށެވެ.
ގައުމެއްގެ ތަރައްގީއަށް އަދި އާއްމު މީހެއްގެ ތަނަވަސްކަމަށް އެންމެ ބޭނުންވާ އެއް ވަސީލަތަކީ ވާދަވެރި ސިޔާސީ ހަރަކާތްކަމަށް ވާތީ، 2008 ގެ ރިޔާސީ އިންތިހާބަށްފަހުގައި ސަރުކާރުގެެ އާމްދަނީ އިތުރުވެގެންދިޔަ މިންވަރުން އަދި އެ އާމްދަނީން ކުރެވުނު އުމްރާނީ މަސައްކަތާއި އާއްމުންނަށް ހޯދައިދެވުނު އިޖުތިމާއީ ރައްކާތެރިކަމުން ގިނަ ޕާޓީ އެކުލެވޭ ނިޒާމުގެ ފައިދާ އަންގައިދޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ރާއްޖޭގެ ސިޔާސީ ދާއިރާއިން މި ވަގުތު ދުރުގައި ހުންނެވި ނަޝީދަކީ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލެވެ. އެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމަށް މީގެ އަހަރެއް ކުރިން އެ މަނިކުފާނު ވަނީ ގާނާއަށް ބަދަލުވެވަޑައިގެންފަ އެވެ.
"ގާނޫނުއަސާސީ ބަދަލުކުރުމުގެ ބާރު އޮތީ ރައްޔިތުންނަށް"
"ރުހުން ނުދިނުމާ ގުޅެނީ ނަޝީދަށް މަގާމު ގެއްލުން"
މަޖިލީހުގެ މައްސަލަ ކޯޓަށް ބެލިދާނެ ކަމާ މެދު ބަހުސެއް
ޑިމޮކްރެޓްސްގެ ހުށަހެޅުން ސުޕްރީމް ކޯޓުން ބަލައިގަނެފި
ޑިމޮކްރެޓްސްގެ މެންބަރުންގެ ބަދަލުގައި ކޯޓަށް ދާނީ ޕާޓީ
ސުޕްރީމް ކޯޓުގެ މައްސަލައަށް ޕީއެންސީ ތަދައްހުލްވެއްޖެ
ކޯޓުގައި މައްސަލަ އޮތުމުން އީވާ އުޒުރުވެރިވެއްޖެ!
ނަޝީދުގެ އިތުބާރުގެ މައްސަލައަށް ޑިމޮކްރެޓްސް ވަންނަނީ
އަމީރު ވަނީ ގާނޫނުއަސާސީއާ ހިލާފުވެފައި: ޑިމޮކްރެޓްސް
"ނަޝީދު ވަކިކުރަން އުޅެގެން އެމްޑީޕީ ވާނީ ބަލި"